19 ފެބުރުއަރީ

February 19, 2018 5
ކޮރަޕްޝަނުގެ ތުހުމަތުގައި ނަތަންޔާހޫގެ ގާތް މީހުން ހައްޔަރު ކުރަނީ

ތެލް އަވީވް (ފެބްރުއަރީ 19) - ކޮރަޕްޝަނުގެ ތުހުމަތުގައި، އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގުޅުންހުރި ގިނަ ބަޔަކު ފުލުހުން ހައްޔަރު ކުރަން ފަށައިފި އެވެ.

February 19, 2018 13
ދުނިޔެއަށް އޮތް އެންމެ ބޮޑު ބިރަކީ އީރާން: ނަތަންޔާހޫ

މިއުނިކް (ފެބްރުއަރީ 19) - ދުނިޔެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ އީރާން ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

14 ފެބުރުއަރީ

February 14, 2018 15
ކޮރަޕްޝަނުގެ ތުހުމަތުގައި ނަތަންޔާހޫ އަށް ދައުވާ ކުރާނަން: ފުލުހުން

ތެލް އަވީވް (ފެބްރުއަރީ 14) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

11 ފެބުރުއަރީ

February 11, 2018 6
ސައުދީ-އިޒްރޭލުގެ ގުޅުމަށް ސުވާލުކުރުމުން ހައްޔަރުކޮށްފި

ރިޔާޒް (ފެބްރުއަރީ 11) - ސައުދީ އަރަބިއާ އާއި އިޒްރޭލުގެ ގުޅުން ރަނގަޅުވެ އެ ގުޅުމާ ބެހޭ ގޮތުން ސުވާލުކުރި ސައުދީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފައިވާ ކަމަށް އިނގިރޭސި ވިލާތުގައި...

February 11, 2018 6
އީރާނާއި ސީރިއާ އިން ދަނީ އަލިފާނާ ކުޅެމުން: އިޒްރޭލް

ތެލް އަވީވް (ފެބްރުއަރީ 11) - އީރާނާއި ސީރިއާ އިން ދަނީ "އަލިފާނާ ކުޅެމުން" ކަމަށް ބުނެ އިޒްރޭލުން އިއްޔެ އިންޒާރު ދީފި އެވެ.

10 ފެބުރުއަރީ

February 10, 2018 3
ސީރިއާ އިން ހަމަލާދީ އިޒްރޭލުގެ ޖެޓެއް ވައްޓާލައިފި

ދިމިޝްގު (ފެބްރުއަރީ 10) - ސީރިއާ އަށް އިޒްރޭލުން ވައިގެ ހަމަލާތައް ދޭތީ ސީރިއާ އިން ވެސް ރައްދު ހަމަލާދީ އިޒްރޭލުގެ ހަނގުރާމަ މަތީ އެފް-16 ގެ ހަނގުރާމަ މަތީ ޖެޓެއް ވައްޓާލައިފި އެވެ.

08 ފެބުރުއަރީ

February 08, 2018
ސީރިއާގެ އަސްކަރީ އަމާޒުތަކަށް އިޒްރޭލުން ވައިގެ ހަމަލާދީފި

ދިމިޝްގު (ފެބްރުއަރީ 8) - ވެރިރަށް ދިމިޝްގާ ކައިރީގައިވާ އަސްކަރީ އަމާޒުތަކަށް އިޒްރޭލުން ވައިގެ ހަމަލާދީފައިވާ ކަމަށް ސީރިއާ އިން ތުހުމަތު ކޮށްފި އެވެ.

07 ފެބުރުއަރީ

February 07, 2018 5
އިޒްރޭލަށް ދާ ބޯޓުތަކަަށް ސައުދީގެ ވައިގެ ސަރަހައްދު ހުޅުވާލައިފި

ރިޔާޒް (ފެބްރުއަރީ 7) - އިޒްރޭލަށް ދަތުރުކުރާ ބޯޓުތަކަށް ސައުދީގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުން ފުރަތަމަ ފަހަރަށް ދީފި ކަމަށް އިޒްރޭލުގެ ނޫހަކުން ބުނެފި އެވެ.

01 ފެބުރުއަރީ

February 01, 2018 2
އިޒްރޭލާ ގުޅުން އޮންނަ 206 ކުންފުނީގެ މައްސަލަބަލަނީ

ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 1) - ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަށް އިޒްރޭލުން ހިންގާ މަޝްރޫއާ ގުޅުން އޮންނަ 206 ކުންފުނީގެ މައުލޫމާތު އެއްކުރަމުންދާ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ އޮފީހުން ބުނެފި އެވެ.

26 ޖެނުއަރީ

January 26, 2018 7
"އިޒްރޭލުގެ ވެރިރަށް ގުދުސް ނަހަދާނެ އެއްގޮތެއް ނެތް"

ޒިއުރިކް (ޖެނުއަރީ 26) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ނަހަދާނެ އެއްގޮތެއް ވެސް ނޯންނާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

23 ޖެނުއަރީ

January 23, 2018 17
ތިން ޚާނުން އިޒްރޭލު ބޮޑުވަޒީރާ ބައްދަލެއް ނުކުރި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިންޑިއާ ދަތުރުފުޅުގައި ހިންދީ ފިލްމު އިންޑަސްޓްރީގެ ފަންނާނުންނާ ބައްދަލުކުރަން ބޭއްވި ހަފުލާއަށް ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން ޚާނުން ކަމަށްވާ އާމިރު ޚާނާއި ޝާހްރުކް އަދި ސަލްމާން ޚާން ނުދިޔަ އެވެ. މިކަމާ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މި ތިން އެކްޓަރުންނަށް ތައުރީފު...

22 ޖެނުއަރީ

January 22, 2018
އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުން އަންނަ އަހަރު

ތެލް އަވީވް (ޖެނުއަރީ 22) - އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް އަންނަ އަހަރު ފަހުކޮޅު ބަދަލު ކުރާނެ ކަމަށް އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް ވިދާޅުވެއްޖެ އެވެ.

16 ޖެނުއަރީ

January 16, 2018 5
އިޒްރޭލް ބަލައިނުގަތުމަށް ފަލަސްތީނުން ނިންމައިފި

ރާމުﷲ (ޖެނުއަރީ 16) - ގައުމެއްގެ ގޮތުގައި އިޒްރޭލް ބަލައިނުގަތުމަށް ފަލަސްތީނުގެ ލީޑަރުން ވޯޓު ދީފި އެވެ.

15 ޖެނުއަރީ

January 15, 2018 4
ގުދުސްއާ މެދު މޯދީގެ ނިންމުމަށް ނަތަންޔާހޫ ހިތްހަމަނުޖެހިފައި

ނިއު ދިއްލީ (ޖެނުއަރީ 15) - ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިނުގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ނިންމެވުމަކީ ހިތްހަމަ ނުޖެހުނު ކަމެއް ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

02 ޖެނުއަރީ

January 02, 2018 6
ގުދުސްގެ ބިން ފަލަސްތީނަށް ނުދެވޭނެ ގޮތް އިޒްރޭލުން ހަދަނީ

ގުދުސް (ޖެނުއަރީ 2) - ގުދުސްގެ ބިމުން ބައެއް ކުރިމަގުގައި ފަލަސްތީނަށް ދޫކުރުން އުނދަގޫވާނެ ގޮތަށް އިޒްރޭލުން ގާނޫނެއް ފާސްކޮށްފި އެވެ.

30 ޑިސެމްބަރ

December 30, 2017
ގުދުސްގެ މުޒާހަރާތައް އަދިވެސް ފުޅާވެ ވަރުގަދަވަނީ

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވެ، އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސަށް ބަދަލު ކުރަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވުމާ ގުޅިގެން، ފަލަސްތީނުގެ ބިންތަކުގަ އާއި ދުނިޔޭގެ އެކި ގައުމުތަކުގައި ކުރާ މުޒާހަރާތައް، އަދިވެސް ދަނީ އިތުރަށް ފުޅާވެ ވަރުގަދަވަމުންނެވެ.

28 ޑިސެމްބަރ

December 28, 2017 5
ރޭލް ދުއްވަން ގުދުސްގެ އަޑިން ބިންގަރާސް މަގެއް ހަދަނީ

ގުދުސްގެ މުސްކުޅި ސަހަރުގެ އަޑިން ރޭލު ދުއްވަން ބިންގަރާސް މަގެއް ކޮންނަން އިޒްރޭލު ސަރުކާރުން ނިންމައި އިއްޔެ އެކަން އިއުލާން ކޮށްފި އެވެ.

27 ޑިސެމްބަރ

December 27, 2017 7
އިޒްރޭލާއި އެމެރިކާގެ ސުލްހައަކީ ފަލަސްތީނު ނައްތައިލުން

ފަލަސްތީނާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމުކޮށް މެދުއިރުމައްޗަށް އަމާންކަމާއި ހަމަޖެހުން ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ގައުމަކީ އެމެރިކާ އެވެ. އެކަމަށްޓަކައި ފަލަސްތީނުގެ ވެރިންނާއި އިޒްރޭލުގެ ވެރިން ގޮވައިގެން ކިތަންމެ ބައްދަލުުވުމެއް އެމެރިކާ އިން ބާއްވައިފި އެވެ. އެއީ ދުނިޔޭގެ ލޯތަކަށް މަންޒަރު ފެންނަ ގޮތެވެ.

December 27, 2017 2
އެމްބަސީތައް ގުދުސަށް ބަދަލުކުރަން އިޒްރޭލު އާދޭސްކުރަނީ

އިޒްރޭލުގައި ހުންނަ އެކި ގައުމުތަކުގެ އެމްބަސީތައް ގުދުސަށް ބަދަލުކޮށްދިނުމަށް އެދި އިޒްރޭލު ސަރުކާރުން އެ ގައުމުތަކުގައި އާދޭސް ކުރަން ފަށައިފި އެވެ.

December 27, 2017 2
ގުދުސާ ބެހޭ ގޮތުން މަޝްވަރާ ކުރުން ވެސް މަނާ ކުރަނީ

ގުދުސާ ބެހޭ ގޮތުން މަޝްވަރާ ކުރުން ވެސް އިޒްރޭލު ސަރުކާރަށް މަނާކުރުމަށް، ޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ ޕާޓީ "ދަ ޖުވިޝް ހޯމް" އިން ހުށަހެޅި ބިލަށް ވޯޓު ނަގަން އެ ގައުމުގެ ގާނޫނު...

26 ޑިސެމްބަރ

December 26, 2017 2
ހުޅަނގު އައްސޭރި ވެސް އިޒްރޭލުގެ ބަޔަކަށް ހަދަނީ

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ ތެރޭގައި ހިމެނޭ ހުޅަނގު އައްސޭރީ އާއި ގުދުސް އަކީ ވެސް އިޒްރޭލުގެ ބިންތަކެއް ކަމުގައި ކަނޑައެޅުމަށް، އިޒްރޭލުގެ ވެރިކަން ކުރާ ލީކޫޑް...

December 26, 2017 9
އެމެރިކާ އިން އދ. އަށް ދޭ އެހީ މަދުކުރަނީ

އެމެރިކާ އިން އދ. މަޖިލީހުގެ ބަޖެޓަށް ކޮންމެ އަހަރަކު ދޭ ފައިސާގެ ތެރެއިން 285 މިލިއަން ޑޮލަރު އުނިކުރުމަށް އެމެރިކާ އިން ނިންމައި އިއްޔެ އިއުލާން ކޮށްފި އެވެ.

25 ޑިސެމްބަރ

December 25, 2017 4
ގުދުސްގައި ކްރިސްމަސް ފާހަގަކުރުން ފަނޑު ގޮތަކަށް

މުޅި ގުދުސަށާއި ފަލަސްތީނުގެ ކްރިސްޓިއަނުންނަށް ވެސް އަހަރުގެ ތެރޭގައި އަންނަ އެންމެ އުފާވެރި ރެއަކީ ޑިސެމްބަރު މަހުގެ 25 ވިލޭރޭ ކަމުގައި ވިޔަސް، ކުރީ އަހަރުތަކާ ޚިލާފަށް ފަލަސްތީނުގެ ކްރިސްޓިއަނުން މި ފަހަރު ނިންމީ، މި ދުވަސް އެހާ ކުލަ ގަދަކޮށް ފާހަގަ ނުކުރުމަށެވެ. އެއީ ގުދުސާ މެދު އެމެރިކާ އިން ނިންމި ނިންމުމަށް ދެކޮޅުހެދުމުގެ...

24 ޑިސެމްބަރ

December 24, 2017 3
ފަލަސްތީނު މުޒާހަރާތައް ފުޅާވެ ދެ ސަހަރެއް ބަންދުކޮށްފި

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ކުރަން ފަށާފައިވާ މުޒާހަރާތައް ފުޅާވެ މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން، ހުޅަނގު އައްސޭރީގައިވާ ދެ ސަހަރެއް އިޒްރޭލު ސިފައިން އިއްޔެ އިން ފެށިގެން ބަންދުކޮށްލައިފި އެވެ.

21 ޑިސެމްބަރ

December 21, 2017 10
ގުދުސްއާ މެދު ގޮތެއް ނިންމޭނީ މަޝްވަރާކޮށްގެން: ރާއްޖެ

ގުދުސްއާ ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމޭނީ އެކަމާ ގުޅޭ ގޮތުން ދެ ފަރާތުގެ މެދުގައި މަޝްވަރާކޮށްގެން ކަމަށާއި އިޒްރޭލުން ގުދުސްގެ މައްޗަށް ވެރިވެގަންނަން އުޅުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާ ވެސް ހިލާފު ކަމެއް ކަމަށް ރާއްޖޭން މިރޭ އދ. ގައި ބުނެފި އެވެ.

December 21, 2017 83
ރާއްޖޭން ގުދުސް ގަރާރު ސްޕޮންސަ ކޮށްފި

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވުމުން އެކަމާ ދެކޮޅަށް އދ.ގެ އާންމު މަޖިލީހަށް މިއަދު ހުށަހަޅާ ގަރާރަށް ތާއީދުކޮށް، އެ ގަރާރު ރާއްޖެ އިން ކޯ...

December 21, 2017 14
ގުދުސް ގަރާރަށް ތާއީދުކުރި ގައުމުތަކަށް އެހީ ކަނޑާލަނީ

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވުމުން އެކަމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައި އެ ގަރާރަށް ތާއީދުކުރި ގައުމުތަކަށް، އެމެރިކާ އިން...