15 ނޮވެމްބަރ

November 15, 2017 1
އީރާނުގެ ބިންހެލުން: ވެއްޓުނީ ސަރުކާރުން ހެދި ގެތައް

ތެހެރާން (ނޮވެމްބަރު 15) - އީރާނާއި އިރާގު ގުޅުނު ބޯޑަރު ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގައި އީރާނާވީ ފަޅިން ގިނައިން ވެއްޓިފައި ވަނީ ސަރުކާރުން ހަދާފައި ހުރި އިމާރާތްތަކެވެ.

November 15, 2017 1
ބިންހެލުމުގައި ހާލުގައި ޖެހުނު މީހުން މަގުމަތިވެފައި

ތެހެރާން (ނޮވެމްބަރު 15) - އީރާނާއި އިރާގު ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތައް ވެއްޓި ގެދޮރު ގެއްލުމުން ހާލުގައި ޖެހުނު ގިނަ ބަޔަކު ގަދަ ފިނީގައި...

13 ނޮވެމްބަރ

November 13, 2017 1
އީރާން-އިރާގު ބިންހެލުން: މިހާތަނަށް 400 މަރު

ތެހެރާން (ނޮވެމްބަރު 13) - އީރާނާއި އިރާގު ބޯޑަރުން ގުޅޭ ފަރުބަދަމަތީގެ ހިސާބުތަކަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 400 އަށް އަރާ، 7،000 އަށް ވުރެ ގިނަ މީހުން...

November 13, 2017 1
އީރާނާއި އިރާގަށް އައި ބިން ހެލުމުގައި 135 މަރު

ތެހެރާން (ނޮވެމްބަރު 13) - އީރާނާއި އިރާގުގެ ބޯޑަރު ގުޅޭ ސަރަހައްދަށް ރިކްޓާ މިންގަނޑުން 7.3 ގެ ބާރުމިނުގައި އައި ބިންހެލުމެއްގައި މިހާތަނަށް 135 މީހުން މަރުވެ އެތައް ބަޔަކު...

09 ނޮވެމްބަރ

November 09, 2017 6
އީރާނަށް ބިރުދައްކައިގެން ހާސިލްކުރެވޭނެ ކަމެއް ނޯންނާނެ: ރޫހާނީ

ތެހެރާން (ނޮވެމްބަރު 9) - އީރާނަށް ބިރުދައްކައިގެން ސައުދީ އަރަބިއާ އަށް ހާސިލް ކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

07 ނޮވެމްބަރ

November 07, 2017 5
ސައުދީ އަށް ހަމަލާ ދިން މިސައިލް ފޯރުކޮށްދިނީ އީރާނުން

ރިޔާޒް (ނޮވެމްބަރު 7) - ޔަމަނުގެ ހޫތީން ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒަށް ހަމަލާ ދިން މިސައިލް ފޯރުކޮށްދިން ބަޔަކީ އީރާން ކަމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ތުހުމަތު ކުރައްވައިފަ އެވެ.

29 އޮކްޓޯބަރ

October 29, 2017 2
އީރާނުން މިސައިލް އުފެއްދުން ކުރިއަށް ގެންދާނެ: ރޫހާނީ

ތެހެރާން (އޮކްޓޯބަރު 29) - ދިފާއީ ބޭނުންތަކަށް އިރާނުން މިސައިލް އުފެއްދުން ކުރިއަށް ގެންދާނެ ކަމަށާއި އެއީ ނިއުކްލިއާ އެއްބަސްވުމާ ޚިލާފު ކަމެއް ނޫން ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

14 އޮކްޓޯބަރ

October 14, 2017 3
ޓްރަމްޕުގެ ނިންމުމަށް ރޫހާނީ ވަރުގަދަ ރައްދެއް ދީފި

ތެހެރާން (އޮކްޓޯބަރު 14) - އީރާނުގެ ނިއުކްލިއާ އެއްބަސްވުން ސެޓިފައި ނުކުރައްވާ، ކޮންގްރެސް އިން ގޮތެއް ނިންމުމަށް ދޫކޮށްލެވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުން އީރާނުގެ ރައީސް ހަސަން ރޫހާނީ އެކަމަށް ވަރުގަދަ އަށް ރައްދު ދެއްވައިފި އެވެ.

23 ސެޕްޓެމްބަރ

September 23, 2017 8
ޓްރަމްޕަށް ގޮންޖެހުމަށް ފަހު އީރާނުން މިސައިލް ޓެސްޓެއް ކޮށްފި

ތެހެރާން (ސެޕްޓެމްބަރު 23) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުތައް ދެއްވަމުން ގެންދަވަނިކޮށް ވަރަށް ކާމިޔާބު ކަމާ އެކު މެދުރާސްތާ މިސައިލެއް ޓެސްޓްކޮށްފައިވާ ކަމަށް އީރާނުން މިއަދު ބުނެފި އެވެ.

21 ސެޕްޓެމްބަރ

September 21, 2017 19
ހަތް އަހަރުގެ ކުއްޖާ ރޭޕްކުރި މީހާ އާއްމުން ތެރޭ ދަންޖައްސައިފި

ތެހެރާން (ސެޕްޓެމްބަރު 21) - އީރާނުގެ ހަތް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި ކަމުގެ ކުށުގައި 42 އަހަރުގެ ފިރިހެނަކު އާއްމުންގެ ތެރޭގައި އިއްޔެ ދަންޖައްސައިފި އެވެ.

13 ސެޕްޓެމްބަރ

September 13, 2017 1
"މިއަންމާގެ އަނިޔާވެރިކަމަކީ ސުލްހައިގެ އިނާމު މަރާލުން"

ތެހެރާން (ސެޕްޓެމްބަރު 13) - މިއަންމާގެ އަޣުލަބިއްޔަތު ނެތް ރޮހިންޖާ މުސްލިމުންނަށް އެ ގައުމުގެ ސިފައިން އަނިޔާ ކުރަމުން ގެންދިއުމަކީ ނޯބެލް ސުލްހައިގެ އިނާމު މަރާލުން ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

29 އޯގަސްޓް

August 29, 2017 1
އެޕަލް އެޕް ސްޓޯރުން އީރާން އެޕްތައް ބޭރުކުރަނީ

އީރާނުގައި ބޭނުންކުރާހާ އައިފޯނެއް ގައުމަށް އެތެރެކޮށްފައި ވަނީ ސައްހަ ނޫން މަގުތަކުންނެވެ. އެޕަލްގެ ހުއްދަ ލިބިގެން، އެޕަލްގެ އުފެއްދުމެއް އީރާންގައި ނުވިއްކަ އެވެ. އީރާނަށް ޚާއްސަ އެޕަލް އެޕް ސްޓޯރެއް ނުހުރެ އެވެ.

24 އޯގަސްޓް

August 24, 2017 1
އީރާނާއި ސައުދީގެ ޑިޕްލޮމެޓުން ދަތުރުތަކެއް ކުރަނީ

ތެހެރާން (އޮގަސްޓް 24) - އީރާނާއި ސައުދީ އަރަބިއާގެ ޑިޕްލޮމެޓުން އެއް ގައުމު އަނެއް ގައުމަށް ވަރަށް އަވަހަށް ދަތުރުތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދު ޒާރިފް ވިދާޅުވެއްޖެ އެވެ.

23 އޯގަސްޓް

August 23, 2017
ޔުރޭނިއަމް ފައްކާކުރަން އީރާނަށް ބޭނުން ވަނީ ފަސް ދުވަސް

ތެހެރާން (އޮގަސްޓް 23) - ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން އުވާލައިފި ނަމަ، ނިއުކްލިއާ ހަތިޔާރުގައި ބޭނުން ކުރެވޭ ވަރަށް ޔުރޭނިއަމް ފައްކާކުރަން އީރާނަށް ބޭނުން ވަނީ ފަސް ދުވަސް ކަމަށް އެ ގައުމުގެ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީގެ ވެރިޔާ އަލީ އަކްބަރު ސޯލިހް ވިދާޅުވެއްޖެ އެވެ.

20 އޯގަސްޓް

August 20, 2017
އެންމެ އިސްކަން ދެނީ ނިއުކްލިއާ އެއްބަސްވުމަށް: ރޫހާނީ

ތެހެރާން (އޮގަސްޓް 20) - އީރާނުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދެނީ ނިއުކްލިއާ އެއްބަސްވުން ހިމާޔަތް ކުރަން ކަމަށް ރައީސް ހސަން ރޫހާނީ މިއަދު ވިދާޅުވެއްޖެ އެވެ.

15 އޯގަސްޓް

August 15, 2017 2
ދެން ދަތިކޮށްފި ނަމަ ނިއުކްލިއާ އެއްބަސްވުމުން ވަކިވާނަން: އީރާން

ތެހެރާން (އޮގަސްޓް 15) - އެމެރިކާ އިން އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ގޮތުން އިތުރު އެއްވެސް ފިޔަވަޅެއް ދެން އަޅައިފި ނަމަ 2015 ވަނަ އަހަރު ގާއިމް ކުރި ނިއުކްލިއާ އެއްބަސްވުމުން ވަކިވާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ދެއްވައިފި އެވެ.

10 އޯގަސްޓް

August 10, 2017 2
އަންހެން ތިން ނައިބް ރައީސުން ރޫހާނީ ހަމަޖައްސައިފި

ތެހެރާން (އޮގަސްޓް 10) - އީރާނަށް ތިން އަންހެން ނައިބް ރައީސުން ރައީސް ހަސަން ރޫހާނީ ހަމަޖައްސައިފި އެވެ.

09 އޯގަސްޓް

August 09, 2017
އީރާނުގެ ބޯޑަރު ކައިރީ ތުރުކީން ފާރެއް ރާނަނީ

އިސްތަންބޫލް (އޮގަސްޓް 9) - އީރާނުގެ ސަރަހައްދީ ރޮނގު ކައިރީ ސަލާމަތީ ފާރެއް ރޭނުމުގެ މަސައްކަތް ތުރުކީން ފަށައިފި އެވެ.

08 އޯގަސްޓް

August 08, 2017
ރޫހާނީގެ ކެބިނެޓުގައި އަންހެނަކު ނުހިމެނުމުން ފާޑުކިޔުން

ތެހެރާން (އޮގަސްޓް 8) - ރިޔާސީ ދެ ވަނަ ދައުރުގައި އީރާނުގެ ރައީސް ހަސަން ރޫހާނީ އެކުލަވާލެއްވި ކެބިނެޓުން އަންހެނަކަށް ޖާގަދީފައި ނުވުމުން ފާޑު ކިޔުންތައް އަމާޒުވާން ފަށައިފި އެވެ.

06 އޯގަސްޓް

August 06, 2017 1
ރޫހާނީގެ އާ ދައުރު ފެއްޓެވީ އެމެރިކާއަށް އިންޒާރަކާއެކު

ތެހެރާން (އޮގަސްޓް 6) - ރިޔާސީ ދެ ވަނަ ދައުރުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު އީރާނުގެ ރައީސް ހަސަން ރޫހާނީ އެމެރިކާ އަށް އިންޒާރު ދެއްވައިފި އެވެ.

26 ޖުލައި

July 26, 2017 1
އީރާނުގެ ބޯޓަކަށް އެމެރިކާ މަނަވަރަކުން ބަޑި ޖަހައިފި

ތެހެރާން (ޖުލައި 26) - އީރާނުގެ ޕެޓްރޯލް ބޯޓަކަށް ޕާސިއާން ގަލްފުގައި އެމެރިކާގެ މަނަވަރަކުން އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖަހައިފި އެވެ.

23 ޖުލައި

July 23, 2017 2
އީރާނުން އާ މިސައިލް ޕްރޮގްރާމެއް އިއުލާންކޮށްފި

ތެހެރާން (ޖުލައި 23) - އީރާނުން އާ މިސައިލް ޕްރޮގްރާމެއް އިއުލާންކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.