03 ޖޫން

June 03, 2017 2
އިޒްރޭލުގެ ލުޔާ އެކު ފަލަސްތީނުގެ އެއް ލައްކަ މީހުން އަގްސާ އަށް

ގުދުސް (ޖޫން 3) - ރޯދަ މަހާ ދިމާކޮށް އިޒްރޭލުން ދިން ލުޔާ އެކު ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތުގައި ފަލަސްތީނުގެ ލައްކައަކަށް ވުރެ ގިނަ މީހުން އިއްޔެ ހުކުރު ނަމާދުކޮށްފި އެވެ.

June 03, 2017
އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރުން ލަސްކޮށްފި

ވޮޝިންޓަން (ޖޫން 3) - ތެލް އަވީވުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެވަޑައިގެންނެވި ނަމަވެސް އެ މަސައްކަތް...

23 މެއި

May 23, 2017 2
ސުލްހަ އަށް ހުރިހާ ކަމެއްވެސް ކޮށްދޭނަން: ޓްރަމްޕް

ބައިތުލަހަމް (މެއި 23) - އިޒްރޭލާއި ފަލަސްތީނުން ސުލްހަ ގާއިމް ކުރުމަށް ހުރިހާ ކަމެއް ވެސް ކޮށްދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

19 މެއި

May 19, 2017 1
އިޒްރޭލްގެ މިނިސްޓަރުގެ ހެދުމަކީ "ފުރައްސާރައެއް"

ކާންސް ފިލްމް ފެސްޓިވަލުން އަބަދުވެސް ވަރަށް ތަފާތު ހެދުންތައް ފެނެ އެވެ. ފެޝަން ޑިޒައިނަރުންގެ ކުޅަދާނަ ފަރުމާތަކާ އެކު، ބައެއް ފަހަރު ސެލެބްރިޓީން ލާ ހެދުންތައް ވަރަށް ބޮޑު ބަހުސެއްގެ ތެރެއަށް ވެސް ދެ އެވެ. ހާއްސަކޮށް އަންހެން ފަންނާނުންލާ ހެދުންތަކާ ގުޅިގެންނެވެ.

03 މެއި

May 03, 2017 3
އިޒްރޭލް ކުށްވެރިކޮށް ޔުނެސްކޯ އިން ގަރާރެއް ފާސްކޮށްފި

ޕެރިސް (މެއި 3) - ގުދުސް އާއި ގާޒާ ސްޓްރިޕްގައި އިޒްރޭލުން ހިންގާ އަމަލުތައް ކުށްވެރިކޮށް ޔުނެސްކޯގެ އެގްޒެކެޓިވް ބޯޑުން ގަރާރެއް ފާސްކޮށްފި އެވެ.

24 އެޕްރީލް

April 24, 2017 9
ފަލަސްތީނުގެ ގައިދީންނަށް ގޯނާކުރަން ބާބެކިއު ބާއްވައިފި

ތެލް އަވީވް (އެޕްރީލް 24) - އިޒްރޭލުގެ ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ފަލަސްތީނުގެ ގައިދީންނަށް ޖެއްސުމާއި މަލާމާތް ކުރުމުގެ ގޮތުން ހުޅަނގު އައްސޭރީގެ އޯފާ ޖަލުގެ ބޭރުގެ އިޒްރޭލުގެ ކަނާތު ފިޔައިގެ ޕާޓީއެއް ކަމަށްވާ އިޗޫދު ލިއެމި (ނޭޝަނަލް ޔޫނިއަން) އިން ބާބެކިއު އެއް ބާއްވައިފި އެވެ.

20 އެޕްރީލް

April 20, 2017 1
ގައިދީއަކު މަރުވެއްޖެ ނަމަ އާ އިންތިފާޒާއެއް ފެށޭނެ

ގުދުސް (އެޕްރީލް 20) - އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނު މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރި ނަމަވެސް އެ މީހުންނާ ވާހަކަ ނުދައްކާނެ ކަމަށް އިޒްރޭލުން ބުނުމުން ފަލަސްތީނުން ރުޅިވެރިކަން ފާޅުކުރަން ފަށައިފި އެވެ.

18 އެޕްރީލް

April 18, 2017 1
ހަޅުތާލުކުރާ މީހުންނާ މަޝްވަރާ ކުރުމެއް ނެތް: އިޒްރޭލް

ގުދުސް (އެޕްރީލް 18) - އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރި ނަމަވެސް އެ މީހުންނާ މަޝްވަރާ ނުކުރާނެ ކަމަށް އިޒްރޭލުގެ ޕަބްލިކް ސާވިސް މިނިސްޓަރު ގިލާދު އެރްދާން ވިދާޅުވެއްޖެ އެވެ.

17 އެޕްރީލް

April 17, 2017
ފަލަސްތީނުގެ ގައިދީން ބަނޑު ހައިހޫނުކަމުގެ ހަޅުތާލަކަށް

ގުދުސް (އެޕްރީލް 17) - އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި އެވެ.

02 އެޕްރީލް

April 02, 2017 2
އިޒްރޭލުން އުޅެނީ ހަމާސް ލައްވާ ހަނގުރާމައެއް ފަށަން

އިޒްރޭލު ސިފައިންނާއި އިޒްރޭލުގެ ޖާސޫސީ އޭޖެންޓުން މިހާރު ގާޒާގައި ހިންގަމުންދާ ހަރަކާތްތަކުގެ މަގްސަދަކީ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ހަނގުރާމައެއް ފެށުން ކަމުގައި ގާޒާގެ ރައްޔިތުން ބުނަން ފަށައިފި އެވެ.

31 މާޗް

March 31, 2017
ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އާ މަޝްރޫއުއެއް

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރަން އާ ގެތައް ހެދުމުގެ މަޝްރޫއު އަށް ކެބިނެޓުން މިއަދު ހުއްދަ ދީފަ އެވެ. މިއީ މިދިއަ 20 އަހަރުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވާން ހިންގާ ފުރަތަމަ މަޝްރޫއު އެވެ.

29 މާޗް

March 29, 2017 7
އަރަބި ވެރިން ބޭނުމީ ފަލަސްތީނުގެ މިނިވަން ދައުލަތެއް

އަރަބި ގައުމުތަކުގެ އެންމެ އިސް ވެރިން ޖޯޑަންގައި މިއަދު ބައްދަލު ކުރައްވާއިރު ފަލަސްތީނުގެ މައްސަލަ އަށް އެ ބޭފުޅުން ބޭނުންވަނީ، އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް ގާއިމު ކުރެވޭ ފަދަ ހައްލެކެވެ.

09 މާޗް

March 09, 2017 10
ބަންގީގެ އަޑު މަޑުކުރާ ބިލާއެކު ޕާލަމެންޓުގައި ނުރުހުން

ތެލް އަވީވް (މާޗް 9) - ބަންޑީގެ އަޑު މަޑު ކުރަން އިޒްރޭލުން ފާސްކުރަން އުޅޭ ޚިޔާލު ތަފާތުވުން ބޮޑު ބިލުގެ ފުރަތަމަ ކިޔުމުގައި ޕާލަމެންޓުން ރުހުން ލިބުމާ އެކު އަރަބި އިޒްރޭލް މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

06 މާޗް

March 06, 2017 3
އަރަފާތުގެ ނަމުން އިޒްރޭލުގެ މަގަކަށް ނަމެއް ނުކިޔޭނެ

ތެލް އަވީވް (މާޗް 6) - އަރަބި އިޒްރޭލް ޓައުނެއްގެ މަގަށް ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތުގެ ނަމާ ގުޅުވައިގެން ނަން ކިޔުމަކީ ވާނެ ކަމެއް ނޫން ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

27 ފެބުރުއަރީ

February 27, 2017 31
ފަލަސްތީނުގެ ބިމުން އިޒްރޭލު ފައިބަން ގޮވާލައިފި

އިޒްރޭލުން ނުހައްގުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖެ އިން މިއަދު ގޮވާލައިފި އެވެ.

21 ފެބުރުއަރީ

February 21, 2017 6
ފަލަސްތީނުގެ ޒުވާނާ މަރާލި އިޒްރޭލް މީހާ 18 މަހަށް ޖަލަށް

ގުދުސް (ފެބްރުއަރީ 21) - ޒަޚަމްވެފައި އޮތް ފަލަސްތީނުގެ ޒުވާނެއްގެ ބޮލަށް ބަޑިޖަހާ ޝަހީދުކޮށްލި އިޒްރޭލް ސިފައިންގެ މީހާ 18 މަހަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.

16 ފެބުރުއަރީ

February 16, 2017 4
ދެ ދައުލަތް އުފެއްދުން ނޫން ހައްލެއް ނެތް: އދ

ގާހިރާ (ފެބްރުއަރީ 16) - ފަލަސްތީނާއި އިޒްރޭލުގެ ސުލްހަ އަށް އޮތް ހަމައެކަނި ހައްލަކީ ދެ ދައުލަތް އުފެއްދުން ކަމަށް އދ.ގެ ސެކްރެޓަަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

February 16, 2017 11
ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ޓްރަމްޕް ދޫކޮށްލައްވައިފި

ވޮޝިންޓަން (ފެބްރުއަރީ 16) - ދެ ދައުލަތް އުފައްދައިގެން ފަލަސްތީނު- އިޒްރޭލް މައްސަލަ އަށް ހައްލު ހޯދަން އެމެރިކާ އިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތު ރައީސް ޑޮނަލްޑް ޓްރަމްޕް...

09 ފެބުރުއަރީ

February 09, 2017 1
ޔަހޫދީންނަށް ގެދޮރު އެޅުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް

ތެލް އަވީވް (ފެބްރުއަރީ 9) - ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް 4،000 ގެ އެޅުމަށް އިޒްރޭލުން ފާސްކޮށްފައިވާ ބިލް ހުއްޓުވުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ދެ ޖަމާއަތަކުން އިޒްރޭލުގެ ސުޕްރީމް ކޯޓަށް ހިނގައްޖެ އެވެ.

01 ފެބުރުއަރީ

February 01, 2017 1
ހުޅަނގު އައްސޭރީގައި 3000 ގެ އިޒްރޭލުން އަޅަނީ

ތެލް އަވީވް (ފެބްރުއަރީ 1) - އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް 3،000 ގެ އަޅަން ނިންމައިފި އެވެ.

20 ޖެނުއަރީ

January 20, 2017 6
ޓްރަމްޕުގެ ޒައާމަތު އެމެރިކާ އަށް ފަސޭހައެއް ނުވާނެ!

އެމެރިކާގެ ޒައާމަތަށް އަންނަ ކޮންމެ ބަދަލަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އޭގެ އަސަރު ކޮންމެވެސް ގޮތަކުން ފޯރާނެ ކަންކަމެވެ. އެމެރިކާގެ އަމިއްލަ މަސްލަހަތަށް ނިންމާ ނިންމުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައަށް ބައެއް ފަހަރު ގެއްލުން ވެސް ލިބިފައި އެބަ ހުއްޓެވެ. ހަރުކަށި ސިޔާސަތެއްގެ ވެރި ޑޮނަލްޑް ޓްރަމްޕު...

16 ޖެނުއަރީ

January 16, 2017 2
މެދުއިރުމަތީގެ ހަމައެކަނި ހައްލަކީ ދެ ދައުލަތް

އިޒްރޭލާއި ފަލަސްތީނުގެ ކޯޅުން ހުއްޓުމަކަށް ގެނެސް، މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރުމަށް މިހާރު އޮތް ހަމައެކަނި މަގަކީ ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުން ކަމަށް ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންޑް ވިދާޅުވެއްޖެ އެވެ.