01 އޯގަސްޓް

August 01, 2019 9
އީރާނުގެ ޚާރިޖީ ވަޒީރަށް އެމެރިކާއިން ފިޔަވަޅު އަޅައިފި

ވޮޝިންޓަން (އޮގަސްޓް 1) - އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ރަޒީފްއާ ދެކޮޅަށް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

29 ޖުލައި

July 29, 2019 2
ޕޮމްޕެއޯއާ އިންޓަވިއު ކުރާނީ ހައްޔަރުކުރި ރިޕޯޓަރު

ތެހެރާން (ޖުލައި 29) - އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާ އިންޓަވިއު ކުރާނީ އެމެރިކާ އިން ހައްޔަރު ކުރި ރިޕޯޓަރު ކަމަށް ތެހެރާނުން ބުނެފި އެވެ.

28 ޖުލައި

July 28, 2019 2
ގަލްފުގައި ޔޫރަޕުގެ ލަޝްކަރެއް ބޭއްވުން މުހިއްމެއް ނޫން

ތެހެރާން (ޖުލައި 28) - ގަލްފުގައި ދަތުރު ކުރާ ބޯޓު ފަހަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިނގިރޭސި ވިލާތުން އިސް ނަގައިގެން ޔޫރަޕުގެ ލަޝްކަރެއް ބޭއްވުމަކީ ބޭނުން ކަމެއް ނޫން ކަމަށާއި އެއީ "ވަރަށް އުނދަގޫވާނެ" ކަމެއް ކަމަށް އީރާނުން ބުނެފި އެވެ.

26 ޖުލައި

July 26, 2019
ހިފެހެއްޓި ޓޭންކަރުން އިންޑިއާގެ 9 މީހުން ދޫކޮށްލައިފި

ނިއު ދިއްލީ (ޖުލައި 26) - ހޮރްމޫޒް ކަނޑުއޮޅިން މީގެ ދެ ހަފުތާ ކުރިން އީރާނުން ހިފެހެއްޓި ޕެނަމާގެ ދިދަ ނަގާފައިވާ އެމްޓީ ރިއާގައި ތިބި އިންޑިއާގެ 12 ފަޅުވެރިންގެ ތެރޭން ނުވަ މީހުން ދޫކޮށްލާފައިވާ ކަމަށް ނިއު ދިއްލީން ބުނެފި އެވެ.

25 ޖުލައި

July 25, 2019 4
ޓޭންކަރު ދޫކޮށްލަން އީރާނުން ޝަރުތެއް ހުށަހަޅައިފި

ތެހެރާން (ޖުލައި 25) - އިނގިރޭސި ސިފައިން އަރާ ޖިބްރޯލްޓާގެ ބޭރުން ހިފެހެއްޓި އީރާނުގެ ތެޔޮ ޓޭންކަރު ދޫކޮށްލާ ނަމަ އީރާނުން ހިފެހެއްޓި އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރު ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ރައީސް ހަސަން ރޫހާނީ ދެއްވައިފި އެވެ.

24 ޖުލައި

July 24, 2019 2
ގަލްފުގައި އުފައްދާ ލަޝްކަރާ އީރާނުން ދެކޮޅު ހަދައިފި

ތެހެރާން (ޖުލައި 24) - ގަލްފުގައި ދަތުރުކުރާ ބޯޓުތައް ހިމާޔަތް ކުރަން ކަމަށް ބުނެ އުފައްދާ ބައިނަލްއަގުވާމީ ލަޝްކަރާ އީރާނުން ދެކޮޅު ހަދައިފި އެވެ.

23 ޖުލައި

July 23, 2019 2
ހިފެހެއްޓި ޓޭންކަރުގެ ފަޅުވެރިންގެ ފޮޓޯތައް އާއްމުކޮށްފި

ތެހެރާން (ޖުލައި 23) - ހޮރްމޫޒް ކަނޑުއޮޅިން ހިފެހެއްޓި ތެޔޮ ޓޭންކަރުގެ ފަޅުވެރިންގެ ފޮޓޯތައް އީރާނުގެ ރަސްމީ މީޑިއާ އިން އާއްމުކޮށްފި އެވެ.

22 ޖުލައި

July 22, 2019 3
"އީރާން މީހުން އެންމެ ގިނައިން މެރީ އިޒްރޭލުން"

ތެލް އަވީވް (ޖުލައި 22) - މިދިޔަ ދެ އަހަރު ތެރޭ އީރާން މީހުން އެންމެ ގިނައިން މަރާފައިވާނީ އިޒްރޭލުން ކަމަށް ވިދާޅުވެ އެ ގައުމުގެ މިނިސްޓަރަކު އަމިއްލަ ނަފްސަށް ފަޚުރުވެރިވެއްޖެ އެވެ.

July 22, 2019 1
ސީއައިއޭއަށް ޖާސޫސްކޮށްދިން 17 މީހުން ހައްޔަރުކޮށްފި

ތެހެރާން (ޖުލައި 22) - އެމެރިކާގެ ސީއައިއޭ އަށް ޖާސޫސް ކޮށްދިން 17 މީހުން ހައްޔަރުކޮށް، އޭގެ ތެރޭން ބައެއް މީހުންނަށް މަރުގެ އަދަބު ދީފައިވާ ކަމަށް އީރާނުން ބުނެފި އެވެ.

21 ޖުލައި

July 21, 2019 1
"ޓޭންކަރު ދޫކޮށްލާނީ ފަޅުވެރިން އެއްބާރުލުން ދޭ ނަމަ"

ތެހެރާން (ޖުލައި 21) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަނިކޮށް ހިފަހައްޓާފައިވާ އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރު ދޫކޮށްލާނީ ތަހުގީގުގައި ޓޭންކަރުގެ ފަޅުވެރިން އެއްބާރުލުން ދޭ މިންވަރެއްގެ މައްޗަށް ބަލާފައި ކަމަށް އީރާނުން ބުނެފި އެވެ.

July 21, 2019
ޓޭންކަރު ހިފަހައްޓާ ވީޑިއޯ އީރާނުން އާއްމުކޮށްފި

ތެހެރާން (ޖުލައި 21) - ހޮޒްމޫޒް ކަނޑުއޮޅިން އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރު ހިފަހައްޓާ ވީޑިއޯ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އާއްމުކޮށްފި އެވެ.

July 21, 2019 3
އީރާނުން ހިފެހެއްޓި ޓޭންކަރުގައި އިންޑިއާގެ 18 ކްރޫން

ނިއު ދިއްލީ (ޖުލައި 21) - ހޮރްމޫޒް ކަނޑުއޮޅިން އީރާނުން ހިފެހެއްޓި އިނގިރޭސި ވިލާތުގެ ތެޔޮ ބޯޓުގައި އިންޑިއާގެ 18 ފަޅުވެރިން ތިބި ކަމަށް ނިއު ދިއްލީން ބުނެފި އެވެ.

20 ޖުލައި

July 20, 2019 19
އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް އީރާނުން ހިފަހައްޓައިފި

ތެހެރާން (ޖުލައި 20) - އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް ހޮރްމޫޒް ކަނޑުއޮޅިން އީރާނުން އިއްޔެ ހިފަހައްޓައިފި އެވެ.

19 ޖުލައި

July 19, 2019 4
ހޮރްމޫޒް ކަނޑުއޮޅިން އީރާނުގެ ޑްރޯނެއް ވައްޓާލައިފި

ތެހެރާން (ޖުލައި 19) - ގަލްފުގެ ހޮރްމޫޒް ކަނޑުއޮޅިން އީރާނުގެ ޑްރޯނެއް އެމެރިކާގެ ކަނޑުގެ ސިފައިން ވައްޓާލާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

July 19, 2019 10
އީރާނުން ހިފެހެއްޓި ތެޔޮ ބޯޓު ދޫކޮށްލަން އަންގައިފި

ވޮޝިންޓަން (ޖުލައި 19) - ގަަލްފުގެ ހޮޒްމޫޒް ކަނޑުއޮޅިން އީރާނުން ހިފަހައްޓާފައިވާ ތެޔޮ ޓޭންކަރު ވަގުތުން ދޫކޮށްލުމަށް އެމެރިކާ އިން އަންގައިފި އެވެ.

17 ޖުލައި

July 17, 2019
ހާލުގައި ޖެހިފައިވާ ޓޭންކަރަކަށް އެހީވެދީފިން: އީރާން

ތެހެރާން (ޖުލައި 17) - ހޮރްމޫޒް ކަނޑުއޮޅީގައި ހާލުގައި ޖެހިފައި އޮތް ބޭރު ގައުމެއްގެ ތެޔޮ ޓޭންކަރަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާ އިން ބުނެފި އެވެ.

July 17, 2019 2
އީރާނުގެ ވެރިކަން ބަދަލުކުރާކަށް ނޫޅެން: ޓްރަމްޕް

ވޮޝިންޓަން (ޖުލައި 17) - އީރާނުގެ ވެރިކަން ބަދަލު ކުރަން އެމެރިކާ އިން މަސައްކަތް ކުރަމުން ނުދާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

15 ޖުލައި

July 15, 2019 2
ފިޔަވަޅުތައް އުވާލައިފިނަމަ އެެމެެރިކާއާ މަޝްވަރާ ކުރާނަން

ތެހެރާން (ޖުލައި 15) - ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމަށް އެމެރިކާ އިން އަލުން ރުޖޫއަ ވެއްޖެ ނަމަ ވޮޝިންޓަނާ އެކު މަޝްވަރާ ކުރާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

14 ޖުލައި

July 14, 2019 4
ޝަރުތަކާއެކު އީރާނުގެ ޓޭންކަރު ދޫކޮށްލަން އެއްބަސްވެއްޖެ

ލަންޑަން (ޖުލައި 14) - ޖިބްރޯލްޓާގެ ބޭރުން ހިފަހައްޓާފައިވާ އީރާނުގެ ތެޔޮ ހުރި ޓޭންކަރުން ސީރިއާ އަށް ތެޔޮ ނުގެންދާނެކަމުގެ ޔަގީންކަން ދިނުމުން އެ ޓޭންކަރު ދޫކޮށްލާނެ ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް ވިދާޅުވެއްޖެ އެވެ.

13 ޖުލައި

July 13, 2019 4
އިޒްރޭލަށް ބޮން އެޅުމުގެ ގާބިލްކަން އީރާނަށް ލިބިގެންވޭ

ބޭރޫތު (ޖުލައި 13) - އިޒްރޭލަށް ބޮން އެޅުމުގެ ގާބިލްކަންް އީރާނަށް ލިބިގެންވާ ކަމަށް ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވެއްޖެ އެވެ.

July 13, 2019
އިނގިރޭސި ވިލާތުގެ ދެވަނަ މަނަވަރެއް ގަލްފަށް ފޮނުވަނީ

ލަންޑަން (ޖުލައި 13) - އިނގިރޭސި ވިލާތުގެ ދެ ވަނަ މަނަވަރެއް ގަލްފަށް ފޮނުވަން ނިންމައިފި އެވެ.

12 ޖުލައި

July 12, 2019 6
"ޓޭންކަރު ހިފެހެއްޓުމަކީ ހިތާމަ ކުރަން ޖެހޭނެ ކަމެއް"

ތެހެރާން (ޖުލައި 12) - ޖިބްރޯލްޓާގެ ބޭރުން އީރާނުގެ ތެޔޮ ހުރި ޓޭންކަރެއް ހިފެހެއްޓި މައްސަލައިގައި އެމެރިކާ އާއި އިނގިރޭސި ވިލާތުން "ވަރަށް ބޮޑަށް ހިތާމަކުރަން" ޖެހޭނެ ކަމަށް ބުނެ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އިންޒާރު ދީފި އެވެ.

11 ޖުލައި

July 11, 2019 5
އިނގިރޭސި ޓޭންކަރެއް ހިފަހައްޓަން މަސައްކަތްކޮށްފި

ތެހެރާން (ޖުލައި 11) - ހޮރްމޫޒް ކަނޑުއޮޅިން އިނގިރޭސި ވިލާތުގެ ކޮމާޝަލް އުޅަނދެއް ހިފަހައްޓަން އީރާނުގެ ތިން އުޅަނދަކުން މަސައްކަތްކޮށްފައިވާ ކަމަށް އިނގިރޭސި ވިލާތުން ބުނެފި އެވެ.

10 ޖުލައި

July 10, 2019
ޓޭންކަރު ހިފެހެއްޓުމަކީ މޮޔަ އަމަލެއް: ރޫހާނީ

ތެހެރާން (ޖުލައި 10) - އީރާނުގެ ތެޔޮ ބަރުކޮށްފައިވާ ޓޭންކަރެއް އިނގިރޭސި ސިފައިންގެ އެހީގައި ހިފެހެއްޓުމަކީ ބަޔަކު ހިންގި މޮޔަ އަމަލެއް ކަމަށާއި އޭގެ ހިތި ނަތީޖާ އިނގިރޭސި ވިލާތަށް...

July 10, 2019 9
އިޒްރޭލުގެ ޖެޓްތައް އީރާނާ ހަމައަށް ފޯރާނެ: ނަތަންޔާހޫ

ތެލް އަވީވް (ޖުލައި 10) - އިޒްރޭލުގެ ހަނގުރާމަ މަތީ ޖެޓްތައް އީރާނާ ހަމައަށް ފޯރާނެ ކަމަށް ވިދާޅުވެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދެއްވައިފި އެވެ.

09 ޖުލައި

July 09, 2019 5
ޓޭންކަރު ހިފެެހެއްޓުމުން ރައްދު ދޭނަން: އީރާން

ތެހެރާން (ޖުލައި 9) - ޖިބްރޯލްޓާގެ ބޭރުން އީރާނުގެ ޓޭންކަރެއް ހިފެހެއްޓި މައްސަލައިގެ ބަދަލު އިނގިރޭސި ވިލާތުގެ ކިބައިން ހިފާނެކަމުގެ އިންޒާރު އީރާނުގެ ޑިފެންސް މިނިސްޓަރު އާމިރު ހާތަމީ ދެއްވައިފި އެވެ.

08 ޖުލައި

July 08, 2019 4
ޓްރަމްޕުގެ އިންޒާރު އީރާނަށް: ރައްކާތެރިވެގެން ތިބޭ

ވޮޝިންޓަން (ޖުލައި 8) - ނިއުކްލިއާ އެއްބަސްވުމުގައި ހުއްދަކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް އީރާނުން ޔުރޭނިއަމް ފައްކާކުރަން ފެށުމުން "އީރާނުން ރައްކާތެރިވެ ތިބުމަށް" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.