18 މާޗް

March 18, 2018 45
ފަނޑިޔާރުންގެ ގާނޫނުގެ ސައްހަކާ މެދު ކޯޓުގައި ބަހުސެއް

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ އޮޓަމެޓިކުން ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހަށް ވޯޓަށް އެހުމުގައި 43 މެމްބަރުން ހާމަވާން ޖެހޭނެ ކަމާ މެދު ސުޕްރީމް ކޯޓުގައި ދެ ފަރާތުން މިއަދު ބަހުސް ކޮށްފި އެވެ.

14 މާޗް

March 14, 2018 9
ފަނޑިޔާރުންނަށް އޮތް އެންމެ ބޮޑު ހިމާޔަތް ބޭކާރު!

ގާނޫނު އަސާސީ އައިއިރު އެންމެ ބޮޑު ރައްކާތެރިކަމެއް ދީފައިވާ އެއް ބަޔަކީ ފަނޑިޔާރުންނެވެ. އެގޮތުން ފަނޑިިޔާރަކު ނިންމާ ނިންމުމަކާ ގުޅިގެން ގާނޫނުއަސާސީގެ އިމުގެ ބޭރުން ފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވުމާއި ފަނޑިިޔާރަކު ވަކިކުރާ ނަމަ، މަޖިލީހުގެ ދައުރެއް އޮންނަން ޖެހޭ ގޮތަށް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ. އޭގެ ބޭނުމަކީ...

12 މާޗް

March 12, 2018 11
ފަނޑިޔާރުން ވަކިކުރެވޭ ބިލް ކޮމިޓީން ފާސްކޮށްފި

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

07 މާޗް

March 07, 2018 39
ކުށްވެރިވެއްޖެ ނަމަ އޮޓޯ އިން ފަނޑިޔާރުން ވަކިކުރަނީ

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފް މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

22 ފެބުރުއަރީ

February 22, 2018 4
ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ އިތުރުކޮށްފި އެވެ.

30 ޖެނުއަރީ

January 30, 2018 1
ތިން ކޯޓެއްގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2017 2
ފަނޑިޔާރު ކަމަށް ކުރިމަތިލި މީހުންނާ އިންޓަވިއު ކުރަނީ

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ބޭފުޅުންނާ އިންޓަވިއު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ފަށައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2017 5
ކޯޓުތަކުގެ ފަނޑިޔާރުކަމަށް 31 ބޭފުޅަކު ކުރިމަތިލެއްވި

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް 31 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

28 އޯގަސްޓް

August 28, 2017 4
ކްރިމިނަލް ކޯޓަށް އަނެއްކާ އިތުރު ދެ ފަނޑިޔާރު ހޯދަނީ

ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން ހޯދަން މީގެ ކުރިން އިއުލާން ކޮށްފައި ވަނިކޮށް، އަނެއްކާވެސް އިތުރު ދެ ފަނޑިޔާރަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާން ކޮށްފި އެވެ.

17 އޯގަސްޓް

August 17, 2017 4
ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަނީ

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

20 ޖުލައި

July 20, 2017 12
ހައި ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކޮށްފި

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ހަމަކުރަންޖެހޭ ފަނޑިޔާރުންގެ ހަތަރު މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

18 ޖޫން

June 18, 2017 2
ހައި ކޯޓުގެ ބެންޗު އިތުރުކުރާ ބިލް ތަސްދީގުކޮށްފި

ހައި ކޯޓު ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

June 18, 2017 15
ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަދިވެސް މަދު

ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ހައި ކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި އުފައްދަން ޖެހޭ ގޮތަށް ހަމަޖެއްސީ ފަސޭހައިން އަދި އަވަސް ކަމާ އެކު...

14 ޖޫން

June 14, 2017 1
ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރަން ފާސްކޮށްފި

ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަން، ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

12 ޖޫން

June 12, 2017 9
ޖުޑިޝަލް ކޮމެޓީތައް އަލުން އުފެއްދުމުގެ އިޝާރާތެއް

ރަށްރަށުގައި ހުރި ޝަރުއީ މައްސަލަތައް އަވަހަށް ނިންމުމަށް ޖުޑިޝަލް ކޮމެޓީތައް އަލުން އުފައްދަން ޖެހޭ ކަމުގެ އިޝާރާތެއް ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ދެއްވައިފި އެވެ.

11 ޖޫން

June 11, 2017 13
ހައި ކޯޓު ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރަނީ

ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަން، ކޯޓުތަކާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

04 މެއި

May 04, 2017 2
ހައި ކޯޓަށް ކުރިމަތިލާން އަނެއްކާވެސް ހުޅުވާލައިފި

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިނުލުމުން، މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

18 އެޕްރީލް

April 18, 2017 3
ހައި ކޯޓަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ހައި ކޯޓުގެެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިތުރުކޮށްފި އެވެ.

12 މާޗް

March 12, 2017 4
ޖޭއެސްސީ އަށް ގިނައިން ހުށަހެޅީ އިންޓެގްރިޓީގެ މައްސަލަ

ފަނޑިޔާރުންނާ ގުޅޭ ގޮތުން އެންމެ ގިނައިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި، ބަލަމުންދަނީ އިންޓަގްރިޓީއާ ޚިލާފްވުމުގެ މައްސަލަތައް ކަމަށް އެ ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

23 ފެބުރުއަރީ

February 23, 2017 13
ގާޒީ މަރިޔަމްގެ މައްސަލާގައި އަޅާނެ ފިޔަވަޅެއް ނެތް!

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ޝަރީއަތް ކުރުމުގެ ހައިސިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޅަން ޖެހޭ ފިޔަވަޅެއް ނެތް ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

20 ނޮވެމްބަރ

November 20, 2016 6
ކޯރަމް ހަމަނުވާތީ ހައި ކޯޓަށް ފަނޑިޔާރުން ނުނެގިފައި

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުން ލަސްވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޖަލްސާގެ ކޯރަމް ހަމަނުވާތީ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.