06 އޮކްޓޯބަރ

October 06, 2019 3
އީރާނާއި ސައުދީ ސުލްހަ ކުރެވޭތޯ ބަލަނީ

ރިޔާޒް (އޮކްޓޯބަރު 6) - ސައުދީ އަރަބިއާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ނުތަނަސްކަން ހައްލު ކުރުމަށް ނުރަސްމީ ސިފައެއްގައި މަސައްކަތް ކުރަމުންދާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.

02 އޮކްޓޯބަރ

October 02, 2019 5
އީރާން އޮތީ ސައުދީއާ ސުލްހަވާން ތައްޔާރަށް

ތެހެރާން (އޮކްޓޯބަރު 2) - އީރާން އޮތީ ސައުދީ އަރަބިއާއާ ސުލްހަވުމަށް މަޝްވަރާތައް ފެށުމަށް ތައްޔާރަށް ކަމަށް އެ ގައުމުގެ ޕާލަމެންޓުގެ ރައީސް އަލީ ލާރިޖާނީ ވިދާޅުވެއްޖެ އެވެ.

30 ސެޕްޓެމްބަރ

September 30, 2019 7
"އީރާނާ ހަނގުރާމަކޮށްފިނަމަ އިގްތިސާދު ހަލާކުވާނެ"

ވޮޝިންޓަން (ސެޕްޓެމްބަރު 30) - އީރާނާ ހަނގުރާމަކޮށްފި ނަމަ ދުނިޔޭގެ އިގްތިސާދު ހަލާކުވެގެން ހިނގައިދާނެ ކަމަށް ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2019 3
"އީރާނަށް އަސްކަރީ ރައްދު ދިނުމުގެ ފުރުސަތު އެބައޮތް"

ރިޔާޒް (ސެޕްޓެމްބަރު 27) - ތެޔޮ އުފައްދާ ތަންތަނަށް ދިން ވައިގެ ހަމަލާގެ ބަދަލު ހިފުމަށް އަސްކަރީ ގޮތުން ރައްދު ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

24 ސެޕްޓެމްބަރ

September 24, 2019 1
އީރާނުން ހަމަލާ ދިން ނަމަ ސައުދީ ފެކްޓަރީ ބިމާހަމަވާނެ

ތެހެރާން (ސެޕްޓެމްބަރު 24) - ސައުދީ އަރަބިއާގެ ތެޔޮ އުފައްދާ ދެ ތަނަކަށް އީރާނުން އަސްކަރީ ހަމަލާއެއް ދިން ނަމަ އެ ދެ ތަން ބިމާހަމަވީސް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވެއްޖެ އެވެ.

23 ސެޕްޓެމްބަރ

September 23, 2019 5
އީރާނުގެ އިންޒާރު: ބޭރު ގައުމުތަކުން ގަލްފާ ނުބޭ

ތެހެރާން (ސެޕްޓެމްބަރު 23) - ބޭރުގެ ބައެއް ގައުމުތަކުގެ ސަބަބުން ގަލްފުގެ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ އެކަން އެގޮތަށް ނުކުރުމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ އިންޒާރު ދެއްވައިފި އެވެ.

20 ސެޕްޓެމްބަރ

September 20, 2019 9
ސައުދީ އަށް ހަމަލާ ދޭން ހުއްދަ ދިނީ ޚާމަނާއީ: ރިޕޯޓް

ވޮޝިންޓަން (ސެޕްޓެމްބަރު 20) - ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނިން ތެޔޮ އުފައްދާ ތަންތަނަށް ޑްރޯން ހަމަލާ ދިނުމަށް ހުއްދަ ދީފައި ވަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ...

September 20, 2019 5
އެމެރިކާ އާއި ސައުދީ އަށް އީރާނުން އިންޒާރު ދީފި

ތެހެރާން (ސެޕްޓެމްބަރު 20) - އެމެރިކާ ނުވަތަ ސައުދީ އަރަބިއާ އިން އީރާނަށް އެއްވެސް ހަމަލާއެއް ދީފި ނަމަ ހަނގުރާމައެއްގެ ހުޅުފަޅައިގެން ދާނެ ކަމަށް ބުނެ ތެހެރާނުން އިންޒާރުދީފި އެވެ.

19 ސެޕްޓެމްބަރ

September 19, 2019 6
ހަމަލާގައި އީރާން ބައިވެރިވާކަމުގެ ހެކި ހާމަކޮށްފި

ރިޔާޒް (ސެޕްޓެމްބަރު 19) - ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ދެ ޕްލާންޓަށް ދިން ހަމަލާގައި ބޭނުންކުރި ޑްރޯންގެ ބައިތަކުން އެނގޭ ގޮތުގައި އެކަމުގައި އީރާނުގެ ބައިވެރިވުން އޮތް ކަމަށް ސައުދީ އަރަބިއާ އިން އިއްޔެ ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2019
ހޫތީންގެ ހަމަލާއަކީ ހަނގުރާމަ ހުއްޓަން ދިން އިންޒާރެއް

ތެހެރާން (ސެޕްޓެމްބަރު 18) - ސައުދީ އަރަބިއާގެ ތެޔޮ އުފައްދާ ތަންތަނަށް ދިން ޑްރޯން ހަމަލާ އަކީ ޔަމަނުގެ ހަނގުރާމަ ހުއްޓަން ރިޔާޒަށް ދިން އިންޒާރެއް ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ މިއަދު ވިދާޅުވެއްޖެ އެވެ.

16 ސެޕްޓެމްބަރ

September 16, 2019 10
ހަމަލާގައި އީރާން ބައިވެރިވާކަމުގެ ހެކި ހާމަކޮށްފި

ވޮޝިންޓަން (ސެޕްޓެމްބަރު 16) - ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ދެ ޕްލާންޓަކަށް ދިން ޑްރޯން ހަމަލާގައި އީރާން ބައިވެރިވާކަމުގެ ސެޓެލައިޓް ފޮޓޯ އާއި އިންޓަލިޖެންސް މައުލޫމާތު އެމެރިކާ އިން ހާމަކޮށްފި އެވެ.

15 ސެޕްޓެމްބަރ

September 15, 2019 2
ޑްރޯން ހަމަލާއާ ގުޅިގެން އެމެރިކާގެ ތުހުމަތު އީރާނަށް

ތެހެރާން (ސެޕްޓެމްބަރު 15) - ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނީގެ ދެ ޕްލާންޓަކަށް ދިން ޑްރޯން ހަމަލާގެ ތުހުމަތު އެމެރިކާ އިން އީރާނުގެ ބޮލުގައި އެޅުވި ނަމަވެސް ތެހެރާނުން އެކަން ދޮގުކޮށްފި އެވެ.

16 ޖޫން

June 16, 2019 6
ޓޭންކަރު މައްސަލައިގައި ސައުދީގެ އިންޒާރު އީރާނަށް

ގަލްފް އޮފް އޮމާން ތެރެއިން ދަތުރުކުރި ދެ ތެޔޮޓޭންކަރަކަށް މިދިޔަ ބުރާސްފަތި ދުވަހު ހަމަލާދިނީ އީރާނުން ކަމަށް ތުހުމަތުކޮށް، ސައުދީ އަރަބިއްޔާ އިން އެގައުމަށް އިންޒާރެއް ދީފި އެވެ.

20 މެއި

May 20, 2019 12
އީރާނާ ހަނގުރާމަ ކުރަން ސައުދީން ވެސް ބޭނުމެއް ނުވޭ

ރިޔާޒް (މެއި 20) - އީރާނާ އެއްވެސް ބަޔަކު ހަނގުރާމަ ކުރަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

17 މެއި

May 17, 2019 19
ތެޔޮ ހޮޅި އަށް ހަމަލާދޭން އެންގީ އީރާނުން: ސައުދީ އަރަބިއާ

ރިޔާޒް (މެއި 17) - ސައުދީ އަރަބިއާގެ މައި ދެ ތެޔޮ ހޮޅި އަށް ހޫތީން ޑްރޯން ހަމަލާ ދީފައި ވަނީ އީރާނުން އަންގައިގެން ކަމަށް ސައުދީގެ ޑިފެންސް މިނިސްޓަރުގެ ނައިބް ޕްރިންސް ޚާލިދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2018 5
އީރާނުގެ ވެރިކަން ބަދަލު ކުރަން ޖެހޭ: ސައުދީ- ޔޫއޭއީ

ނިއު ޔޯކް (ސެޕްޓެމްބަރު 27) - އީރާނުގައި މިހާރު އޮތް ސަރުކާރު ބަދަލު ކުރަން ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރާއި އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ސަފީރު ގޮވާލައިފި އެވެ.

16 ސެޕްޓެމްބަރ

September 16, 2018
އޯޕެކް ވަނީ އެމެރިކާގެ ހަތިޔާރަކަށް ހަދާފައި: އީރާން

ތެހެރާން (ސެޕްޓެމްބަރު 16) - ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކަކީ އެމެރިކާގެ ހަތިޔާރަކަށް ސައުދީ އަރަބިއާ އާއި ޔޫއޭއީ އިން ހަދަމުންދާ ކަމަށް އީރާނުގެ އޮފިޝަލުން ބުނެފި އެވެ.

07 ޖޫން

June 07, 2018
ސީރިޔާ މިނިވަން ވަންދެން ހިޒްބުﷲއާއި އީރާން ނުފައިބާނެ

ޓެރަރިސްޓުންގެ އަނިޔާވެރި އުދުވާންތަކުން ސީރިޔާ އަށް ފުރިހަމަ މިނިވަންކަން ލިބެންދެން، އީރާންގެ ސިފައިންނާއި ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމެރިން ސީރިޔާގައި ތިބޭނެ ކަމަށް، ލުބްނާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހް ބިއްރީ ވިދާޅުވެއްޖެ އެވެ.

01 މެއި

May 01, 2018 2
އެމެރިކާ މަސައްކަތް ކުރަނީ ސައުދީ އާއި އީރާން ޖައްސަން: ޚާމަނާއީ

ތެހެރާން (މެއި 1) - އެމެރިކާ އިން މަސައްކަތް ކުރަނީ ސައުދީ އަރަބިއާ އާއި އީރާން ޖައްސައިގެން މެދުއިރުމަތީގައި ބޮޑު ހަމަނުޖެހުންގަނޑެއް އުފެއްދުމަށް ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

27 މާޗް

March 27, 2018 10
އިރާނަށް ރައްދު ދޭން ޖެހިދާނެކަމުގެ އިންޒާރު ދީފި

ރިޔާޒް (މާޗް 27) - ޔަމަނުގެ ހޫތީން ދޭ މިސައިލް ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާން ކަމަށް ބުނެ އެ ގައުމުގެ ކިބައިން ބަދަލު ހިފަން ޖެހިދާނެކަމުގެ އިންޒާރު ސައުދީ ކޯލިޝަނުން ދީފި އެވެ.

20 ޑިސެމްބަރ

December 20, 2017 4
ހޫތީން ސައޫދީ އަށް ހަމަލާ ދެނީ އީރާނުގައި އުފައްދާ މިސައިލުން

ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަ ކުރަމުންދާ ހޫތީ ހަނގުރާމަވެރިން، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް އިއްޔެ ފޮނުވައިލި މިސައިލްގައި ވެސް ހުރީ، އީރާނުގައި އުފައްދާ އެފަދަ ހަތިޔާރުގައި ހުންނަ ފަދަ ފާހަގަތަކެއް ކަމަށް އެމެރިކާ އިން ބުނެފި އެވެ.