12 ސެޕްޓެމްބަރ

September 12, 2019 1
އެމެރިކާއިން ކުރަންއުޅުނު ޕްރެޝަރު ފެއިލްވެއްޖެ: އީރާން

ތެހެރާން (ސެޕްޓެމްބަރު 12) - ހަނގުރާމައެއްގެ ބިރުދައްކައިގެން އެމެރިކާ އިން އީރާނަށް ކުރަން އުޅުނު ޕްރެޝަރު ފެއިލްވެފައިވާ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

09 ސެޕްޓެމްބަރ

September 09, 2019 1
އިނގިރޭސި ތެޔޮ ޓޭންކަރު ދޫކޮށްލަން ދަނީ ތައްޔާރުވަމުން

ތެހެރާން (ސެޕްޓެމްބަރު 9) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދަނިކޮށް ޖުލައި މަހު އީރާނުން ހިފެހެއްޓި އިނގިރޭސި ތެޔޮ ޓޭންކަރު ސްޓެނާ އިމްޕެރޯ ދޫކޮށްލުމަށް ގާނޫނީ ގޮތުން ފުރިހަމަ...

September 09, 2019 4
ޓޭންކަރުގެ ތެޔޮ ހުސްކުރީ މެޑިޓެރޭނިއަންގެ ބަނދަރަކަށް

ތެހެރާން (ސެޕްޓެމްބަރު 9) - އެމެރިކާ އިން ބްލެކްލިސްޓްކޮށްފައިވާ އެޑްރިއަން ޑަރިއާ-1 ގައި ހުރި 2.1 މިލިއަން ފީފާ ތެޔޮ ހުސްކޮށްފައި ވަނީ މެޑިޓެރޭނިއަންގެ ބަނދަރަކަށް ކަމަށް އީރާނުން...

08 ސެޕްޓެމްބަރ

September 08, 2019 5
އީރާނުގެ ޓޭންކަރު ވަނީ ސީރިއާ އަށް ބަނދަރުކޮށްފައި

ވޮޝިންޓަން (ސެޕްޓެމްބަރު 8) - އެމެރިކާ އިން ބްލެކްލިސްޓްކޮށްފައިވާ އެޑްރިއަން ޑަރިއާ-1 މިހާރު ވަނީ ސީރިއާގެ ތަރްތޫސްގައި ބަނދަރުކޮށްފައި ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވިދާޅުވެއްޖެ އެވެ.

07 ސެޕްޓެމްބަރ

September 07, 2019 3
ތެޔޮ ސްމަގްލްކުރާ ބޯޓެއް އީރާނުން ހިފަހައްޓައިފި

ތެހެރާން (ސެޕްޓެމްބަރު 7) - ތެޔޮ ސްމަގްލްކުރާ ކަމަށް ބުނެ ހޮރްމޫޒް ކަނޑުއޮޅިން ބޯޓެއް މިއަދު ހިފަހައްޓައި އޭގައި ތިބި ފިލިޕީންސްގެ 12 ފަޅުވެރިން ހައްޔަރުކޮށްފައިވާ ކަމަށް އީރާނުން...

September 07, 2019 8
ޓޭންކަރުގެ ކެޕްޓަނަށް ހުށަހެޅީ 15 މިލިއަން ޑޮލަރު

ވޮޝިންޓަން (ސެޕްޓެމްބަރު 7) - އީރާނުގެ ތެޔޮ ހުރި ޓޭންކަރަށް އެމެރިކާ އިން ބާރު ފޯރުވެވޭ ސަރަހައްދަކަށް ގެންގޮސްދީފި ނަމަ އެ ޓޭންކަރުގެ ކެޕްޓަނަށް ހުށަހަޅާފައި ވަނީ 15 މިލިއަން ޑޮލަރު...

05 ސެޕްޓެމްބަރ

September 05, 2019 2
ޓޭންކަރުގެ ކެޕްޓަނަށް އެމެރިކާ އިން މިލިއަން ޑޮލަރު

ވޮޝިންޓަން (ސެޕްޓެމްބަރު 5) - އީރާނުގެ ތެޔޮ ހުރި ޓޭންކަރަށް އެމެރިކާ އިން ބާރު ފޯރުވެވޭ ސަރަހައްދަކަށް ގެންގޮސްދީފި ނަމަ އެ ޓޭންކަރުގެ ކެޕްޓަނަށް މިލިއަން ޑޮލަރު ހުށަހަޅާފައިވާކަން ސްޓޭޓް ޑިޕާޓްމަންޓުން ޔަގީންކޮށްދީފި އެވެ.

04 ސެޕްޓެމްބަރ

September 04, 2019
އީރާނުން ހިފެހެއްޓި ޓޭންކަރުގެ ހަތް މީހުން ދޫކޮށްލައިފި

ތެހެރާން (ސެޕްޓެމްބަރު 4) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދަނިކޮށް ޖުލައި މަހު އީރާނުން ހިފެހެއްޓި އިނގިރޭސި ތެޔޮ ޓޭންކަރުގައި ތިބި 23 ފަޅުވެރިންގެ ތެރޭން ހަތް ފަޅުވެރިއަކު...

September 04, 2019 3
އީރާނުގެ ޖައްވީ ޕްރޮގްރާމަށް ފިޔަވަޅު އަޅައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 4) - އީރާނުގެ ޖައްވީ ޕްރޮގްރާމާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އިއްޔެ އަޅައިފި އެވެ.

03 ސެޕްޓެމްބަރ

September 03, 2019
ރޮކެޓް ގޮވީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން: އީރާން

ތެހެރާން (ސެޕްޓެމްބަރު 3) - އިމާމް ޚުމައިނީ ސްޕޭސް ސެންޓަރުން އުދުއްސާލަން އުޅުނު ރޮކެޓް ގޮވީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް އީރާނުން ބުނެފި އެވެ.

01 ސެޕްޓެމްބަރ

September 01, 2019 5
އީރާނުން އުފެއްދި ބާރުގަދަ ޑްރޯނެއް ދައްކާލައިފި

ތެހެރާން (ސެޕްޓެމްބަރު 1) - އީރާނުގެ ބޯޑަރުން ބޭރުގައިވާ އަމާޒުތަކަށް ވެސް ހަމަލާ ދެވޭވަރުގެ ގާބިލްކަން ލިބިފައިވާ ބާރުގަދަ ޑްރޯނެއް އެ ގައުމުން މިއަދު ދައްކާލައިފި އެވެ.

31 އޯގަސްޓް

August 31, 2019 5
އީރާނުގެ ޓޭންކަރު އެމެރިކާ އިން ބްލެކްލިސްޓް ކޮށްފި

ވޮޝިންޓަން (އޮގަސްޓް 31) - ޖިބްރޯލްޓާ އިން މިދިޔަ މަހު ކުރީކޮޅު ހިފެހެއްޓި އީރާނުގެ 2.1 މިލިއަން ފީފާގެ ތެޔޮ ހުރި ޓޭންކަރު އެމެރިކާގެ ޓްރެޝަރީން ބްލެކްލިސްޓްކޮށްފި އެވެ.

28 އޯގަސްޓް

August 28, 2019 4
ޓްރަމްޕާ ބައްދަލުކުރާނީ ދަތިކުރުން ހުއްޓާލުމުން: ރޫހާނީ

ތެހެރާން (އޮގަސްޓް 28) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރުމުގެ ކުރިން އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅަކީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

27 އޯގަސްޓް

August 27, 2019 2
ރަނގަޅު ވަގުތުގައި ރޫހާނީއާ ބައްދަލުކުރެވިދާނެ:ޓްރަމްޕް

ޕެރިސް (އޮގަސްޓް 27) - ރަނގަޅު ވަގުތުގައި އީރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރެއްވުމަކީ ވެދާނެ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

August 27, 2019 3
ހިފެހެއްޓި އީރާނުގެ ޓޭންކަރުގައި ހުރި ތެޔޮ ވިއްކާލައިފި

ތެހެރާން (އޮގަސްޓް 27) - ޖިބްރޯލްޓާ އިން މިދިޔަ މަހު ކުރީކޮޅު ހިފެހެއްޓި ޓޭންކަރުގައި ހުރި 2.1 މިލިއަން ފީފާ ތެޔޮ ވިއްކާލައިފި އެވެ.

26 އޯގަސްޓް

August 26, 2019
އީރާނުގެ ޑްރޯން ސައިޓަކަށް ހަމަލާ ދިނިން: އިޒްރޭލް

ތެލް އަވީވް (އޮގަސްޓް 26) - ސީރިއާގައިވާ އީރާނުގެ ޑްރޯން ސައިޓަކަށް ހަމަލާދީފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.

August 26, 2019
"އީރާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރުން އަދި މާއަވަސް"

ޕެރިސް (އޮގަސްޓް 26) - ފްރާންސްގައި ފެށި ޖީ7ގެ ވެރިންގެ ސަމިޓަށް ކުއްލި ގޮތަކަށް ވަޑައިގެންނެވި އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފްއާ ބައްދަލު ކުރުން އަދި މާއަވަސް ކަމަށް އެމެރިކާގެ...

25 އޯގަސްޓް

August 25, 2019 6
އީރާނުން އާ މިސައިލެއް ޓެސްޓްކޮށްފި

ތެހެރާން (އޮގަސްޓް 25) - އީރާނުން އާ މިސައިލެއް ޓެސްޓްކޮށްފައިވާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ކޮމާންޑަރު މޭޖާ ޖެނެރަލް ހުސައިން ސަލާމީ ވިދާޅުވެއްޖެ އެވެ.

22 އޯގަސްޓް

August 22, 2019 7
އީރާނުން އުފެއްދި އެއާ ޑިފެންސް ސިސްޓަމް ދައްކާލައިފި

ތެހެރާން (އޮގަސްޓް 22) - އީރާނުން އަމިއްލަ އަށް އުފެއްދި މިސައިލުން ދިފާއުވެވޭ ނިޒާމް މިއަދު ދައްކާލައިފި އެވެ.

August 22, 2019 3
"އީރާނުގެ ޓޭންކަރަށް އެހީވާ ނަމަ ފިޔަވަޅު އަޅާނަން"

ވޮޝިންޓަން (އޮގަސްޓް 22) - އީރާނުގެ ތެޔޮ ހިފައިގެން ދަތުރުކުރާ ޓޭންކަރަށް އެއްވެސް ގައުމަކުން އެހީތެރިކަން ފޯރުކޮށްދީފި ނަމަ އެ ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް...

19 އޯގަސްޓް

August 19, 2019 4
ތެޔޮ ޓޭންކަރު ނުހިފެހެއްޓުމަށް އެމެރިކާއަށް އިންޒާރުދީފި

ތެހެރާން (އޮގަސްޓް 19) - އީރާނުގެ ތެޔޮ ޓޭންކަރު ނުހިފެހެއްޓުމަށް އެމެރިކާ އިން ދެން އެއްވެސް މަސައްކަތެއް ނުކުރުމަށް އެ ގައުމަށް އިންޒާރުދީފައިވާ ކަމަށް ތެހެރާނުން މިއަދު ބުނެފި އެވެ.

August 19, 2019 6
އެމެރިކާގެ އިންޒާރަށް ބެލުމެއް ނެތި ޓޭންކަރު ފުރައިފި

ޖިބްރޯލްޓާ (އޮގަސްޓް 19) - އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓުމަށް އެމެރިކާ އިން ޑިމާންޑް ކުރި ނަމަވެސް އެ ހުށަހެޅުމަށް ޖިބްރޯލްޓާ އިން ދެކޮޅު ހެދުމާ އެކު ޓޭންކަރު އިއްޔެ ހަވީރު...

18 އޯގަސްޓް

August 18, 2019 6
ޔަމަނުގެ ހޫތީން އީރާނަށް "ސަފީރެއް" ކަނޑައަޅައިފި

ސަންއާ (އޮގަސްޓް 18) - ޔަމަނުގެ ހޫތީން އީރާނަށް "ސަފީރެއް" ކަނޑައަޅައިފި އެވެ.

17 އޯގަސްޓް

August 17, 2019 7
އީރާނުގެ ޓޭންކަރު ހިފަހައްޓަން އެމެރިކާ އިން އަމުރެއް

ތެހެރާން (އޮގަސްޓް 17) - ޖިބްރޯލްޓާ އިން ދޫކޮށްލި އީރާނުގެ ތެޔޮ ހުރި ޓޭންކަރު ގްރޭސް 1 ހިފަހައްޓަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަމުރު ނެރެފި އެވެ.

15 އޯގަސްޓް

August 15, 2019 8
އީރާނުގެ ޓޭންކަރު ދޫކޮށްލަން ޖިބްރޯލްޓާ އިން ނިންމައިފި

ޖިބްރޯލްޓާ (އޮގަސްޓް 15) - ޖިބްރޯލްޓާ އިން ހިފަހައްޓާފައިވާ އީރާނުގެ ތެޔޮ ހުރި ޓޭންކަރު ދޫކޮށްލަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

August 15, 2019
އެމެރިކާ އުޅެނީ ގަލްފުގެ ގައުމުތަކުގެ ޚަޒާނާ ހުސްކުރަން

ތެހެރާން (އޮގަސްޓް 15) - ހޮރްމޫޒް ކަނޑުއޮޅި ހިމާޔަތް ކުރަން ކަމަށް ބުނެ އެމެރިކާ އިން ގަލްފުގައި އަސްކަރީ ބާރެއް އުފައްދަން އުޅެނީ އެ ސަރަހައްދުގެ ގައުމުތަކުގެ ޚަޒާނާ ހުސްކުރަން...

14 އޯގަސްޓް

August 14, 2019
އިނގިރޭސިން ހިފެހެއްޓި ޓޭންކަރު ދޫކޮށްލަފާނެ: އީރާން

ތެހެރާން (އޮގަސްޓް 14) - ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން އަރާ ހިފެހެއްޓި އީރާނުގެ ތެޔޮ ހުރި ޓޭންކަރު ވަރަށް އަވަހަށް ދޫކޮށްލަފާނެ ކަމަށް ބެލެވޭ ކަމަށް އީރާނުގ ޕޯޓް އޮތޯރިޓީން ބުނެފި އެވެ.

13 އޯގަސްޓް

August 13, 2019 5
ގަލްފުގެ ލަޝްކަރުގައި އިޒްރޭލް ބައިވެރިއެއް ނުކުރެވޭނެ

ބަޣުދާދު (އޮގަސްޓް 13) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހިމާޔަތް ދޭން ކަމަށް ބުނެ އެމެރިކާ އާއި އިނގިރޭސި ވިލާތުން އުފައްދަން އުޅޭ ގަލްފުގެ ލަޝްކަރުގައި އިޒްރޭލް ބައިވެރި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިރާގުން ބުނެފި އެވެ.