10 އެޕްރީލް

April 10, 2017 11
ބްރޯޑޮކޮމް އިން މީޑިއާތަކާ މެދު ތަފާތުކުރޭ: ޓީއެމް

ބްރޯޑްކާސްޓިން ކޮމިޝަނުން މިނިވަން މީޑިއާގެ މާހައުލެއް ގާއިމުކުރުމުގެ ބަދަލުގައި، ވަކިވަކި މީޑިއާގެ މަސައްކަތަށް ހުރަސްއަޅާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން އެކަން ކުށްވެރިކޮށްފި އެވެ.

09 އެޕްރީލް

April 09, 2017 60
އެއް މިލިއަންގެ ޖޫރިމަނާއާ އެކު ކޮމިޝަން ސިޔާސީ ވެފައި

ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ގޮތަށް ރާއްޖެ ޓީވީން ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، އެ ޓީވީ ސްޓޭޝަން އެއް މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ ދިވެހި ތާރީޚުގައި ވެސް މީޑިއާއަކަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އަދަބެވެ. އެހެން މައްސަލައަކާ ގުޅިގެން އައި 250،000ރ. ގެ ޖޫރިމަނާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް...

08 އެޕްރީލް

April 08, 2017 16
ޕްރެޒެންޓަރަށް ކިޔުނީ ފިރިމީހާގެ މަރުގެ ކުއްލި ޚަބަރު

އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ އައިބީސީ-24 އިން މިއަދު ހެނދުނު މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއްގެ ކުއްލި ޚަބަރެއް ގެނެސްދިނެވެ. ޓީވީން ޚަބަރު ހުށަހަޅައިދޭން އިން އަންހެން ޕްރެޒެންޓަރު، އެކްސިޑެންޓް ހިނގި ތަނުގައި ހުރި ނޫސްވެރިޔާއަށް ފޯނުން ގުޅައި ތަފްސީލްތައް ވަގުތުން ގެނެސްދިންއިރު އެނގުނީ މަރުވި މީހުންގެ ތެރޭގައި...

07 އެޕްރީލް

April 07, 2017 19
ނިޒާރުގެ މުސާރައިން 50،000ރ. ރާއްޖެ ޓީވީ އަށް

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރަށް ލިބިވަޑައިގަންނަވާ އާމްދަނީގެ ތެރެއިން އެއް މަހުގެ މުސާރައިން 50،000ރ. ރާއްޖެ ޓީވީގެ "އަބުރު ފަންޑް" އަށް ހަދިޔާ ކުރުމަށް ނިންމަވައިފި އެވެ.

06 އެޕްރީލް

April 06, 2017 10
ބްރޯޑްކޮމްގެ މެމްބަރުން އިސްތިއުފާ ދޭންޖެހޭ: އެމްޑީޕީ

ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ އުސޫލުތަކާ ހިލާފަށް، ސިޔާސީ މަގްސަދެއް ހާސިލް ކުރަން ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ. އެހެންވެ އެ ކޮމިޝަންގެ މެމްބަރުން އިސްތިއުފާ ދެއްވުމަށް ވެސް އެންމެ...

April 06, 2017 8
ސަލަފުން ބޭއްވި ނޫސްވެރިކަމުގެ ކޯސް ނިމިއްޖެ

ޖަމިއްޔަތުލް ސަލަފުން ބާއްވި ނޫސްވެރިކަމުގެ އަސާސީ ހުނަރުގެ ދެ ވަނަ ކޯސް ނިންމި ބައިވެރިންނަށް ރޭ ހަނދާނީ ލިޔުން ހަވާލުކޮށްފި އެވެ.

April 06, 2017 74
ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖެ ޓީވީ އަށް ކުރިން އައި 250،000ރ. ޖޫރިމަނާ މިއަދު ދައްކާފައި ވަނިކޮށް، އެހެން މައްސަލައެއްގައި އެއް މިލިއަން ރުފިޔާ އިން އެތަން ޖޫރިމަނާ ކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން...

29 މާޗް

March 29, 2017 26
ޕްރޮޕެގެންޑާ މެޝިނަކަށް ޓީވީއެމް ބަދަލުވެއްޖެ: އެމްޑީޕީ

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނަކަށް ޓީވީއެމް ބަދަލުވެފައިވާތީ ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

28 މާޗް

March 28, 2017 9
ވިސާމަށް ކުރި ދެވަނަ ދައުވާ ސާބިތެއް ނުވި

ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމަށް ކުރި ދެވަނަ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

27 މާޗް

March 27, 2017 16
"މިހާރު"ގެ ނޫސްވެރިން ކްރިމިނަލް ކޯޓަށް ވަނުން މަނާ!

ކްރިމިނަލް ކޯޓުގެ އެއްވެސް ޝަރީއަތަކަށް "މިހާރު" ގެ ނޫސްވެރިން ނުވައްދަން އެ ކޯޓުން ނިންމައިފި އެވެ.

25 މާޗް

March 25, 2017 83
އަޒްމޫނުގެ ސުވާލާ ގުޅިގެން ނިހާންގެ އިންޒާރެއް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކަންތައްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ މަދު މެމްބަރެއް ފިޔަވައި އެހެން ހުރިހާ މެމްބަރުންނަށް ރަށްތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތު ކުރާ ކަމަށް ބުނެ، ރާއްޖެ ޓީވީގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން އޭނާގެ މައްޗަށް އަބުރުގެ ދައުވާ ކުރާނެ ކަމުގެ އިންޒާރު މިއަދު ދީފި އެވެ.

21 މާޗް

March 21, 2017 21
ހިޔާލުފާޅުކުރުމަށް ހުރަސް ނާޅަން އެމްނެސްޓީން ގޮވާލައިފި

ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި ހައްޔަރުކޮށްފައި ހުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމް ވަގުތުން މިނިވަންކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ދިވެހި ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

March 21, 2017 18
އެމްބީސީއަށް ބާރު ދިނީ ބިރު ދައްކާކަށް ނޫން: އަމީތު

މީޑިއާތައް ޒިންމާދާރުކުރުމުގެ މަސްއޫލިއްޔަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާ ހަވާލުކުރީ ބިރު ދައްކަން ނޫން ކަމަށް ޕީޕީއެމްގެ މަޑުއްވަރީ ދާއިރާގެ މެމްބަރު...

March 21, 2017 39
ޓެރަރިޒަމަށް ހިތްވަރު އެބަދޭ، ފިޔަވަޅު އަޅާނަން

ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ފޮނުވަމުންދާ ކަމަށް ބުނެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މިއަދު ދީފި އެވެ.

20 މާޗް

March 20, 2017 9
"ނޫސްވެރިންނަށް ބިރުދެއްކުމަކީ ދަށު ދަރަޖައިގެ ކަމެއް"

ނޫސްވެރިންނަށް ބިރުދައްކައި އިންޒާރު ދިނުމަކީ ދުނިޔޭގެ ސަފުން ބޭރުވެފައިވާ ހުދުމުހުތާރު ދަށުދަރަޖައިގެ ގައުމުތަކުގެ ސިފައެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ބަޔާން އެމްޑީޕީން މިއަދު ކުށްވެރިކޮށްފި އެވެ.

19 މާޗް

March 19, 2017 51
ފިތުނަ އުފައްދަން ނޫސްވެރިންތަކެއް އެބަ އުޅޭ: ކޯޓު

ފިތުނަ އުފެދޭ ގޮތަށް ބައެއް ނޫސްވެރިން މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ އަމަލު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.

15 މާޗް

March 15, 2017 1
ޒަރީރަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރު ފުލުހުންނަށް ހުރަސް އެޅިކަން ސާބިތުވާ ކަމަށް ނިންމައި، އޭނާ ޖޫރިމަނާ ކުރަން ކުރި ހުކުމް ޒަރީރުގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ.

10 މާޗް

March 10, 2017 47
ރާއްޖެ ޓީވީން "އަބުރު ފަންޑު" ހުޅުވައިފި

ރާއްޖެ ޓީވީ އާއި އެތަނުގެ ނޫސްވެރިން ޖޫރިމަނާ ކުރަމުންދާތީީ "އަބުރު ފަންޑު"ގެ ނަމުގައި އެ ސްޓޭޝަނުން މިއަދު ފަންޑެއް ހުޅުވައިފި އެވެ.

09 މާޗް

March 09, 2017 1
ނޫސްވެރިޔާ ވިސާމަށް ހުކުމް ކުރުން ފަސްކޮށްފި

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ކުރާ ދެވަނަ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން މިއަދު ފަސްކޮށްފި އެވެ.

07 މާޗް

March 07, 2017 18
ރާއްޖެ ޓީވީ އާއި ނޫސްވެރިއަކަށް ބޮޑު ޖޫރިމަނާއެއް

ރޭޕްގެ މައްސަލައަކާ ގުޅޭ ޚަބަރެއް ލިޔެގެން، މީހެއްގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ އާއި އެ ސްޓޭޝަނުގެ ނޫސްވެރިއަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

06 މާޗް

March 06, 2017 5
ރާއްޖެ ޓީވީގެ ފައިރޫޒާއި އަޒްމޫން ފުލުހަށް ހާޒިރުކުރަނީ

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ އަހުމަދު ފައިރޫޒާއި އަޒްމޫން އަހުމަދު ފުލުސް އޮފީހަށް މާދަމާ ހާޒިރުވާން އަންގައިފި އެވެ.

05 މާޗް

March 05, 2017 1
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް ބުރާސްފަތިދުވަހު

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް މައްޗަށް ކުރާ ދެވަނަ ދައުވާގެ ހުކުމް އިއްވުން އަންނަ ބުރާސްފަތިދުވަހަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

03 މާޗް

March 03, 2017 51
ނިލަންދޫގައި ނޫސްވެރިންނަށް ބިރެއް ނުދައްކާ: ޚަލީލް

ފ. ނިލަންދޫ އަށް ދިޔަ މޯލްޑިވްސް އިންޑިޕެންޑެންޓްގެ ދެ ނޫސްވެރިއަކަށް އެރަށު ބަޔަކު ބިރު ދައްކާފައިވާ ކަމަށް ބުނާ ވާހަކަތައް އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ދޮގު ކުރައްވައިފި އެވެ.

02 މާޗް

March 02, 2017 19
ނޫސްވެރިންނަށް ބިރު ދެއްކުމުން ކަންބޮޑުވުން ފާޅުކޮށްފި

ސައޫދީ އަރަބިއްޔާގެ އިސް ފަރާތްތަކަކާ ހަވާލުކޮށްގެން ފ. އަތޮޅުގައި ހިންގަން ސަރުކާރުން ރާވާފައިވާ މަޝްރޫއާ މެދު ރައްޔިތުން ދެކޭ ގޮތުގެ ހިޔާލު ހޯދަން އެ އަތޮޅު ނިލަންދު އަށް ދިޔަ ދެ ނޫސްވެރިއަކަށް ރޭ އެ ރަށު ބަޔަކު ބިރު ދެއްކުމުން، އެކަން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި އެވެ.

March 02, 2017 82
ފ. އަތޮޅަށް ދިޔަ ދެ ނޫސްވެރިއަކަށް ބިރުދައްކައިފި

ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކަކާ ހަވާލުކޮށްގެން ފ. އަތޮޅުގައި ހިންގަން ސަރުކާރުން ރާވާފައިވާ މަޝްރޫއުއާ މެދު ރައްޔިތުން ދެކޭގޮތުގެ ހިޔާލު ހޯދަން އެ އަތޮޅަށް ދިޔަ ދެ...

March 02, 2017 11
ހަރުގެ ފާސްކުރާ ފޮޓޯ ނެގި ޓޫރިސްޓަކު ހައްޔަރުކޮށްފި

މި މަހުގެ ތިން ވަނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވާ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަތުރަށް ހުރަސްއަޅަން ރާވާ ކަމުގެ ތުހުމަތުގައި އެމްޑީޕީ...