27 މެއި

May 27, 2018 5
ގާޒާގައި ލައިވް ވަޒަން ބޭނުން ކުރަން ފެހި ސިގްނަލް ދީފި

ގާޒާ (މެއި 27) - ފަލަސްތީނުގެ ހަތިޔާރ ނެތް މީހުންނާ ދެކޮޅަށް އިޒްރޭލުގެ ސްނައިޕަރުން ދޭ ހަމަލާތަކާއި ލައިވް ވަޒަން ބޭނުން ކުރުން ހުއްޓުވުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ދެ ޖަމާއަތަކުން ހުށަހެޅި ޕެޓިޝަނަށް އިޒްރޭލުގެ ސުޕްރީމް ކޯޓުން ދެކޮޅު ހަދައިފި އެވެ.

26 މެއި

May 26, 2018 2
ޕްރިންސް ވިލިއަމް އިޒްރޭލާއި ފަލަސްތީނަށް

ލަންޑަން (މެއި 26) - އިނގިރޭސި ވިލާތުގެ ޕްރިންސް ވިލިއަމް އިޒްރޭލާއި ފަލަސްތީނަށް އަންނަ މަހު ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.

23 މެއި

May 23, 2018 2
އިޒްރޭލުގެ މައްސަލަ ބަލަން ފަލަސްތީނުން އައިސީސީ އަށް

ގާޒާ (މެއި 23) - ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ ޖަރީމާތައް ތަހުގީގު ކޮށްދިނުމަށް އެދި ފަލަސްތީނުން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އަށް ހުށަހަޅައިފި އެވެ.

19 މެއި

May 19, 2018 9
އިޒްރޭލްގެ އުދުވާން އޯއައިސީގައި ވެސް ކުށްވެރިކޮށްފި

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ގަތުލު އާންމާ ގުޅިގެން، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިސީ) ގެ ސަމިޓުގައި ވެސް ރާއްޖެ އިން އިޒްރޭލްގެ އަމަލުތައް ކުށްވެރިކޮށްފި އެވެ.

16 މެއި

May 16, 2018 1
އިޒްރޭލާ ދެކޮޅަށް ބަސް ބުނަން ސަލާމަތީ މަޖިލިސް ނުކުޅެދިފައި

ޔުނައިޓެޑް ނޭޝަންސް (މެއި 16) - ގާޒާގައި ފަލަސްތީން މީހުންނާ ދެކޮޅަށް އިޒްރޭލުން ހަމަލާދީ އެތައް ބަޔަކު ޝަހީދު ކުރަމުންދާ މައްސަލާގައި ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އިޒްރޭލާ ދެކޮޅަށް ބަސް ބުނަން އެ މަޖިލީސް ފެއިލްވެފައިވާކަން އަނެއްކާވެސް ހާމަވެއްޖެ އެވެ.

15 މެއި

May 15, 2018 4
އެމެރިކާއާއި އިޒްރޭލުގައި ތިބި ތުރުކީ ސަފީރުން ގެނެސްފި

އަންކާރާ (މެއި 15) - ގުދުސްގައި އެމެރިކާ އެމްބަސީ ހުޅުވުމާ ދިމާކޮށް އިޒްރޭލުން އިއްޔެ ހިންގި އުދުވާނާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާ އާއި އިޒްރޭލުގައި ތިބި ތުރުކީ ސިފައިން އަނބުރާ ގެންގޮސްފި އެވެ.

May 15, 2018 8
ގުދުސް އަކީ ޓްރަމްޕުގެ ބިމެއް ނޫން: ފަލަސްތީން މީހުން

ގާޒާ (މެއި 15) - ތެލް އަވީވުގައި ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމުން އިޒްރޭލުގެ ވެރިން ދަނީ އުފާ ފާޅު ކުރަމުންނެވެ. ފަލަސްތީން މީހުން އިހްތިޖާޖުގަ އެވެ.

May 15, 2018 6
އާ އިހްތިޖާޖަކަށް ފަލަސްތީން ތައްޔާރު ވަނީ

ގާޒާ (މެއި 15) - ގުދުސްގައި އެމެރިކާ އެމްބަސީ ހުޅުވުމާ ގުޅިގެން ފަލަސްތީނުން ކުރަމުންދާ އިހްތިޖާޖް މިއަދު އިތުރަށް ފުޅާ ކުރާނެ ކަމަށް ބުނެފި އެވެ.

14 މެއި

May 14, 2018 4
ބޯޑަރުގެ އިހްތިޖާޖުގައި ފަލަސްތީނުގެ 41 މީހުން ޝަހީދު

ގާޒާ (މެއި 14) - އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ ދެކޮޅަށް އިހްތިޖާޖް ކުރަމުން ދިޔަ ފަލަސްތީން މީހުން ގަޔަށް ބަޑި ޖަހާ 41 މީހުން މިއަދު ޝަހީދު ކޮށްލައިފި އެވެ.

May 14, 2018 4
ފަަލަސްތީނުގެ އިހްތިޖާޖާއެކު އެމެރިކާ އެމްބަސީ ގުދުސްއަށް

ގުދުސް (މެއި 14) - ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް އިހްތިޖާޖް ކުރަމުން ދަނިކޮށް އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް މިއަދު ބަދަލުކޮށްފި އެވެ.

29 އެޕްރީލް

April 29, 2018 1
އިޒްރޭލާ ގުޅުން ކަނޑާލުމުގެ މައްސަލަ ފަލަސްތީނުގެ ކައުންސިލަށް

ރާމުﷲ (އެޕްރީލް 29) - އިޒްރޭލާ ގުޅުން ކަނޑާޅުމާ ގުޅޭ ގޮތުން ޕަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ނޭޝަނަލް ކައުންސިލް (ޕީއެންސީ) ގައި މަޝްވަރާ ކުރަން ހަމަޖައްސައިފި އެވެ.

26 އެޕްރީލް

April 26, 2018 1
ފަލަސްތީނުގެ ކުއްޖާ ޝަހީދުކޮށްލި މީހާއަށް ނުވަ މަހުގެ ހުކުމެއް

ތެލް އަވީވް (އެޕްރީލް 26) - މީގެ ހަތަރު އަހަރު ކުރިން ފަލަސްތީނުގެ ކުޑަކުއްޖާ ޝަހީދުކޮށްލި އިޒްރޭލް ސިފައިންގެ މީހާ އަށް ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

22 އެޕްރީލް

April 22, 2018 4
ފަލަސްތީނުގެ އިމާމުގެ މަރާ ގުޅުމެއް ނެތް: އިޒްރޭލް

ތެލް އަވީވް (އެޕްރީލް 22) - ފަލަސްތީނުގެ އިމާމަކު މެލޭޝިއާގައި މަރާލުމުގެ ފަހަތުގައި ވަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދު ކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަން ދޮގު ކުރައްވައިފި އެވެ.

21 އެޕްރީލް

April 21, 2018 1
ގާޒާގައި އިޒްރޭލުން ހިންގާ ޖަރީމާތައް އދ. އިން ބަލަން ގޮވާލައިފި

ގާޒާ (އެޕްރީލް 21) - ގާޒާ ބޯޑަރުގައި އިޖްތިޖާޖް ކުރަމުންގެންދާ ފަލަސްތީން މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތައް ބެލުމަށް ސަލާތީ މަޖިލީހުން ކޮމިޝަނެއް އުފެއްދުމަށް ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރު ގޮވާލައްވައިފި އެވެ.

20 އެޕްރީލް

April 20, 2018
ގާޒާ ބޯޑަރާ ކައިރި ނުވަން އިޒްރޭލުން އިންޒާރު ދީފި

ގާޒާ (އެޕްރީލް 20) - ގާޒާ ބޯޑަރުގައި ފަލަސްތީނުން ކުރިއަށް ގެންދާ "ގްރޭޓް މާޗް އޮފް ރިޓާން" ގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ބޯޑަރަށް މިއަދު ޖަމާވާން ފަށާފައިވާ އިރު އިޒްރޭލުން އިންޒާރު ދީފި އެވެ.

16 އެޕްރީލް

April 16, 2018 1
ގާޒާގެ އެންމެ ދިގު ބިމުއަޑީ މަގު ހަލާކުކޮށްލައިފި

ގާޒާ (އެޕްރީލް 16) - ގާޒާ ސްޓްރިޕްގައި ބިމު އަޑިން ކޮނެފައިވާ އެންމެ ދިގު އަދި އެންމެ ފުން މަގު އިޒްރޭލުން ހަލާކުކޮށްލައިފި އެވެ.

07 އެޕްރީލް

April 07, 2018 3
އިޒްރޭލް ސިފައިން ބަޑިޖެހި ފަލަސްތީނުގެ ނޫސްވެރިޔާ ޝަހީދުވެއްޖެ

ގާޒާ (އެޕްރީލް 7) - ގާޒާ ބޯޑަރުގައި އިހްތިޖާޖް ކުރަމުން ދިޔަ ފަލަސްތީނު މީހުންނަށް އަމާޒުކޮށް އިޒްރޭލުން ބަޑިޖެހުމުން ވަޒަން އެރި ނޫސްވެރިޔާ ޝަހީދުވެއްޖެ އެވެ.

03 އެޕްރީލް

April 03, 2018 25
އިޒްރޭލަށް ވެސް ބިމެއްގެ ހައްގު އޮންނަންވާނެ: ސައުދީ ވަލީ އަހުދު

ވޮޝިންޓަން (އެޕްރީލް 3) - ފަލަސްތީނެކޭ އެއްގޮތަށް އިޒްރޭލަށް ވެސް އަމިއްލަ ބިމެއް އޮތުމުގެ ހައްގު ލިބިގެންވާ ކަމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

01 އެޕްރީލް

April 01, 2018 5
ގާޒާއާ ގުޅޭ އދ.ގެ ގަރާރު އެމެރިކާ އިން ހުއްޓުވައިފި

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 1) - ގާޒާގެ ބޯޑަރަށް ޖަމާވެފައިވާ ފަލަސްތީން މީހުންނަށް އަމާޒުކޮށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓުވުމާއި އެކަން ތަހްގީގު ކުރަން ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރު އިޒްރޭލުން ހުއްޓުވައިފި އެވެ.

31 މާޗް

March 31, 2018 10
ގާޒާ ބޯޑަރުގައި ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ގާޒޯ ބޯޑަރު ސަރަހައްދުގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ބަޔަކު ޝަހީދު ކޮށްލި ހާދިސާ ރާއްޖެ އިން މިރޭ ކުށްވެރިކޮށްފި އެވެ.

March 31, 2018 2
ގާޒާ ބޯޑަރުގެ ހަމަނުޖެހުން އދ. އިން ތަހުގީގު ކުރަނީ

ޔުނައިޓެޑް ނޭޝަންސް (މާޗް 31) - ގާޒާ ބޯޑަރުގައި ފަލަސްތީނުން އިއްޔެ ފެށި އިހްތިޖާޖްގައި އިޒްރޭލް ސިފައިން ބަޑިޖަހާ ފަލަސްތީނުގެ 16 މީހުން ޝަހީދުކޮށްލި މައްސަލައިގެ މިނިވަން ތަހުގީގެއް...

30 މާޗް

March 30, 2018 3
ބޯޑަރުގެ ހަމަނުޖެހުން: ފަލަސްތީނުގެ ހަތް މީހުން ޝަހީދު

ގާޒާ ސިޓީ (މާޗް 30) - ހަ ހަފުތާ އަށް ދިގުދެމިގެންދާ އިހްތިޖާޖުގައި ފަލަސްތީނުގެ އެތައް ބަޔަކު ގާޒާގެ ބޯޑަރަށް މިއަދު ޖަމާވިއިރު ހިންގި ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ ފަލަސްތީނުގެ ހަތް މީހުން ޝަހީދުވެފަ އެވެ.

08 މާޗް

March 08, 2018 1
ގުދުސްގައި ފަލަސްތީނު މީހުންގެ ރައްވެހިކަން ގެއްލޭ ބިލެއް ފާސްކޮށްފި

ގުދުސް (މާޗް 8) - އިޒްރޭލަށް އިތުބާރު ނޯންނަ ފަލަސްތީން މީހުންގެ ގުދުސްގެ ރަށްވެހިކަން ބާތިލް ކުރުމުގެ ބާރު އިޒްރޭލުގެ ދާޚިލީ ވަޒީރަށް ލިބި ދިނުމުގެ ބިލެއް އެ ގައުމުގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.

26 ޖެނުއަރީ

January 26, 2018 7
"އިޒްރޭލުގެ ވެރިރަށް ގުދުސް ނަހަދާނެ އެއްގޮތެއް ނެތް"

ޒިއުރިކް (ޖެނުއަރީ 26) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ނަހަދާނެ އެއްގޮތެއް ވެސް ނޯންނާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.