15 ޖުލައި

July 15, 2019 14
ހަމަލާއެއް ދީފިނަމަ ހިޒްބުﷲ ނެތިކޮށްލާނަން: ނަތަންޔާހޫ

ތެލް އަވީވް (ޖުލައި 15) - ހަމަލާއެއް ދީފި ނަމަ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތް "ފުނޑިގެންދާވަރުގެ" ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އިޒްރޭޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވައިފި އެވެ.

10 ޖުލައި

July 10, 2019 9
އިޒްރޭލުގެ ޖެޓްތައް އީރާނާ ހަމައަށް ފޯރާނެ: ނަތަންޔާހޫ

ތެލް އަވީވް (ޖުލައި 10) - އިޒްރޭލުގެ ހަނގުރާމަ މަތީ ޖެޓްތައް އީރާނާ ހަމައަށް ފޯރާނެ ކަމަށް ވިދާޅުވެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދެއްވައިފި އެވެ.

17 ޖޫން

June 17, 2019 1
ޓްރަމްޕަށް ނިސްބަތްކޮށް ގޯލަން ހައިޓްސްގައި އާބާދީއެއް!

ގޯލަން ހައިޓްސް އަކީ އިޒްރޭލްގެ ބައެއްގެ ގޮތުގައި އެމެރިކާއިން ބަލައިގެންފައި ވާތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަމުގައި ވަކި ސަރަހަދެއްގައި މީހުން ވަޒަންވެރިކުރުވުމުގެ މަޝްރޫއެއް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ އިފްތިތާހުކޮށްދެއްވައިފި އެވެ.

30 މެއި

May 30, 2019 6
ނަތަންޔާހޫއަށް ސަރުކާރެއް ނުއުފެއްދި، އާ އިންތިހާބަކަށް

އެޕްރީލް މަހު އޮތް އިންތިހާބުގެ ގިނަ ގޮނޑި ކާމިޔާބުކުރެއްވިޔަސް، މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކޯލިޝަން ސަރުކާރެއް އުފެއްދެވޭ ގޮތް ނުވުމުން، އިޒްރޭލުގައި އާ އިންތިހާބެއް ބާއްވަން ޖެހިއްޖެ އެވެ.

26 މެއި

May 26, 2019 2
ނަތަންޔާހޫއާ ދެކޮޅަށް އިޒުރޭލުގައި މުޒާހަރާކޮށްފި

ބޮޑުވަޒީރުކަން ފަސް ވަނަ ފަހަރަށް ދިފާއުކުރެއްވި ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް ޝަރީއަތެއް ނުހިންގޭނެ ކަމަށް ކަނޑައަޅަން އުޅޭތީ އެކަމާ ދެކޮޅަށް އިޒްރޭލުގައި މުޒާހަރާކޮށްފި އެވެ.

17 އެޕްރީލް

April 17, 2019 1
ސަރުކާރެއް އުފެއްދޭވަރަށް ނަތަންޔާހޫ ތާއީދު ހޯދައިފި

ތެލް އަވީވް (އެޕްރީލް 17) - ކޯލިޝަން ސަރުކާރެއް އުފެއްދޭވަރަށް ޕާލަމެންޓުގެ މެންބަރުން ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ތާއީދުކޮށްފައިވާ ކަމަށް އިޒްރޭލުގެ ރައީސް ރެއުވެން ރިވްލިން ވިދާޅުވެއްޖެ އެވެ.

10 އެޕްރީލް

April 10, 2019 2
ނަތަންޔާހޫ ފަސް ވަނަ ދައުރަކަށް

ތެލް އަވީވް (އެޕްރީލް 10) - އިޒްރޭލުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާތައް ގާތްގަނޑަކަށް ސާފުކޮށް ނިމިފައިވާ އިރު ބޮޑު ވަޒީރުކަމުގެ ފަސް ވަނަ ދައުރެއް ބެންޖަމިން ނަތަންޔާހޫ ކާމިޔާބު ކުރައްވާނެކަން ޔަގީންވެއްޖެ އެވެ.

07 އެޕްރީލް

April 07, 2019 6
ޔަހޫދީން އުޅޭ ސަރަހައްދު ހުޅަނގު އައްސޭރީގެ ބަޔަކަށް!

ތެލް އަވީވް (އެޕްރީލް 7) - ބޮޑު ވަޒީރު ކަމަށް އިންތިޚާބުވެއްޖެ ނަމަ ޔަހޫދީން ދިރިއުޅޭ ސަރަހައްދުތަކަކީ ހުޅަނގު އައްސޭރީގެ ބައެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

12 މާޗް

March 12, 2019 13
އިޒްރޭލަކީ ހަމައެކަނި ޔަހޫދީންގެ ގައުމެއް: ނަތަންޔާހޫ

ތެލް އަވީވް (މާޗ 12) - އިޒްރޭލަކީ އެ ގައުމުގެ "ހުރިހާ ރައްޔިތުންގެ ގައުމެއް" ނޫން ކަމަށާއި އެއީ ހަމައެކަނި ޔަހޫދީންގެ ގައުމެއް ކަމަށް ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

01 މާޗް

March 01, 2019 8
ރިޝްވަތުގެ ދައުވާ ނަތަންޔާހޫގެ މައްޗަށް ކުރަނީ

ތެލް އަވީވް (މާޗް 1) - ރިޝްވަތު ދިނުމާއި އޮޅުވާލުމާއި މަގާމުގެ ނާޖާއިޒް ފައިދާ ނެގުމުގެ ދައުވާ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކުރުމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ނިންމައިފި އެވެ.

04 ފެބުރުއަރީ

February 04, 2019
ނަތަންޔާހޫގެ ކެމްޕޭނުގައި ޓްރަމްޕުގެ ފޮޓޯ ބޭނުންކުރަނީ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ދައުރުކަށް އިންތިހާބު ކާމިޔާބުކުރުމުގެ ކެމްޕޭނުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފޮޓޯއެއް ބޭނުންކުރަން ފަށައިފި އެވެ.

18 ޑިސެމްބަރ

December 18, 2018 4
ނަތަންޔާހޫގެ ދަރިފުޅު ވަގުތީގޮތުން ފޭސްބުކުން ބޭރުކޮށްފި

ތެލް އަވީވް (ޑިސެމްބަރު 18) - މުސްލިމުން އިޒްރޭލުން ފޭބުމަށް ގޮވާލާ ޕޯސްޓެއް ލިޔުމުން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދޮށީ ފިރިހެން ދަރިފުޅު ޔައިރް 24 ގަޑިއިރަށް ފޭސްބުކުން ބޭރުކޮށްލައިފި އެވެ.

02 ޑިސެމްބަރ

December 02, 2018 2
ނަތަންޔާހޫގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ހޯދައިފި

ތެލް އަވީވް (ޑިސެމްބަރު 2) - ކޮރަޕްޝަނުގެ ކުށުގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ތަހުގީގުން ހެކި ލިބިފައިވާ ކަމަށް އިޒްރޭލް ފުލުހުން ބުނެފި އެވެ.

19 ނޮވެމްބަރ

November 19, 2018
އަވަސް އިންތިޚާބަކުން އިޒްރޭލް ސަރުކާރު ސަލާމަތްވެއްޖެ

ތެލް އަވީވް (ނޮވެމްބަރު 19) - އިޒްރޭލް ސަރުކާރުގައި ހިމެނޭ އިސް ވަޒީރަކު ކޯލިޝަން ދޫކޮށް ނުދިއުމަށް އެއްބަސްވުމާ އެކު އަވަސް އިންތިޚާބެއް ބޭއްވުމުން އިޒްރޭލް ސަލާމަތްވެއްޖެ އެވެ.

18 ނޮވެމްބަރ

November 18, 2018 2
"އަވަސް އިންތިޚާބެއް ބާއްވައިފި ނަމަ ނުރައްކާ ބޮޑު"

ތެލް އަވީވް (ނޮވެމްބަރު 18) - އަވަސް އިންތިޚާބެއް ބާއްވައިފި ނަމަ އިޒްރޭލަށް އެކަމުގެ ނުރައްކާ ބޮޑު ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

16 ނޮވެމްބަރ

November 16, 2018
ނަތަންޔާހޫގެ ކޯލިޝަން ސަރުކާރު ސަލާމަތް ކުރެވޭތޯ ބަލަނީ

ތެލް އަވީވް (ނޮވެމްބަރު 16) - ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަން އިސްތިއުފާ ދިނުމާ ގުޅިގެން އިޒްރޭލގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ސަލާމަތް ކުރަން ދަތިވެއްޖެ އެވެ.

14 އޮކްޓޯބަރ

October 14, 2018 1
ހަމާސް އަށް ވަރުގަދަ އިންޒާރެއް ނަތަންޔާހޫ ދީފި

ތެލް އަވީވް (އޮކްޓޯބަރު 14) - ހަމާސް އަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދެއްވައިފި އެވެ.

02 އޯގަސްޓް

August 02, 2018 5
ކަނޑުއޮޅި ބަންދު ނުކުރަން އީރާނަށް ނަތަންޔާހޫގެ އިންޒާރު

ތެލް އަވީވް (އޮގަސްޓް 2) - ރަތް ކަނޑުގެ ދެކުނުން ވަދެ ނުކުމެވެން އޮންނަ ބާބުލް މަންދަބް ކަނޑުއޮޅި އީރާނުން ބަންދުކޮށްފި ނަމަ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގައި އިޒްރޭލުން ވެސް ބައިވެރިވާނެ ކަމަށް ވިދާޅުވެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދެއްވައިފި އެވެ.

25 ޖުލައި

July 25, 2018 8
"ތުރުކީގައި އޮތީ އަނދިރި، ޚުދުމުޚްތާރު ވެރިކަމެއް"

ތެލް އަވީވް (ޖުލައި 25) - ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ތުރުކީގައި ކުރައްވަމުން ގެންދަވަނީ އަނދިރި، ޚުދުމުޚްތާރު ވެރިކަމެއް ކަމަށް ވިދާޅުވެ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިފި އެވެ.

22 ޖޫން

June 22, 2018 2
ނަތަންޔާހޫގެ އަނބިކަނބަލުންނަށް ދައުވާ ކުރަނީ

ތެލް އަވީވް (ޖޫން 22) - ސަރުކާރުގެ ފައިސާ ގަވާއިދާ ޚިލާފަށް ބޭނުންކޮށްފައިވާ މައްސަލާގައި ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫ އަށް ދައުވާ ކުރަން ނިންމައިފި އެވެ.