20 ނޮވެމްބަރ

November 20, 2017 9
ސައުދީއާ އެކު ސިއްރު ގުޅުމެއް އޮވޭ: އިޒްރޭލުގެ ވަޒީރު

ތެލް އަވީވް (ނޮވެމްބަރު 20) - އީރާނާ މެދު އޮންނަ ކަންބޮޑުވުމުގައި ސައުދީ އަރަބިއާ އެކު ސިއްރު ގުޅުންތަކެއް އޮންނަ ކަމަށް އިޒްރޭލުގެ ވަޒީރަކު ވިދާޅުވެއްޖެ އެވެ.

17 ނޮވެމްބަރ

November 17, 2017 5
އިޒްރޭލް މީހާ ކުވޭތު އެއާލައިނުން މަނާކުރީ ރަނގަޅަށް

ފްރެންކްފަޓް (ނޮވެމްބަރު 17) - އިޒްރރޭލުގެ ޕަސިންޖަރަކު އުފުލުން މަނާކުރުމަކީ ކުވޭތު އެއާލައިނުގެ ހައްގުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޖަރުމަނުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

03 ނޮވެމްބަރ

November 03, 2017
ފަލަސްތީނުގެ ކިޔަވާ ކުދިންގެ އާދޭސް އިނގިރޭސި ބޮޑު ވަޒީރަށް

ގުދުސް (ނޮވެމްބަރު 3) - ފަލަސްތީނުގެ ބިމުގައި އިޒްރޭލް އުފަންކުރަން މެދުވެރިވި ބެލްފޯ ޑިކްލަރޭޝަނަށް ފާޑުކިޔާ އެ ގަރާރަށް 100 އަހަރު ފުރުނު ދުވަހާ ދިމާކޮށް ފަލަސްތީނުގެ އެތައް ހާސް ކުދިންނެއް އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި އަށް ސިޓީ ފޮނުވައިފަ އެވެ.

01 ނޮވެމްބަރ

November 01, 2017 2
މަަރަށް ހާޒިރުވެފައިވާ ދަރި ދެކިލަން 10 މިނިޓް

ގުދުސް (ނޮވެމްބަރު 1) - މަރަން ހާޒިރުވެފައިވާ ދަރިފުޅު ދެކިލަން ފަލަސްތީނުގެ ގައިދީއަކަށް އިޒްރޭލުން ދިނީ އެންމެ 10 މިނިޓް ކަމަށް އާއިލާ އިން ބުނެފި އެވެ.

30 އޮކްޓޯބަރ

October 30, 2017 1
ގަރުނެއް ފަހުން އިނގިރޭސިން ބެލްފޯ ގަރާރުގެ ދިފާއުގައި

ލަންޑަން (އޮކްޓޯބަރު 30) - ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވައި އިޒްރޭލް އުފައްދަން މެދުވެރިވި ބެލްފޯ ޑިކްލަރޭޝަނަށް ގަރުނެއްވީ އިރު އެ ގަރާރުގެ ދިފާއުގައި އިނގިރޭސިން މިއަދު ވެސް ދަނީ ވާހަކަ ދައްކަމުންނެވެ.

14 އޮކްޓޯބަރ

October 14, 2017 7
އެމެރިކާގެ ފަހަތުން އިޒްރޭލް ވެސް ޔުނެސްކޯއިން ވަކިވަނީ

ތެލް އަވީވް (އޮކްޓޯބަރު 14) - އެމެރިކާގެ ފަހަތުން އިޒްރޭލް ވެސް ޔުނެސްކޯ އިން ވަކިވާން ނިންމައިފި އެވެ.

12 އޮކްޓޯބަރ

October 12, 2017 7
އިޒްރޭލަށް ތަފާތު ކުރާތީ ޔުނެސްކޯއިން އެމެރިކާ ވަކިވަނީ

ވޮޝިންޓަން (އޮކްޓޯބަރު 12) - އިޒްރޭލަށް ތަފާތުކުރާތީ ކަމަށް ބުނެ އދ.ގެ ސަގާފަތާ ބެހޭ ޖަމިއްޔާ ޔުނެސްކޯ އިން ވަކިވާން އެމެރިކާ އިން ނިންމައިފި އެވެ.

10 ސެޕްޓެމްބަރ

September 10, 2017 3
ނަތަންޔާހޫގެ އަނބިކަނބަލުންނަށް ޚިޔާނާތުގެ ދައުވާކުރަނީ

ގުދުސް (ސެޕްޓެމްބަރު 10) - ޚިޔާނާތުގެ ތުހުމަތުތަކެއްގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރަން ވިސްނަވާ ކަމަށް އެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

06 ސެޕްޓެމްބަރ

September 06, 2017 2
ބައި ގަރުނު ވަންދެން އުޅުނު ގެއިން ބޭރުކޮށްލައިފި

ގުދުސް (ސެޕްޓެމްބަރު 6) - ބައި ގަރުނަށް ވުރެ ގިނަ ދުވަހު ފަލަސްތީނުގެ އާއިލާއެއް އިރުމަތީ ގުދުސްގައި ދިރިއުޅުނު ގެއިން އިޒްރޭލް ފުލުހުން ވަދެ ގަދަބާރުން ބޭރުކޮށްލައިފި އެވެ.

30 އޯގަސްޓް

August 30, 2017 2
އިޒްރޭލުން ޔަހޫދިންނަށް ގެދޮރު އެޅުން ގަވާއިދާޚިލާފު: އދ

ރާމުﷲ (އޮގަސްޓް 30) - ފަލަސްތީނުގެ ބިންތަކުގައި ޔަހޫދިންނަށް އިޒްރޭލުން ގެދޮރު އަޅައިދިނުން ގަވާއިދާ ޚިލާފު ކަމަށާއި އެއީ ސުލްހަ އަށް ކަނޑައެޅިގެން ހުރި ހުރަހެއް ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

29 އޯގަސްޓް

August 29, 2017 2
ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ދޫކޮށްލައިގެން ނުވާނެ

ރާމުﷲ (އޮގަސްޓް 29) - ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ އަށް ހައްލު ހޯދުމަށް ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ދޫކޮށްލައިގެން ނުވާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް...

August 29, 2017
އީރާނުން ދަނީ ސީރިއާގައި މިސައިލް ހަދަމުން: އިޒްރޭލް

ތެލް އަވީވް (އޮގަސްޓް 29) - ސީރިއާ އާއި ލުބުނާނުގައި އީރާނުން މިސައިލް ފެކްޓަރީއެއް ހަދަމުންދާ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

28 ޖުލައި

July 28, 2017 2
50 އަހަރުން ދަށުގެ ފިރިހެނުންނަށް އަގްސާ ބަންދު

ގުދުސް (ޖުލައި 28) - އަގްސާ މިސްކިތުގައި ހަރުކުރި ސެކިއުރިޓީ ކެމެރާ އާއި މެޓަލް ޑިޓެކްޓަރު އިޒްރޭލުން ނެއްޓި ނަމަވެސް މިއަދުގެ ހުކުރު ނަމާދަށް މިސްކިތަށް ވަދެވޭނީ 50 އަހަރުން މަތީގެ ފިރިހެންނަށް ކަމަށް އިޒްރޭލުން ކަނޑައަޅައިފި އެވެ.

26 ޖުލައި

July 26, 2017
އަގްސާ މައްސަލަ މިހާރު އޮތީ ބޮޑު ނުރައްކަަލެއްގެ ތެރޭގައި

ޔުނައިޓެޑް ނޭޝަންސް (ޖުލައި 26) - އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިޒްރޭލުން އުފެއްދި ހަމަނުޖެހުންތައް މިހާރު އޮތީ ބޮޑު ނުރައްކަލަކަށް ބަދަލުވުމުގެ މަގުމަތީގައި ކަމަށް އދ. އަށް ކަނޑައަޅާފައި ހުންނަ ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު ވިދާޅުވެއްޖެ އެވެ.

25 ޖުލައި

July 25, 2017
އިޒްރޭލް އެމްބަސީން މުވައްޒަފުން ހުސްކޮށްފި

އައްމާން (ޖުލައި 25) - ޖޯޑަންގައި ހުންނަ އިޒްރޭލް އެމްބަސީގެ މުވައްޒަފުން އަނބުރާ ގެންގޮސްފި އެވެ.

July 25, 2017 2
އަގްސާގައި ހަރުކުރި މެޓަލް ޑިޓެކްޓަރުތައް ނަގައިފި

ގުދުސް (ޖުލައި 25) - އަގްސާ މިސްކިތަށް ވަންނަ މީހުން ބަލާ ފާސްކުރުމަށް އިޒްރޭލުން ހަރުކުރި މެޓަލް ޑިޓެކްޓަރުތައް ނަގާ އެއަށް ވުރެ ލުއި ގޮތަކަށް މީހުން ބަލާ ފާސްކުރުމުގެ އިންތިޒާމް...

24 ޖުލައި

July 24, 2017 6
ގުދުސް އަކީ ރަތް ރޮނގެއް، އިޒްރޭލުން ކުޅެނީ އަލިފާނާ

ގުދުސް (ޖުލައި 24) - މާތް ވެގެންވާ އަލް ގުދުސް އަކީ ރަތް ރޮނގެއް ކަމަށާއި ގުދުސްގެ މުގައްދަސް ތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ކަމަށް ބުނެ އިޒްރޭލުން އަޅަމުންދާ...

July 24, 2017 3
ޖޯޑަންގައި ހުންނަ އިޒްރޭލް އެމްބަސީ އަށް ހަމަލާދީފި

އައްމާން (ޖުލައި 24) - ޖޯޑަންގެ ވެރިރަށް އައްމާނުގައި ހުންނަ އިޒްރޭލުގެ އެމްބަސީ އަށް ދިން ބަޑީގެ ހަމަލާތަކެއްގައި ދެ މީހުން މަރުވެއްޖެ އެވެ.

23 ޖުލައި

July 23, 2017 1
ގުދުސް މައްްސަލާގައި ސަލާމަތީ މަޖިލީސް ބައްދަލު ކުރަނީ

ޔުނައިޓެޑް ނޭޝަންސް (ޖުލައި 23) - އަގްސާ މިސްކިތުގައި އިޒްރޭލުން ގާއިމްކުރި ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ގުދުސްގައި މިހާރު ހިންގާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މާދަމާ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

21 ޖުލައި

July 21, 2017 3
ގުދުސްގެ ހަމަނުޖެހުމުގައި ފަލަސްތީނުގެ ތިން މީހުން ޝަހީދު

ގުދުސް (ޖުލައި 21) - އަގްސާ މިސްކިތް އިޒްރޭލުން ބަންދުކުރި މައްސަލާގައި ގުދުސްގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފި އެވެ.

July 21, 2017
50 އަހަރުން ދަށުގެ މީހުން އަގްސާ އަށް ވަނުން މަނާ

ގުދުސް (ޖުލައި 21) - އަގްސާ މިސްކިތުގައި މިއަދު ކުރާ ހުކުރު ނަމާދަށް މުސްލިމުންގެ ތެރޭން 50 އަހަރުން ދަށުގެ މީހުންނަށް މިސްކިތް ހިމެނޭ ސަރަހައްދަށް ނުވަދެވޭނެ ކަމަށް އިޒްރޭލުން...

19 ޖުލައި

July 19, 2017 1
އަގްސާ މިސްކިތުގެ ސަރަހައްދުގައި ހަމަނުޖެހުންތައް ކުރިއަށް

ގުދުސް (ޖުލައި 19) - އަގްސާ މިސްކިތް ބަންދު ކުރުމަށް ފަހު އިޒްރޭލުން އެޅި ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ގުދުސްގައި ހަމަނުޖެހުންތައް އިތުރުވާން ފަށައިފި އެވެ.

17 ޖުލައި

July 17, 2017
އަގްސާގެ ސަލާމަތީ ފިޔަވަޅުތަކަށް ފަލަސްތީނުން ދެކޮޅު

ގުދުސް (ޖުލައި 17) - ދެ ދުވަހަށް ބަންދު ކުރުމަށް ފަހު އަލް އަގްސާ މިސްކިތް އިއްޔެ ހުޅުވި އިރު އިޒްރޭލުން އެޅި ސަލާމަތީ ފިޔަވަޅުތަކަށް ފަލަސްތީނުން ދެކޮޅު ހަދައިފި އެވެ.

16 ޖުލައި

July 16, 2017 1
އަގްސާ މިސްކިތް މިއަދު އަލުން ހުޅުވާލަނީ

ގުދުސް (ޖުލައި 16) - މިދިޔަ ހުކުރު ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އަލް އަގްސާ މިސްކިތް މިއަދުން ފެށިގެން އަލުން ހުޅުވާލާނެ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.