18 މާޗް

March 18, 2020
ބަންދު ދުވަސްތަކުގައި އީމެއިލްއިން ކޯޓުގެ ޚިދުމަތް ދެނީ

ކޮރޯނާ ވައިރަސްއާ ގުޅިގެން، ރައްކާތެރިިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއް ހަފުތާއަށް ސަރުކާރު ބަންދު ކުރުމާ ގުޅިގެން ކޯޓުތަކުގެ ޚިދުމަތްތައް އީމެއިލް އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ހޯދޭ ގޮތަށް ހަމަޖައްސައިފި އެވެ.

14 މާޗް

March 14, 2020 4
ކޮވިޑް-19: ކޯޓުތަކުން ޚާއްސަ ފިޔަވަޅުތަކެއް އަޅަނީ

ކޮވިޑް-19 ފެތުރޭތީ، ނުރަސްމީ ގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ނޫނީ ނުކުރުމަށާއި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އަޅަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުރިހާ ކޯޓުތަކަށް އަންގައިފި އެވެ.

17 ފެބުރުއަރީ

February 17, 2020 13
ފައިސަލް ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް

ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަރުޖަމާނަކަށް ހުންނެވި ފައިސަލް އާދަމް މިއަދު އައްޔަންކުރައްވައިފި އެވެ.

29 ޖެނުއަރީ

January 29, 2020 13
ރެކޯޑު ހަދަން އަވަހަށް މައްސަލަ ބަލާ ކަމުގެ ޝަކުވާ

ހިނގަމުންދާ މައްސަލަތައް އަވަސްކުރުމުގެ ނަމުގައި ނުވަތަ އެންމެ ގިނަ މައްސަލަތައް ނިންމުމުގެ ޝަރަފު ހޯދުމަށް، އަދުލު އިންސާފާ މެދު ސުވާލު އުފެދޭ ގޮތަށް ސިވިލް ކޯޓުގެ ބައެއް ފަނޑިޔާރުން މައްސަލަ ބަލާ ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ޖުޑީޝަލް ސާވިލް ކޮމިޝަން (ޖޭއެސްސީ)ން ބުނެފި އެވެ.

26 ޖެނުއަރީ

January 26, 2020 5
އެޑްމިނިސްޓްރޭޓަރުން އައްޔަންކުރާ އުސޫލު އެކުލަވާލައިފި

ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމުގެ އުސޫލު އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.

23 ޖެނުއަރީ

January 23, 2020 11
ކުޑަކުދިންނާ ބެހޭ މައްސަލަތައް ހަމަސް ތެރޭގައި ނިންމަނީ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކޯޓަށް ހުށަހަޅާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ނިންމަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކަށް އަންގައިފި އެވެ.

15 ޖެނުއަރީ

January 15, 2020 1
ކޯޓުތަކަށް 31،000 މައްސަލަ، 21،000 ނިިންމި

މިދިޔަ އަހަރު ކޯޓުތަކުން 31،000 އަށް ވުރެ ގިނަ މައްސަލަ ބަލައި، 21،000 އަށް ވުރެ ގިނަ މައްސަލަ ނިންމާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

13 ޖެނުއަރީ

January 13, 2020 5
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލައިފި

ފަނޑިޔާރުންނާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަޅާ ފިޔަވަޅުތައް އިސްތިއުނާފް ކުރާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވައިލައިފި އެވެ.

09 ޖެނުއަރީ

January 09, 2020 1
ކޯޓަށް ދައްކާ ފައިސާ ހުރިހާ ކޯޓަކުން ބަލައިގަންނަނީ

ޝަރުއީ ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ ރާއްޖޭގެ ކޮންމެ ކޯޓަކަށް ވެސް ބަލައިގަންނަ ގޮތަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަމަޖައްސައިފި އެވެ.

16 ޑިސެމްބަރ

December 16, 2019 3
ކޮމިޝަނަރަށް ގަވާއިދުން ރިޕޯޓްތައް ފޮނުވަން:ޑީޖޭއޭ

މައުލޫމާތު ހޯދައި، ލިބިގަތުމުގެ ގާނޫނުގެ ދަށުން ޝަރުއީ ދާއިރާއިން ހުށަހަޅަންޖެހޭ ރިޕޯޓްތައް ގަވާއިދުން ހުށަހަޅާފައިވާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

12 ޑިސެމްބަރ

December 12, 2019 2
ސުޕްރީމް ކޯޓު ރަޖިސްޓްރާކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

05 ޑިސެމްބަރ

December 05, 2019
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު ހޯދަން އިއުލާނުކޮށްފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

30 ނޮވެމްބަރ

November 30, 2019 33
ފަނޑިޔާރުންނަށް އިންޒާރެއް ނުދެން: އަބްދުއްރަހީމް

ފަނޑިޔާރުންނަށް އިންޒާރުދީ އެ ބޭފުޅުންނަށް ބޭއަދަބީ ބަހަކުން މުހާތަބުކޮށްފައި ނުވާނެ ކަމަށް ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

26 ނޮވެމްބަރ

November 26, 2019 13
"އިދާރާތައް އުފެއްދުމުގެ ބާރު ސުޕްރީމް ކޯޓަކަށް ނެތް"

ސުޕްރީމް ކޯޓުގެ ނިންމުމަކުން ޖުޑީޝަލް އެކަޑަމީއެއް އުފައްދާފައި ވިޔަސް، އިދާރާތައް އުފައްދައި ނުވަތަ އުވާލުމުގެ ބާރެއް ސުޕްރީމް ކޯޓަށް ނެތް ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ބުނެފި އެވެ.

13 ނޮވެމްބަރ

November 13, 2019 12
ޑީޖޭއޭއަށް އަދި 70 މިލިއަން ރުފިޔާ ބޭނުންވޭ: ނަޒީރު

އަންނަ އަހަރަށް ލަފާުރާ ބަޖެޓުގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަން އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ކަނޑައަޅާފައިވާ 500 މިލިއަން ރުފިޔާގެ އިތުރަށް 71.68 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވެއްޖެ އެވެ.

12 ނޮވެމްބަރ

November 12, 2019 53
ސުޕްރީމް ކޯޓުގެ ޑިރެކްޓަރު އާތިކާ ސަސްޕެންޑްކޮށްފި

ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާތިކާ އިބްރާހިމްގެ މައްސަލަތަކެއް ތަހުގީގުކުރަމުން ދާތީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އޭނާ މިއަދު ސަސްޕެންޑްކޮށްފި އެވެ.

06 ނޮވެމްބަރ

November 06, 2019 12
މުވައްޒަފުން ލަނީ ފަނޑިޔާރުންނަށް ފަސޭހައަކަށް: ޑީޖޭއޭ

ކޯޓުތަކުގެ އިދާރީ ކަންކަން ރާވާ ހިންގުމަށް އިސް މުވައްޒަފުން ހަމަޖައްސަނީ، ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ ހައިސިއްޔަތު ކުޑަކުރަން ނޫން ކަމަށާއި އިދާރީ މަސައްކަތްތަކުގައި ފަސޭހައަކަށް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ން ބުނެފި އެވެ.

04 ނޮވެމްބަރ

November 04, 2019 67
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ޕެރަލައިޒް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

02 ނޮވެމްބަރ

November 02, 2019 30
ބައްދަލުވުން ބޭއްވީ ބައެއް ފަނޑޔާރުންނަށް ނާންގާ!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް ރޭ ބޭއްވީ އެ ކައުންސިލްގައި ހިމެނިވަޑައިގަނަންވާ ބައެއް ފަނޑިޔާރުންނަށް ދައުވަތު ނުދީ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

01 ނޮވެމްބަރ

November 01, 2019 11
ޖުޑިޝަރީ ކޮމިޓީން ޖޭއެސްސީ އާއި ޑީޖޭއޭގެ ބަސް ހޯދަނީ

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އިސްކޮށް ހުންނަވައި ގާނޫނުތަކަށް އަމަލު ނުކުރެއްވުމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ގާނޫނީ ދައުރަށް ހުރަސްތަކެއް ކުރިމަތި ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ބުނެ، ޖޭއެސްސީ އާއި ޑީޖޭއޭގެ ބަހެއް ހޯދަން...