21 ސެޕްޓެމްބަރ

September 21, 2020 1
ޗެލްސީ އަތުން ލިބުނު މޮޅުން ކްލޮޕަށް ހާއްސަ އުފަލެއް

ލަންޑަން (ސެޕްޓެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ޗެލްސީ އަތުން 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މޮޅުވިއިރު، މެޗުގައި ފެނިގެންދިޔަ ކަންތައްތަކުގެ ސަބަބުން އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕަށް ހާއްސަ އުފަލެއް ލިބިއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2020 5
ޝަކުވާ ނުކުރާނަން، ލިވަޕޫލް ބަލިކުރެވޭނެ: ލަމްޕާޑް

ލަންޑަން (ސެޕްޓެމްބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ޗެލްސީ އޮތީ އެންމެ ބޭނުންވާ ހާލަތުގައި ނޫން ނަމަވެސް އެ ކަމާ ބެހޭ ޝަކުވާ ނުކުރާނެ ކަމަށާއި ލިވަޕޫލް ބަލިކުރެވޭނެ ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

10 ސެޕްޓެމްބަރ

September 10, 2020 5
ޗެލްސީން ހަރަދުކުރާ ގޮތަށް ނުކުރެވޭނެ: ކްލޮޕް

ލިވަޕޫލް (ސެޕްޓެމްބަރު 10) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ގެންނަން ޗެލްސީން ހަރަދުކުރާ ގޮތަށް ލިވަޕޫލުން ކަންތައް ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

16 އޯގަސްޓް

August 16, 2020
ޕްރިމިއާ ލީގުގެ މޮޅު ކޯޗުގެ އެވޯޑް ކްލޮޕަށް

ލިވަޕޫލް (އޮގަސްޓް 16) – ލިވަޕޫލަށް 30 އަހަރު ފަހުން އިނގިރޭސި ޗެމްޕިއަންކަން ހޯދައިދިން ޖަރުމަނުގެ ޔާގެން ކްލޮޕަށް މި ސީޒަނުގެ ޕްެރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބިއްޖެ އެވެ.

22 ޖުލައި

July 22, 2020 2
ޗެލްސީން ކުރާ ހަރަދަށް ލިވަޕޫލް ނުބަލާނެ: ކްލޮޕް

ލިވަޕޫލް (ޖުލައި 22) - އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރަން ޗެލްސީން ބޮޑެތި ހަރަދުތަކެއް ކުރި ނަމަވެސް އެކަމަށް ލިވަޕޫލުން މާ ބޮޑަށް ނުބަލާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

14 ޖުލައި

July 14, 2020 1
ކްލޮޕް 2024ގައި ޖަރުމަނު ގައުމީ ޓީމާ ހަވާލުވަނީ؟!

މިއުނިކް (ޖުލައި 14) - ލިވަޕޫލާ އެކު ހަދާފައިވާ ކޮންޓްރެކްޓް ފުރިހަމަކުރުމަށް ފަހު ޔާގެން ކްލޮޕް ދެން ހަވާލުވާނީ ޖަރުމަނު ގައުމީ ޓީމާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

11 ޖުލައި

July 11, 2020
އަނިޔާގައި ހުއްޓަސް ތަށި އުފުލާލާނީ ހެންޑަސަން

ލިވަޕޫލް (ޖުލައި 11) - އެންމެ ފަހުން ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ސީޒަނުގައި ދެން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ނުކުޅެވުނު ކަމުގައި ވިޔަސް ލީގު ތަށި އުފުލާލުމުގެ ޝަރަފް ދޭނީ އޭނާ އަށް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

30 ޖޫން

June 30, 2020 2
ވަގުތު ޖެހުމުން އުފާފާޅުކުރަން މަޑުކުރޭ: ކްލޮޕް

ލިވަޕޫލް (ޖޫން 30) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 30 އަހަރަށް ފަހު ލިވަޕޫލުން ހޯދުމާ އެކު އެ ޓީމުގެ ސަޕޯޓަރުން ގިނަ އަދަދަކަށް އެކި ތަންތަނަށް އެއްވެ، ގަވާއިދާ ހިލާފަށް އުފާފާޅުކުރުންތައް ބައްވަމުންދާތީ މި ވަގުތު އެކަން އެގޮތަށް ނުކުރަން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެދިއްޖެ އެވެ.

27 ޖޫން

June 27, 2020 10
ވިސްނުން ބަދަލުކޮށް ކްލޮޕް ލިވަޕޫލް ގޮވައިގެން އުހަށް

"ކާމިޔާބު ހޯދަން ބޭނުންނަމަ އެކަން ހާސިލްކުރަން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެކަން ވާނެކަމަށް ގަބޫލުކޮށް އެގޮތަށް ވިސްނުން ބަދަލުކުރުން،"

21 ޖޫން

June 21, 2020 6
ލީގު ކެންސަލްކުރާ ވާހަކަތަކުން ކްލޮޕަށް އަސަރުކުރި

ލިވަޕޫލް (ޖޫން 21) - ކޮވިޑް-19 ފެތުރޭތީ އިނގިރޭސި ޕްރިމިއާ ލީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަލައި ލީގު ކެންސަލްކުރަން އުޅޭ ވާހަކަތައް މީޑިއާގައި ދައްކަމުން ދިޔަ ދުވަސްވަރު އޭނާ އަށް ގޯސް އަސަރުތަކެއް ކުރި ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

08 ޖޫން

June 08, 2020 1
"އަގުބޮޑުކޮށް ކުޅުންތެރިން ގަނެވޭނެ ހާލަތެއް ނެތް"

ލިވަޕޫލް (ޖޫން 8) - ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ލިވަޕޫލަށް އަގުބޮޑުކޮށް ކުޅުންތެރިން ގަނެވޭނެ ހާލަތެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

03 ޖޫން

June 03, 2020 2
ކްލޮޕަށް މުހިއްމީ ފުޓްބޯޅަ، ކުޅޭ ދަނޑެއް ނޫން

ލަންޑަން (ޖޫން 3) - ކޮވިޑް-19 ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލުމަަށް ފަހު މި މަހު އަލުން ފަށާއިރު ލިވަޕޫލްގެ ބައެއް މެޗުތައް ނިއުޓްރަލް ދަނޑެއްގައި ކުޅުމުގެ ވާހަަކަތަކެއް ދެކެވުނު ނަމަވެސް އެއީ މުހިއްމު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އޭނާ ބޭނުންވަނީ ފުޓްބޯޅަ އެނބުރި އަންނަން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް...

21 މެއި

May 21, 2020
ކުޅުންތެރިންނަށް ގެއްލުމެއް ވިޔަ ނުދޭނަން: ކްލޮޕް

ލިވަޕޫލް (މެއި 21) - ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އަލުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ފަށަން މަސައްކަތްކުރަމުން އަންނައިރު، ގަސްދުގައި އެނގިހުރެ ކުޅުންތެރިން ނުރައްކަލުގެ ތެރެއަށް ދޫކޮށްނުލާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

07 މެއި

May 07, 2020
ކްލޮޕް ލިވަޕޫލާ ގުޅުނީ މެކްސިކޯ އަށް ނޫނެކޭ ބުނެފައި

މެކްސިކޯ ސިޓީ (މެއި 7) - ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާން 2015 ވަނަ އަހަރު ޔާގެން ކްލޮޕް ނިންމީ މެކްސިކޯ ގައުމީ ޓީމާ ހަވާލުވާން ލިބުނު ފުރުސަތެއް ދޫކޮށްލުމަށް ފަހު ކަމަށް މެކްސިކޯ ފުޓްބޯޅަ ފެޑެރޭޝަނުގެ ކުރީގެ ޑިރެކްޓާ އޮފް ނެޝަނަލް ޓީމް ހުއިލެރްމޯ ކާންޓޫ ބުނެފި އެވެ.

22 ފެބުރުއަރީ

February 22, 2020
ޔުނައިޓެޑުގެ ކުޑަކުޑަ ސަޕޯޓަރަކަށް ކްލޮޕް ޖަވާބުދީފި

ލިވަޕޫލް (ފެބްރުއަރީ 22) - މެންޗެސްޓާ ޔުނައިޓެޑްގެ އުމުރުން 10 އަހަރުގެ ސަޕޯޓަރެއް ކަމަށްވާ ޑެރާގް ކާލީ ފޮނުވި ސިޓީ އަކަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ޖަވާބުދީފި އެވެ.

18 ފެބުރުއަރީ

February 18, 2020
"ހާލަތު މުހިއްމެއް ނޫން، އެތުލެޓިކޯ އަކީ ބިރެއް"

މެޑްރިޑް (ފެބްރުއަރީ 18) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭގެ މެޗަށް ނުކުންނައިރު އެތުލެޓިކޯ މެޑްރިޑް އޮތް ހާލަތެއް މުހިއްމެއް ނޫން ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅޭއިރު ކޮންމެ ޓީމަށް ވެސް ބިރެއް އޮންނާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

19 ޖެނުއަރީ

January 19, 2020 4
"އެންމެ މޮޅީ ލިވަޕޫލް ކަމަށް އެއްބަހެއް ނުވެވޭނެ"

ލިވަޕޫލް (ޖެނުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ މޮޅީ މިހާރު އޮތް ލިވަޕޫލް ޓީމު ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް މި ވަގުތަށް އެއްބަސްވެވެން ނެތް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

10 ޖެނުއަރީ

January 10, 2020 4
ލިވަޕޫލަކީ މި ވަގުތު ދުނިޔޭގެ އެއް ވަނަ: މޮރީނިއޯ

ލަންޑަން (ޖެނުއަރީ 10) - ފެންނަން އޮތް ހަގީގަތަށް ބަލާއިރު ލިވަޕޫލަކީ މި ވަގުތު ދުނިޔޭގެ އެއް ވަނަ ޓީމު ކަމަށާއި އެ ޓީމަށް އެ ހިސާބަށް ދެވުނީ ކެތްތެރިކަމާ އެކު ރަނގަޅު ވިސްނުމުގައި ކުރި މަސައްކަތުން ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްއާ ދާދި ފަހުން ހަވާލުވި ހޯސޭ މޮރީނިއޯ ބުނެފި އެވެ.

21 ޑިސެމްބަރ

December 21, 2019 4
ޔޫރަޕުން ކްލަބް ވޯލްޑް ކަޕާ މެދު ނުވިސްނާ: ކްލޮޕް

ދޯހާ (ޑިސެމްބަރު 21) - ފީފާ އިން އަހަރު ފަހުކޮޅުގައި އެކި ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ބާއްވަމުން އަންނަ ކްލަބް ވޯލްޑް ކަޕާ މެދު ޔޫރަޕުން މާ ބޮޑަށް ނުވިސްނާކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

14 ޑިސެމްބަރ

December 14, 2019
ކްލޮޕް، ލިވަޕޫލްގެ އެއްބަސްވުން އާކޮށްފި

ލިވަޕޫލް (ޑިސެމްބަރު 14) - ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ.