28 ނޮވެމްބަރ

November 28, 2019 2
ކޮންސިއުލޭޓް އަންދާލި މީހުންނަށް އަދަބުދޭންޖެހޭ: އީރާން

ބަޣުދާދު (ނޮވެމްބަރު 28) - އިރާގުގެ ނަޖަފް ސިޓީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓުގައި އަލިފާން ޖެހި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ތެހެރާނުން ގޮވާލައިފި އެވެ.

November 28, 2019
ސީއައިއޭއާ ގުޅުންއޮތް 8 މީހަކު އީރާނުން ހައްޔަރުކޮށްފި

ތެހެރާން (ނޮވެމްބަރު 28) - ތެލުގެ އަގު ބޮޑުވެގެން ކުރި މުޒާހަރާތަކުގެ ތެރޭން ހައްޔަރު ކުރި މީހުންގެ ތެރޭން އަށް މީހަކީ އެމެރިކާގެ ސީއައިއޭއާ ގުޅުން އޮތް ބައެއް ކަމަށް އީރާނުން ބުނެފި...

27 ނޮވެމްބަރ

November 27, 2019 1
ރައްޔިތުން ފަޅާއަރުވާލީ ނުބައި ރޭވުމެއް: ޚާމަނާއީ

ތެހެރާން (ނޮވެމްބަރު 27) - ތެލުގެ އަގު ބޮޑުވި ކަމަށް ބުނެ އީރާނުގައި ހިންގި ހަމަނުޖެހުންތަކަކީ ވަރަށް ނުބައި ރޭވުމެއް ކަމަށާއި އެ ރޭވުން ފަޅާ އަރުވާލީ ރައްޔިތުން ކަމަށް ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

26 ނޮވެމްބަރ

November 26, 2019 13
"ރަތް ރޮނގު ހުރަސްކޮށްފިނަމަ އެމެރިކާ ނެތިކޮށްލާނަން"

ތެހެރާން (ނޮވެމްބަރު 26) - ތެހެރާނުގެ ރަތް ރޮނގު ހުރަސްކޮށްފި ނަމަ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ނެތިކޮށްލާނެ ކަމަށް ރިވޮލިއުޝަނަރީ ގާޑުން އިންޒާރު ދީފި އެވެ.

25 ނޮވެމްބަރ

November 25, 2019 4
"ކުލީ ސިފައިންނަށް" ހަރުކަށި އަދަބު ދޭނަން: އީރާން

ތެހެރާން (ނޮވެމްބަރު 25) - ތެލުގެ އަގު ބޮޑު ކުރުމާ ގުޅިގެން އީރާނުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި "ކުލީ ސިފައިންނަށް" ވަރަށް ހަރުކަށި އަދަބު ދޭނެ ކަމަށް އީރާނުން ބުނެފި އެވެ.

24 ނޮވެމްބަރ

November 24, 2019 1
"ބޮޑު ހަނގުރާމަ" ފެއިލްކޮށްލެވިއްޖެ: އީރާން

ތެހެރާން (ނޮވެމްބަރު 24) - ތެލުގެ އަގު ބޮޑުވެގެން ކަމަށް ބުނެ އީރާނުގައި ކުރި މުޒާހަރާތަކަކީ އެ ގައުމާ ދެކޮޅަށް ފެށި "ބޮޑު ހަނގުރާމައެއް" ކަމަށާއި އެކަން ފެއިލްކޮށްލެވިއްޖެ ކަމަށް...

November 24, 2019 3
ރިޕޯޓަރަށް އީރާނުން ބޮޑު ބަދަލެއް ދޭން އަަންގައިފި

ތެހެރާން (ނޮވެމްބަރު 24) - ޖާސޫސްކުރި ކަމުގެ ތުހުމަތުގައި 2014 ވަނަ އަހަރު އީރާނުން ހައްޔަރުކުރި، ތެހެރާނުގައި ހުންނަ ވޮޝިންޓަން ޕޯސްޓް ބިއުރޯގެ އިސް ނޫސްވެރިޔާ ޖޭސަން ރިޒަޔާން އަށް...

17 ނޮވެމްބަރ

November 17, 2019 3
ނައްތާލަން ޖެހެނީ އިޒްރޭލް، މީހުންނެއް ނޫން: ޚާމަނާއީ

ތެހެރާން (ނޮވެމްބަރު 17) - ނައްތާލަން ޖެހެނީ އިޒްރޭލުގެ ދައުލަތް ކަމަށާއި އެ ތަނުގައި ދިރިއުޅޭ ޔަހޫދީން ނޫން ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

November 17, 2019 7
އީރާން ބޯޓުގައި މަސްތުވާތަކެއްޗެއް ނެތް: ފުލުހުން

އޮޔާ ދަނިކޮށް ރާއްޖޭ ސަރަހައްދުން ފެނުނު އީރާން ބޯޓުގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަމަށް އެމްއެންޑީއެފުން ކުރިން ބުނި ނަމަވެސް އެ ބޯޓުގައި މަސްތުވާތަކެތި...

11 ނޮވެމްބަރ

November 11, 2019 17
53 ބިލިއަން ފީފާގެ ތެޔޮ ވަޅެއް އީރާނުން ފެނިއްޖެ

ތެހެރާން (ނޮވެމްބަރު 11) - އީރާނުުގެ ތެލުގެ ރިޒާވް ތިންބައިކުޅަ އެއްބަޔަށް އިތުރުކޮށްދޭނެ ވަރުގެ ބޮޑު ތެޔޮ ވަޅެއް ފެނިއްޖެ ކަމަށް ރައީސް ހަސަން ރޫހާނީ އިއުލާން ކުރައްވައިފި އެވެ.

10 ނޮވެމްބަރ

November 10, 2019 1
އީރާނުން ހޯދާ ރީތީގެ ރާނީ އަށް ފިލިޕީންސްއިން ހިމާޔަތް

މެނީލާ (ނޮވެމްބަރު 10) - ޖިނާއީ ކުށްތަކެއްގެ ތުހުމަތުގައި އީރާނުން ހޯދަމުންދާ އެ ގައުމުގެ ކުރީގެ ރީތީގެ ރާނީއެއް ކަމަށްވާ ބަހާރާ ޒާރޭ ބަހާރީ އަށް ފިލިޕީންސް އިން ހިމާޔަތްދީފި އެވެ.

05 ނޮވެމްބަރ

November 05, 2019
ޚާމަނާއީގެ އެންމެ ގާތް މީހުންނަށް ފިޔަވަޅު އަޅައިފި

ތެހެރާން (ނޮވެމްބަރު 5) - އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އެންމެ ގާތް ނުވަ މީހަކަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

03 ނޮވެމްބަރ

November 03, 2019 23
އިރާނުގެ ބޯޓުން މަސްތުވާތަކެތި ފެނިއްޖެ

އދ. މަންދޫގެ ބޭރުން އޮޔާ ދަނިކޮށް، ދިވެހި ސިފައިން މިއަދު އެހީވެދިން އިރާނުގެ މަސްބޯޓުގައި މަސްތުވާތަކެތި ހުރި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

November 03, 2019 5
އޮޔާ ދިޔަ އީރާންގެ ބޯޓަކަށް ފުލުހުން އެހީވެއްޖެ

އދ. މަންދޫގެ ބޭރުން އޮޔާ ދިޔަ އިރާންގެ ބޯޓަކަށް ފުލުހުން މިއަދު ހެނދުނު އެހީތެރިކަން ފޯރުކޮށްދީފި އެވެ.

24 އޮކްޓޯބަރ

October 24, 2019 55
ކުރިން "ބަތަލަކަށް" ވި ކައްޕި މިފަހަރު ހައްޔަރު!

މި މަހު 1 ގައި ދިއްފުށިން އެ ދޯނި ފުރައިގެން ފުވައްމުލަކާއި އައްޑުއަށް ކުރި ދަތުރުތަކުގެ ފަހަތުގައި އޮތީ މުޅިން ވެސް އެހެން ރޭވުމެއްކަން، އޭނާއަށް މިހާރު އެނގެ އެވެ. ދޯނީގެ ކައްޕިއަކީ އޭނާގެ ފިރިމީހާ ނަމަވެސް، ކުރީގެ އާދަތަކާ ހިލާފު ގޮތަކަށް، އެ ދަތުރުގައި ކަންކަން ދިއުމުން، އައިޝަތު ޝަހުދާގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ....

22 އޮކްޓޯބަރ

October 22, 2019 19
ޑްރަގް ބޯޓުގެ މީހުންގެ މައުލޫމާތު އާއްމުކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މި މަހު އަތުލައިގަތް އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހިމެނޭ މީހުންގެ ފޮޓޯއާ އެކު އެ މީހުންގެ މައުލޫމާތު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.

16 އޮކްޓޯބަރ

October 16, 2019 3
ހަމަލާ އަމާޒުވި ޓޭންކަރުގެ ފޮޓޯ އީރާނުން ހާމަކޮށްފި

ތެހެރާން (އޮކްޓޯބަރު 16) - ސައުދީ އަރަބިއާގެ ބޭރުން ހަމަލާ އަމާޒުވި އީރާނުގެ ތެޔޮ ޓޭންކަރުގެ ފޮޓޯތައް ތެހެރާނުން ހާމަކޮށްފި އެވެ.

07 އޮކްޓޯބަރ

October 07, 2019 1
"އީރާނާއި އިރާގު ޖައްސަން ދަނީ މަސައްކަތް ކުރަމުން"

ތެހެރާން (އޮކްޓޯބަރު 7) - އީރާނާއި އިރާގާ ދެމެދު ނަފްރަތުގެ އޮށް އިންދުމަށް ދުޝްމަނުން ދަނީ މަސައްކަތް ކުރަމުން ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

October 07, 2019 7
އިރާންގެ "އެންޖެލީނާ ޖޮލީ" ހައްޔަރުކޮށްފި

ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީއާ ވައްތަރުވާން ޕްލާސްޓިކް ސާޖަރީތަކެއް ހަދައިގެން ބިރުވެރި ސިފައަކަށް ބަދަލުވި ކަމަށް ބުނެ މީގެ ކުރިން ވާހަކަތަކެއް ހަދައިގެން ދެއްކި...

06 އޮކްޓޯބަރ

October 06, 2019 3
އީރާނާއި ސައުދީ ސުލްހަ ކުރެވޭތޯ ބަލަނީ

ރިޔާޒް (އޮކްޓޯބަރު 6) - ސައުދީ އަރަބިއާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ނުތަނަސްކަން ހައްލު ކުރުމަށް ނުރަސްމީ ސިފައެއްގައި މަސައްކަތް ކުރަމުންދާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.

02 އޮކްޓޯބަރ

October 02, 2019 5
އީރާން އޮތީ ސައުދީއާ ސުލްހަވާން ތައްޔާރަށް

ތެހެރާން (އޮކްޓޯބަރު 2) - އީރާން އޮތީ ސައުދީ އަރަބިއާއާ ސުލްހަވުމަށް މަޝްވަރާތައް ފެށުމަށް ތައްޔާރަށް ކަމަށް އެ ގައުމުގެ ޕާލަމެންޓުގެ ރައީސް އަލީ ލާރިޖާނީ ވިދާޅުވެއްޖެ އެވެ.

30 ސެޕްޓެމްބަރ

September 30, 2019 7
"އީރާނާ ހަނގުރާމަކޮށްފިނަމަ އިގްތިސާދު ހަލާކުވާނެ"

ވޮޝިންޓަން (ސެޕްޓެމްބަރު 30) - އީރާނާ ހަނގުރާމަކޮށްފި ނަމަ ދުނިޔޭގެ އިގްތިސާދު ހަލާކުވެގެން ހިނގައިދާނެ ކަމަށް ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

29 ސެޕްޓެމްބަރ

September 29, 2019 3
49 ކިލޯގެ ޑްރަގް:ދެ މީހެއްގެ ބައި އަނބުރާ ގެންދަނީ

އީރާނުގެ ބޯޓަކުން 49 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުންގެ ތެރެއިން ދެ މީހެއްގެ ބައި ދައުލަތުން މިއަދު އަނބުރާ ގެންގޮސްފި އެވެ.

September 29, 2019
އީރާނުން ދޫކޮށްލި ޓޭންކަރު ދުބާއީގައި ބަނދަރުކޮށްފި

ދުބާއީ (ސެޕްޓެމްބަރު 29) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދަނިކޮށް ޖުލައި މަހު އީރާނުން ހިފެހެއްޓި އިނގިރޭސި ވިލާތުގެ ތެޔޮ ހުރި ޓޭންކަރު ސްޓެނާ އިމްޕެރޯ ދެ މަހަށް ފަހު، އީރާނުން...

27 ސެޕްޓެމްބަރ

September 27, 2019 3
"އީރާނަށް އަސްކަރީ ރައްދު ދިނުމުގެ ފުރުސަތު އެބައޮތް"

ރިޔާޒް (ސެޕްޓެމްބަރު 27) - ތެޔޮ އުފައްދާ ތަންތަނަށް ދިން ވައިގެ ހަމަލާގެ ބަދަލު ހިފުމަށް އަސްކަރީ ގޮތުން ރައްދު ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

26 ސެޕްޓެމްބަރ

September 26, 2019 1
އީރާނުން ހިފެހެއްޓި ބޯޓު ދޫކޮށްލި ނަމަވެސް ފުރުން މަނާ

ތެހެރާން (ސެޕްޓެމްބަރު 26) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދަނިކޮށް ޖުލައި މަހު އީރާނުން ހިފެހެއްޓި އިނގިރޭސި ތެޔޮ ޓޭންކަރު ސްޓެނާ އިމްޕެރޯ ދޫކޮށްލި ނަމަވެސް އެ ޓޭންކަރު ފުރުން...

September 26, 2019
އެމެރިކާގެ ފިޔަވަޅުތަކަށް އދ. ގައި ރޫހާނީގެ ނުރުހުން

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 26) - އެމެރިކާ އިން އަޅާފައިވާ އެއްވެސް ރަހުމެއް ނެތް ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނުގެ ރައީސް ހަސަން ރޫހާނީ އދ.ގެ ޖެނެރަލް އެސެމްބްލީގައި...