18 ޖޫން

June 18, 2020 3
އާންމު ސިއްހަތުގެ ބިލުން، މައުލޫމާތު ހޯދަން ހުރަސްއެޅޭ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް، އެ ގޮތަށް ފާސްވެއްޖެ ނަމަ މައުލޫމާތު ހޯދައި ލިބިގަތުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

14 ޖޫން

June 14, 2020 5
ބްރޯޑްކޮމްގެ މެމްބަރުކަމަށް އަނާ އައްޔަންކުރައްވައިފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމަށް، ވީޓީވީގެ ނޫސްވެރިޔާ އާމިނަތު އަމީނާ (އަނާ)، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.

09 ޖޫން

June 09, 2020 23
ބްރޯޑްކޮމްއަށް އަނާ އައްޔަން ކުރަން ފާސްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަނަށް، ވީޓީވީގެ ނޫސްވެރިޔާ އާމިނަތު އަމީނާ (އަނާ) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

05 ޖޫން

June 05, 2020 3
ނޫސްވެރިކަމަށް އެހީތެރިވާނަން: ޓެކްނޮލޮޖީ މިނިސްޓްރީ

ރާއްޖޭގައި ނޫސްވެރިކަން ކުރިއަރުވަން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.

01 ޖޫން

June 01, 2020 2
އެޑިޓޯރިއަލް ޕޮލިސީ އެމްއެމްސީ އަށް ފޮނުވަން ލަފާދީފި

ނޫސްތަކުގެ އެޑިޓޯރިއަލް ޕޮލިސީ، ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފޮނުވަން ފެންނަ ކަމަށް އެ ކައުންސިލްގެ ކޮމިޓީއަކުން ލަފާދީފި އެވެ.

31 މެއި

May 31, 2020
މައިކްރޮފްސޮފްޓަށް ނޫސްވެރިންގެ ބަދަލުގައި "ރޮބޮޓް"

މައިކްރޮސޮފްޓްގެ އެމްއެސްއެން ވެބްސައިޓްގެ ހިންގުމަށް ގެންނަ ބަދަލާ އެކު ކޮންޓްރެކްޓް އުސޫލުން އިނގިރޭސިވިލާތާއި އެމެރިކާގައި މަސައްކަތްކުރާ ބައެއް ނޫސްވެރިން ދޫކޮށްލައި، އެ މީހުންގެ ބަދަލުގައި ރޮބޮޓް ބޭނުންކުރަން ނިންމައިފި އެވެ.

24 މެއި

May 24, 2020 42
"މިހާރު" އަށް ހަތަރު އަހަރު، ބޮޑު ހިތްވަރެއް

"ތިޔަ ވަދެވުނީ މުޅިން އާ ނޫހެއްގެ މުޅިން އާ ވެބްސައިޓަކަށެވެ. މިއީ 'މިހާރު' އެވެ. މަރުހަބާ އެވެ."

22 މެއި

May 22, 2020 13
މައުލޫމާތު އާއްމު ކުރަން ފުލުހުން ގުރޫޕެއް ހަދައިފި

ފުލުހުންގެ އިދާރާ އާއި ފުލުހުންނާ ގުޅޭ އެކި ކަންކަމާ ގުޅޭ މައުލޫމާތު ދިނުމަށް ޓެލެގްރާމް ގުރޫޕެއް ހަދައިފި އެވެ.

12 މެއި

May 12, 2020 49
މުސާރަނުދެވި ވީމީޑިއާ ހުއްޓާލަން ޖެހިދާނެކަން އަންގައިފި

އާމްދަނީ ލިބޭނެ ގޮތެއް ޖޫން މަހުގެ ނިޔަލަށް ނުފެނިއްޖެ ނަމަ، ވީޓީވީ ހިންގާ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިދާނެކަން އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު އަންގައިފި އެވެ.

03 މެއި

May 03, 2020 1
ނޫސްވެރިންނަށް ބުރަ، ދަތި ދުވަސްތަކެއް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ބައްދަލުކުރިއިރު އެހެން ގައުމުތަކެކޭ އެއްގޮތަށް ދިވެހިންނަށް ވެސް ނޫސްވެރިންގެ ބޭނުން ވަރަށް ބޮޑުވެފަ އެވެ. ނުރައްކާތެރި ކޮވިޑް-19އާ ބެހޭ ގިނަ މައުލޫމާތުތަކެއް، 24 ގަޑިއިރުގެ މަސައްކަތެއް ތެރެއިންނަށް ދިވެހިންނަށް ގެނެސްދެނީ ނޫސްވެރިންނެވެ. ރެ އާއި ދުވާލު ނޫސްވެރިން ތިބީ އާންމުންގެ ހިދުމަތުގަ އެވެ.

28 އެޕްރީލް

April 28, 2020 44
ކޮވިޑް-19ގެ ވާހަކަ އަބަދު ދައްކާތީ ކަންބޮޑުވެއްޖެ

ޓީވީތަކުންނާއި އެހެނިހެން މީޑިއާތަކުން ކޮވިޑް-19ގެ ވާހަކަ އަބަދު ދައްކާތީ ނަފްސާނީ ބަލީގެ ހާއްސަ ޑރ. އާރިފް މުހައްމަދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

April 28, 2020 2
ޕްރެސްފްރީޑަމްގައި ރާއްޖޭގެ ކުރިއެރުމަށް މަރުހަބާކިޔައިފި

ނޫސްވެރި ކަމުގެ މިނިވަން ކަމުގެ އިންޑެކްސްގައި ރާއްޖެއިން ހޯދި ކުރިއެރުމަށް އެމެރިކާއިން މަރުހަބާ ކިޔައިފި އެވެ.

22 އެޕްރީލް

April 22, 2020 3
ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުން

ދުނިޔޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލާ އިންޑެކްސްގައި ރާއްޖެ 19 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

19 އެޕްރީލް

April 19, 2020 22
ދަރިފުޅުގެ ވީޑިއޯއިން ޕްރެޒެންޓަރު މުއާޒް ރޮއްވާލައިފި!

ހަލުއިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ނުރައްކަލާ ދިވެހިން ކުރިމަތިލާން ޖެހުނު ފަހުން އަދި އެންމެ ހިތްދަތި ދުވަހަކީ އިއްޔެ އެވެ. މާލެ ތެރެއިން އެންމެ ފުރަތަމަ މީހާގެ ގޮތުގައި މިދިޔަ ބުދަ ދުވަހު މީހަކު ޕޮޒިޓިވްވި ފަހުން، އިއްޔެ ވަނީ ހަތް މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެހެންވެ، އެ ބަލީގެ ތަފާސްހިސާބުތަކާއި...

17 އެޕްރީލް

April 17, 2020 4
ނޫސްވެރިންގެ ބައްދަލުވުންތައް އޮންލައިންކޮށް ފަށަނީ

ކޮވިޑް-19 އާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް މިއަދުން ފެށިގެން އޮންލައިންކޮށް ބާއްވަން ނިންމައިފި އެވެ.

29 މާޗް

March 29, 2020 22
މީޑިއާ ކައުންސިލުން އިންސާފުވެރި ވާން ޖެހޭ: އިދިކޮޅު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ލިބިފައިވާ ބާރުތައް ބޭނުން ކުރާއިރު ޖަވާބުދާރީވުމުގެ ފުރުސަތު ދީގެން އިންސާފުވެރިކަމާ އެކު އަމަލު ކުރުމަށް އިދިކޮޅު ކޯލިޝަނުން މިރޭ...

March 29, 2020 14
އެމްއެމްސީން ނޫސްތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

ކޮވިޑް-19 އާ ގުޅޭ ގޮތުން ނޫސްތަކުގައި (އޮންލައިން މީޑިއާތައް ވެސް ހިމެނޭ ގޮތަށް) ޝާއިއުކުރާ ހަބަރުތައް ގޯސް ކަމަށް ބުނެ ރަނގަޅުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން...

23 މާޗް

March 23, 2020 7
ނޫސްވެރިންގެ މަސައްކަތަށް މަބްރޫކްގެ ތައުރީފް

ކޮވިޑް-19 ގެ މައުލޫމާތު ފޯރުކޮށް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ނޫސްވެރިންގެ ބުރަ މަސައްކަތަށް މިރޭ ތައުރީފް ކުރައްވައިފި އެވެ.

19 މާޗް

March 19, 2020 112
"މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލަން އަންގައިފި

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ޗެނަލް 13ގެ "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން އެ ޗެނަލަށް އަންގަން ބްރޯޑްކާސްޓިން ކޮމިޝަނުން މިރޭ ނިންމައިފި އެވެ.

11 މާޗް

March 11, 2020 12
ތެދު މައުލޫމާތު ފަތުރަން ރައީސް އެދިވަޑައިގެންފި

މީޑިއާތަކުން ވީހާ ވެސް ތެދު މައުލޫމާތު ފެތުރުމަށް ބާރު އަޅައި، މަސައްކަތްކޮށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.

10 މާޗް

March 10, 2020 18
ކޮވިޑް-19:ވީމީޑިއާ ޚަބަރެއް އިސްލާހުކުރަން އަންގައިފި

ކޮވިޑް-19 ބައްޔާ ގުޅޭ ގޮތުން ވީމީޑިއާގައި ޝާއިއު ކުރި ޚަބަރެއްގެ ސުރުޚީ އިސްލާހު ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަންގައިފި އެވެ.

08 މާޗް

March 08, 2020 28
ކޮވިޑް-19: ދޮގު ޚަބަރު ފަތުރާ ނަމަ ފިޔަވަޅު އަޅަނީ

ކޮވިޑް-19 އާ ބެހޭ ގޮތުން ދޮގު ޚަބަރު ފަތުރާ ނޫސްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ފާސްކޮށްފި އެވެ.