22 ޖުލައި

July 22, 2016
މަޓާ ވިއްކާލުމުގެ ވިސްނުމެއް ނެތް: މޮރީނިއޯ

މެންޗެސްޓާ (ޖުލައި 22) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު ހުއަން މަޓާ ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

19 ޖުލައި

July 19, 2016 3
"ފާގަސަންގެ ކާމިޔާބީ މޮރީނިއޯ އަށް ތަކުރާރު ކުރެވޭނެ"

ލަންޑަން (ޖުލައި 19) - މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން ހޯދި ކާމިޔާބީ އެ ޓީމުގެ އާ ކޯޗު ހޯސޭ މޮރީނިއޯ އަށް ތަކުރާރު ކުރެވޭނެ ކަމަށް ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.

17 ޖުލައި

July 17, 2016 1
މޮރީނިއޯގެ ތައުރީފް މިކިތާރްޔަން އަށް

މެންޗެސްޓާ (ޖުލައި 17) - ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ހެންރިކް މިކިތާރްޔަން އަކީ އެ ޓީމަށް ބޭނުންވާ ސްޓައިލުގެ ކުޅުންތެރިޔެއް ކަމަށާއި މި ސީޒަނުގައި އޭނާގެ މޮޅު ކުޅުން ފެންނާނެ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

06 ޖުލައި

July 06, 2016
"ޔުނައިޓެޑްގެ ކޯޗުކަން ކޮންމެ ކޯޗަކު ވެސް ބޭނުންވާނެ"

މެންޗެސްޓާ (ޖުލައި 5) - މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުގެ މަގާމް އަދާކުރަން ކޮންމެ ކޯޗަކު ވެސް ބޭނުންވާނެ ކަމަށް އެ ޓީމާ ދާދި ފަހުން ހަވާލުވި ހޯސޭ މޮރީނިއޯ ބުނެފި އެވެ.

02 ޖުލައި

July 02, 2016 3
29 އަހަރަށް ފަހު ގިގްސް ޔުނައިޓެޑާ ދުރަށް

މެންޗެސްޓާ (ޖުލައި 2) - ރަޔަން ގިގްސް 29 އަހަރަށް ފަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ނިންމައިފި އެވެ.

02 ޖޫން

June 02, 2016
މޮރީނިއޯ ޔުނައިޓެޑާ ގުޅުމަކީ ލިބުނު އުފަލެއް: ރޫނީ

މެންޗެސްޓާ (ޖޫން 2) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ހަވާލުވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.

01 ޖޫން

June 01, 2016 3
ގާޑިއޯލާ އަށް ހާއްސަ ސަމާލުކަމެއް ނުދޭނަން: މޮރީނިއޯ

މެންޗެސްޓާ (ޖޫން 1) - އަންނަ ސީޒަނުގައި ވާދަވެރި މެންޗެސްޓާ ސިޓީގެ ކޯޗުކަމުގައި ޖޯސެޕް ގާޑިއޯލާ ހުރި ނަމަވެސް އޭނާ އަށް ހާއްސަ ސަމާލުކަމެއް ނުދޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

28 މެއި

May 28, 2016
ޔުނައިޓެޑަށް ކޯޗުކޮށްދިނުމަކީ ހާއްސަ ޝަރަފެއް: މޮރީނިއޯ

މެންޗެސްޓާ (މޭ 28) - މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިނުމަކީ ފުޓްބޯޅައިގައި ލިބޭނެ ހާއްސަ ޝަރަފެއް ކަމަށް އެ ޓީމާ އިއްޔެ ހަވާލުވި ޕޯޗުގަލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

27 މެއި

May 27, 2016
ޔުނައިޓެޑަށް އެކަށީގެންވަނީ މޮރީނިއޯ: އިބްރަހިމޮވިޗް

މެންޗެސްޓާ ޔުނައިޓެޑް އަލުން ކުރީގެ މަގާމަށް ގެންދެވޭނެ މީހަކީ ހޯސޭ މޮރީނިއޯ ކަމަށް ޔުނައިޓެޑުން އެންމެ ބޮޑަށް ބޭނުންވާ އެއް ކުޅުންތެރިޔާ ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

May 27, 2016
ޔުނައިޓެޑްގެ ކޯޗަކަށް މޮރީނިއޯ ހަމަޖައްސައިފި

މެންޗެސްޓާ (މޭ 27) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް ކުރިން ޗެލްސީ އާއި ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ހަމަޖައްސައިފި އެވެ.

26 މެއި

May 26, 2016
ޔުނައިޓެޑުގެ ތަރިން މޮރިީނިއޯއާ މެދު ދެކެނީ ކިހިނެއް؟

ފުޓްބޯޅަ ކުޅުންތެރިންނާ އެއްވަރަށް ފުޓްބޯޅަ ކޯޗުންގެ މަގުބޫލުކަން މިހާރު ވަރަށް ބޮޑެވެ. ޕޯޗުގަލްފެ ހޯސޭ މޮރީނިއޯ އަކީ މަޝްހޫރުކަމާ އެއްވަރަށް ކާމިޔާބީ ވެސް ހޯދައިފައިވާ ކޯޗެކެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވެން ހާލް ވަކިކުރުމަށް ފަހު އެ ކްލަބުން އަންނަނީ ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން މޮރީނިއޯއާ އެ ޓީމު ހަވާލުކުރުމަށް...