10 ސެޕްޓެމްބަރ

September 10, 2017 3
ނަތަންޔާހޫގެ އަނބިކަނބަލުންނަށް ޚިޔާނާތުގެ ދައުވާކުރަނީ

ގުދުސް (ސެޕްޓެމްބަރު 10) - ޚިޔާނާތުގެ ތުހުމަތުތަކެއްގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރަން ވިސްނަވާ ކަމަށް އެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

06 ސެޕްޓެމްބަރ

September 06, 2017 2
ބައި ގަރުނު ވަންދެން އުޅުނު ގެއިން ބޭރުކޮށްލައިފި

ގުދުސް (ސެޕްޓެމްބަރު 6) - ބައި ގަރުނަށް ވުރެ ގިނަ ދުވަހު ފަލަސްތީނުގެ އާއިލާއެއް އިރުމަތީ ގުދުސްގައި ދިރިއުޅުނު ގެއިން އިޒްރޭލް ފުލުހުން ވަދެ ގަދަބާރުން ބޭރުކޮށްލައިފި އެވެ.

30 އޯގަސްޓް

August 30, 2017 2
އިޒްރޭލުން ޔަހޫދިންނަށް ގެދޮރު އެޅުން ގަވާއިދާޚިލާފު: އދ

ރާމުﷲ (އޮގަސްޓް 30) - ފަލަސްތީނުގެ ބިންތަކުގައި ޔަހޫދިންނަށް އިޒްރޭލުން ގެދޮރު އަޅައިދިނުން ގަވާއިދާ ޚިލާފު ކަމަށާއި އެއީ ސުލްހަ އަށް ކަނޑައެޅިގެން ހުރި ހުރަހެއް ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

29 އޯގަސްޓް

August 29, 2017 2
ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ދޫކޮށްލައިގެން ނުވާނެ

ރާމުﷲ (އޮގަސްޓް 29) - ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ އަށް ހައްލު ހޯދުމަށް ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ދޫކޮށްލައިގެން ނުވާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް...

August 29, 2017
އީރާނުން ދަނީ ސީރިއާގައި މިސައިލް ހަދަމުން: އިޒްރޭލް

ތެލް އަވީވް (އޮގަސްޓް 29) - ސީރިއާ އާއި ލުބުނާނުގައި އީރާނުން މިސައިލް ފެކްޓަރީއެއް ހަދަމުންދާ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

28 ޖުލައި

July 28, 2017 2
50 އަހަރުން ދަށުގެ ފިރިހެނުންނަށް އަގްސާ ބަންދު

ގުދުސް (ޖުލައި 28) - އަގްސާ މިސްކިތުގައި ހަރުކުރި ސެކިއުރިޓީ ކެމެރާ އާއި މެޓަލް ޑިޓެކްޓަރު އިޒްރޭލުން ނެއްޓި ނަމަވެސް މިއަދުގެ ހުކުރު ނަމާދަށް މިސްކިތަށް ވަދެވޭނީ 50 އަހަރުން މަތީގެ ފިރިހެންނަށް ކަމަށް އިޒްރޭލުން ކަނޑައަޅައިފި އެވެ.

26 ޖުލައި

July 26, 2017
އަގްސާ މައްސަލަ މިހާރު އޮތީ ބޮޑު ނުރައްކަަލެއްގެ ތެރޭގައި

ޔުނައިޓެޑް ނޭޝަންސް (ޖުލައި 26) - އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިޒްރޭލުން އުފެއްދި ހަމަނުޖެހުންތައް މިހާރު އޮތީ ބޮޑު ނުރައްކަލަކަށް ބަދަލުވުމުގެ މަގުމަތީގައި ކަމަށް އދ. އަށް ކަނޑައަޅާފައި ހުންނަ ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު ވިދާޅުވެއްޖެ އެވެ.

25 ޖުލައި

July 25, 2017
އިޒްރޭލް އެމްބަސީން މުވައްޒަފުން ހުސްކޮށްފި

އައްމާން (ޖުލައި 25) - ޖޯޑަންގައި ހުންނަ އިޒްރޭލް އެމްބަސީގެ މުވައްޒަފުން އަނބުރާ ގެންގޮސްފި އެވެ.

July 25, 2017 2
އަގްސާގައި ހަރުކުރި މެޓަލް ޑިޓެކްޓަރުތައް ނަގައިފި

ގުދުސް (ޖުލައި 25) - އަގްސާ މިސްކިތަށް ވަންނަ މީހުން ބަލާ ފާސްކުރުމަށް އިޒްރޭލުން ހަރުކުރި މެޓަލް ޑިޓެކްޓަރުތައް ނަގާ އެއަށް ވުރެ ލުއި ގޮތަކަށް މީހުން ބަލާ ފާސްކުރުމުގެ އިންތިޒާމް...

24 ޖުލައި

July 24, 2017 6
ގުދުސް އަކީ ރަތް ރޮނގެއް، އިޒްރޭލުން ކުޅެނީ އަލިފާނާ

ގުދުސް (ޖުލައި 24) - މާތް ވެގެންވާ އަލް ގުދުސް އަކީ ރަތް ރޮނގެއް ކަމަށާއި ގުދުސްގެ މުގައްދަސް ތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ކަމަށް ބުނެ އިޒްރޭލުން އަޅަމުންދާ...

July 24, 2017 3
ޖޯޑަންގައި ހުންނަ އިޒްރޭލް އެމްބަސީ އަށް ހަމަލާދީފި

އައްމާން (ޖުލައި 24) - ޖޯޑަންގެ ވެރިރަށް އައްމާނުގައި ހުންނަ އިޒްރޭލުގެ އެމްބަސީ އަށް ދިން ބަޑީގެ ހަމަލާތަކެއްގައި ދެ މީހުން މަރުވެއްޖެ އެވެ.

23 ޖުލައި

July 23, 2017 1
ގުދުސް މައްްސަލާގައި ސަލާމަތީ މަޖިލީސް ބައްދަލު ކުރަނީ

ޔުނައިޓެޑް ނޭޝަންސް (ޖުލައި 23) - އަގްސާ މިސްކިތުގައި އިޒްރޭލުން ގާއިމްކުރި ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ގުދުސްގައި މިހާރު ހިންގާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މާދަމާ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

21 ޖުލައި

July 21, 2017 3
ގުދުސްގެ ހަމަނުޖެހުމުގައި ފަލަސްތީނުގެ ތިން މީހުން ޝަހީދު

ގުދުސް (ޖުލައި 21) - އަގްސާ މިސްކިތް އިޒްރޭލުން ބަންދުކުރި މައްސަލާގައި ގުދުސްގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފި އެވެ.

July 21, 2017
50 އަހަރުން ދަށުގެ މީހުން އަގްސާ އަށް ވަނުން މަނާ

ގުދުސް (ޖުލައި 21) - އަގްސާ މިސްކިތުގައި މިއަދު ކުރާ ހުކުރު ނަމާދަށް މުސްލިމުންގެ ތެރޭން 50 އަހަރުން ދަށުގެ މީހުންނަށް މިސްކިތް ހިމެނޭ ސަރަހައްދަށް ނުވަދެވޭނެ ކަމަށް އިޒްރޭލުން...

19 ޖުލައި

July 19, 2017 1
އަގްސާ މިސްކިތުގެ ސަރަހައްދުގައި ހަމަނުޖެހުންތައް ކުރިއަށް

ގުދުސް (ޖުލައި 19) - އަގްސާ މިސްކިތް ބަންދު ކުރުމަށް ފަހު އިޒްރޭލުން އެޅި ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ގުދުސްގައި ހަމަނުޖެހުންތައް އިތުރުވާން ފަށައިފި އެވެ.

17 ޖުލައި

July 17, 2017
އަގްސާގެ ސަލާމަތީ ފިޔަވަޅުތަކަށް ފަލަސްތީނުން ދެކޮޅު

ގުދުސް (ޖުލައި 17) - ދެ ދުވަހަށް ބަންދު ކުރުމަށް ފަހު އަލް އަގްސާ މިސްކިތް އިއްޔެ ހުޅުވި އިރު އިޒްރޭލުން އެޅި ސަލާމަތީ ފިޔަވަޅުތަކަށް ފަލަސްތީނުން ދެކޮޅު ހަދައިފި އެވެ.

16 ޖުލައި

July 16, 2017 1
އަގްސާ މިސްކިތް މިއަދު އަލުން ހުޅުވާލަނީ

ގުދުސް (ޖުލައި 16) - މިދިޔަ ހުކުރު ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އަލް އަގްސާ މިސްކިތް މިއަދުން ފެށިގެން އަލުން ހުޅުވާލާނެ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

14 ޖުލައި

July 14, 2017 4
އަގްސާ މިސްކިތް ބަންދުކޮށް އިމާމު ހައްޔަރުކޮށްފި

ގުދުސް (ޖުލައި 14) - އަގްސާ މިސްކިތުގައި ހުކުރު ނަމާދު ކުރުމުގެ ފުރުސަތު މިއަދު ނުދީ މިސްކިތް ބަންދު ކުރުމަށް ފަހު އިޒްރޭލުގެ އަމުރާ ދެކޮޅު ހެދި ގުދުސްގެ އިސް މުފްތީ ހައްޔަރުކޮށްފި...

July 14, 2017 2
އަގްސާ މިސްކިތް ކައިރިން ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފި

ގުދުސް (ޖުލައި 14) - ގުދުސްގެ އަލް އަގްސާ މިސްކިތާ ކައިރިން އިޒްރޭލް ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ތިން މީހުން މިއަދު ޝަހީދު ކޮށްލައިފި އެވެ.

10 ޖުލައި

July 10, 2017 2
އިޒްރޭލުން ކަރުނަ ގޭސް ޖެހި ފަލަސްތީނުގެ ކުއްޖާ މަރު

ގުދުސް (ޖުލައި 10) - އިޒްރޭލް ސިފައިން މީގެ ތިން މަހެއްހާ ދުވަސް ކުރިން ކަރުނަ ގޭސް ޖެހުމުން ލިބުނު ގެއްލުންތަކުގައި ފަރުވާ ދެމުން ދިޔަ ފަލަސްތީނުގެ 18 މަހުގެ ކުޑަ ކުއްޖާ މަރުވެއްޖެ އެވެ.

06 ޖުލައި

July 06, 2017 4
މޯދީ ކަން ކުރިގޮތުން ފަލަސްތީނު މީހުން ހިތުގައި ޖެހިފައި

ގުދުސް (ޖުލައި 6) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިޒްރޭލަށް ވަޑައިގެން އެ ގައުމުގައި ތިން ދުވަސް ހޭދަކުރެއްވި އިރު ފަލަސްތީނަށް ވަޑައިގެން ރައީސް މަހްމޫދު އައްބާސްއާ...

July 06, 2017
މުމްބާއީ ހަމަލާ އިން ސަލާމަތްވި އިޒްރޭލް ކުއްޖާއާ މޯދީ ބައްދަލުކޮށްފި

ތެލް އަވީވް (ޖުލައި 6) - މުމްބާއީގެ ޔަހޫދީ ސެންޓަރަކަށް 2008 ގައި ދިން ހަމަލާގައި ސަލާމަތްވި އިޒްރޭލުގެ ޔަތީމް ކުއްޖާއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވައިފި އެވެ.

04 ޖުލައި

July 04, 2017 5
އިޒްރޭލަށް ވަޑައިގެންނެވި އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރަކަށް މޯދީ

ތެލް އަވީވް (ޖުލައި 4) - އިޒްރޭލަށް ވަޑައިގެންނެވި އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރުގެ ޝަރަފް ނަރެންދުރަ މޯދީ ހޯއްދަވައިފި އެވެ.

July 04, 2017 3
ސައުދީގެ ބޯޓެއް އިޒްރޭލުގެ އެއާޕޯޓުގައި، އެއީ ފޭކެއް

ރިޔާޒް (ޖުލައި 4) - ސައުދީ އަރަބިއާގެ ގައުމީ އެއާލައިންގެ މަތިންދާ ބޯޓެއް އިޒްރޭލުގެ އެއާޕޯޓެއްގައި ޖައްސާފައި އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުން ދަނީ އަސްލު ފޮޓޯއެއް...

02 ޖުލައި

July 02, 2017 5
އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ޖަލުން މިނިވަންކޮށްފި

ތެލް އަވީވް (ޖުލައި 2) - އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އިހޫދު އޮލްމާޓް ޕެރޯލުގެ ދަށުން ޖަލުން މިނިވަންކޮށްފި އެވެ.

28 ޖޫން

June 28, 2017 16
ދުނިޔޭގެ ލޯ ގަތަރަށް، ފަލަސްތީނު ހަނދާން ވެސް ނެތް

މިއަދު ދުނިޔޭގެ ކޮންމެ ދިމާލަކަށް ބެލިޔަސް ފެންނަނީ މުސްލިމުން އެއް ބަޔަކު އަނެއް ބައެއްގެ ކަރުގައި ހިފަމުންދާ މަންޒަރެވެ. ލީބިޔާ، އިރާގު، ސީރިޔާ އަދި ޔަމަންގައި ހަނގުރާމަތަކެއް ހިނގަމުން އެ ދަނީ ހަމަ މުސްލިމުންގެ ދޭދޭ ޖަމާއަތްތަކުގެ މެދުގަ އެވެ. އެ ލޭއޮހޮރުވުންތަކުގައި އެމެރިކާ އާއި ވިލާތުގެ ގައުމުތައް ބައިވެރިކޮށްގެން އެ...

26 ޖޫން

June 26, 2017 3
ސީރިޔާ ހަނގުރާމަ ގޯލާންގެ އުސް ބިންތަކަށް ފެތުރެނީ

ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ، އިޒްރޭލާ އިންވެގެން އޮންނަ ގޯލާންގެ އުސް ބިންތަކަށް ފެތުރެން ފަށައި ހަނގުރާމަ ވަރުގަދަ ވަމުން އެބަދެ އެވެ.