22 ޑިސެމްބަރ

December 22, 2017
ބަދަލު ހިފުމުގެ ރޫހެއް ނެތް: ވެންގާ

ލަންޑަން (ޑިސެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގަައި ވާދަވެރި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ސީޒަނު ކުރީކޮޅުގައި އެ ޓީމު އަތުންވި ބަލީގެ ބަދަލު ހިފުމުގެ ރޫހެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

21 ނޮވެމްބަރ

November 21, 2017
ފަހުންވާނެ ގޮތެއްގެ އިންތިޒާރުގައި ނުހުރެވޭނެ: ކްލޮޕް

ސެވިލް، ސްޕެއިން (ނޮވެމްބަރު 21) - ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅޭއިރު ފަހުންވާނެ ގޮތަކަށް ބަލައިގެން އެއްވެސް މެޗަކަށް ނުކުތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އަބަދުވެސް ވިސްނަންވާނީ މޮޅުވާން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

28 އޮކްޓޯބަރ

October 28, 2017 1
ދެ އެކުވެރިން ވާދަވެރި މެޗަކަށް

ލިވަޕޫލް (އޮކްޓޯބަރު 28) - ޖަރުމަނުގެ ދެ ވަަނަ ޑިވިޝަނުގައި 1991 ވަނަ އަހަރު ވާދަކުރި މެއިންޒްގެ ޗޭންޖިން ރޫމުގެ ތެރެއިން ލިވަޕޫލްގެ މިހާރުގެ ކޯޗު ޔާގަން ކްލޮޕާ ދިމާވީ މިހާރު ހަޑްސްފީލްޑް ޓައުންގެ ކޯޗު ޑޭވިޑް ވެގްނާއާ އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކްލޮޕާއި ވެގްނާ އަކީ ގާތް ރަހުމަތްތެރިންނެވެ. ޒަމާންވީ އެކުވެރިކަމަށް...

17 އޮކްޓޯބަރ

October 17, 2017 1
ޗެމްޕިއަންސް ލީގުގައި އާދައިގެ ޓީމެއް ނުކުޅޭނެ: ކްލޮޕް

ލުބްލިޔާނާ، ސްލޮވީނިއާ (އޮކްޓޯބަރު 17) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅޭ ކޮންމެ ޓީމަކީ ވެސް ނިސްބަތުން ވަރުގަދަ ޓީމުތަކެއް ކަމަށާއި އާދައިގެ ޓީމެއް މި މުބާރާތުގައި ވާދަނުކުރާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

14 އޮކްޓޯބަރ

October 14, 2017 4
ލިވަޕޫލާ ދެކޮޅަށް ކުޅުމަކީ މޮރީނިއޯ އަށް ލިބޭ އުފަލެއް

ލިވަޕޫލް (އޮކްޓޯބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވާދަވެރި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް މެންޗެސްޓާ ޔުނައިޓެޑް ގޮވައިގެން ނުކުންނައިރު މިއީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ހާއްސަ މެޗެއްގެ ގޮތުގައި އޭނާ ސިފަކޮށްފި އެވެ.

02 އޮކްޓޯބަރ

October 02, 2017 4
ނަތީޖާ ނުނެރެވޭތީ ކްލޮޕަށް އިތުރު ބޮލުގެ ރިހުމެއް

ލަންޑަން (އޮކްޓޫބަރު 2) - ލިވަޕޫލް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެވުނުއިރު ގިނަ މެޗުތަކުގައި މޮޅު ކުޅުމެއް ދެއްކީ އެ ޓީމުން ކަމަށާއި ނަތީޖާ ނުނެރެވޭތީ ކަންބޮޑުވާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

19 ސެޕްޓެމްބަރ

September 19, 2017 1
ތަށްޓެއް ހޯދުމަކީ މި ސީޒަނުގެ އަމާޒެއް: ކްލޮޕް

ލިވަޕޫލް (ސެޕްޓެމްބަރު 19) - މި ސީޒަނުގައި ތަށްޓެއް ހޯދުމަކީ ލިވަޕޫލްގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

16 ސެޕްޓެމްބަރ

September 16, 2017
ކުޓީިނިއޯ އަށް ލިވަޕޫލްގައި ހުރަހެއް ނެތް: ކްލޮޕް

ލިވަޕޫލް (ސެޕްޓެމްބަރު 16) - ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އަށް ބަދަލުވާން މަސައްކަތް ކުރި ލިވަޕޫލްގެ ޕްލޭމޭކަރު ފިލިއްޕޭ ކުޓީނިއޯ އަށް އެ ޓީމުގައި އޮތް ރޯލަށް ބަދަލެއް ނާންނަ ކަމަށާއި އޭނާ އަކީ އަދިވެސް ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

13 ސެޕްޓެމްބަރ

September 13, 2017
މިއީ ކުރިއެރުން ވަޒަންކޮށްލަން ލިބޭ ފުރުސަތެއް: ކްލޮޕް

ލިވަޕޫލް (ސެޕްޓެމްބަރު 13) - ފާއިތުވި އަށް ސީޒަނުގެ ތެރޭގައި ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ވާދަކުރާއިރު މިއީ ކުރިއެރުން ވަޒަންކޮށްލަން އެ ޓީމަށް ލިބުނު ލިބޭ ފުރުސަތެއް ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

05 ސެޕްޓެމްބަރ

September 05, 2017 7
ކުޓީނިއޯއާ މަޝްވަރާ ކުރަން ކްލޮޕް ނިންމައިފި

ލިވަޕޫލް (ސެޕްޓެމްބަރު 5) - މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ލިވަޕޫލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވާން މަސައްކަތްކުރި ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯގެ މުސްތަގުބަލާ ގުޅޭގޮތުން އޭނާއާ މަޝްވަރާކުރަން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ނިންމައިފި އެވެ.

23 އޯގަސްޓް

August 23, 2017 3
ލިވަޕޫލަކީ ޗެމްޕިއަންސް ލީގު ފެންވަރު ކްލަބެއް: ކްލޮޕް

ލިވަޕޫލް (އޮގަސްޓް 23) - ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ޕްލޭއޮފް ދެ ވަނަ ލެގުގައި މިރޭ ޖަރުމަނުގެ ހޮފެންހައިމްއާ ދެކޮޅަށް ނުކުންނައިރު ލިވަޕޫލަކީ ޗެމްޕިއަންސް ލީގު ފެންވަރު ކްލަބެއް ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

02 އޯގަސްޓް

August 02, 2017
ބަޔާން ބަލިކުރެވުނަސް ކްލޮޕްގެ ހިތެއް ނުފުރުނު

މިއުނިކް (އޮގަސްޓް 2) - ޕްރީ ސީޒަން މުބާރާތެއް ކަމަށްވާ އޯޑީ ކަޕްގައި ރޭ ބަޔާން މިއުނިކް އަތުން 3-0 އިން ލިވަޕޫލް މޮޅުވި ނަމަވެސް މި މެޗުގައި ފެނުނީ އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް އެންމެ ބޭނުންވާ ކުޅުން ނޫން ކަމަށް އޭނާ ބުނެފި އެވެ.

25 ޖުލައި

July 25, 2017 1
މޮރީނިއޯގެ ފާޑުކިޔުންތަކަށް ކްލޮޕް ދިނީ ފިނި ޖަވާބެއް

ލިވަޕޫލް (ޖުލައި 25) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ލިވަޕޫލަށް ފާޑުކީ ނަމަވެސް އެކަމަށް ސީދާ ރައްދެއް ދޭން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

06 ޖުލައި

July 06, 2017 1
"ލީގު ކާމިޔާބުކުރުމަށް ފަހު ކްލޮޕް ބަޔާނާ ހަވާލުވާނެ"

ލަންޑަން (ޖުލައި 6) – ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް އެ ޓީމަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދޭނެ ކަމަށާއި އެއަށް ފަހު ބަޔާން މިއުނިކުގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް ޖަރުމަނުގެ ތަޖުރިބާކާރު ކޯޗު އޮޓްމާ ހިޒްފެލްޑް ލަފާކޮށްފި އެވެ.

19 އެޕްރީލް

April 19, 2017
ލިވަޕޫލަށް ފަހު ކްލޮޕް ކޯޗިންއާ ދުރަށް ދަނީ

ލިވަޕޫލް (އޭޕްރިލް 19) - ލިވަޕޫލަކީ އޭނާ ކޯޗުކޮށްދޭ ފަހު ކްލަބަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

31 މާޗް

March 31, 2017
ލަލާނާގެ މައްސަލައިގައި ކްލޮޕްގެ ފާޑުކިޔުން އެފްއޭ އަށް

ލިވަޕޫލް (މާޗް 31) - އިނގިރޭސި ގައުމީ ޓީމަށް ކުޅެނިކޮށް ލިވަޕޫލްގެ މިޑްފީލްޑަރު އެޑަމް ލަލާނާ އަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އިނގިރޭސި އެފްއޭ އަށް ފާޑުކިޔައިފި އެވެ.

19 މާޗް

March 19, 2017
ގާޑިއޯލާ އަށް ބޭނުންވަނީ މެސީ ފަދަ ކުޅުންތެރިއެއް

މެންޗެސްޓާ (މާޗް 19) - މެންޗެސްޓާ ސިޓީ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ބޭނުންވަނީ ލިއޮނަލް މެސީ ކަހަލަ ކުޅުންތެރިޔެއް ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނަ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

04 މާޗް

March 04, 2017
"ސީޒަން ސަލާމަތްކުރަން އާސެނަލް ބަލިކުރުން މުހިއްމު"

ލިވަޕޫލް (މާޗް 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވާދަވެރި އާސެނަލާ ދެކޮޅަށް ނުކުންނައިރު ސީޒަން ސަލާމަތްކުރަން ބޭނުންވާނަމަ މޮޅުވުން މުހިއްމު ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

11 ފެބުރުއަރީ

February 11, 2017
ލިވަޕޫލް ސީޒަން ސަލާމަތްކުރަން ޓޮޓެންހަމާ ދެކޮޅަށް

ލިވަޕޫލް (ފެބްރުއަރީ 11) - މި އަހަރު މިހާތަނަށް ފޯމު ގެއްލުމުގެ ސަބަބުން ލީގު ކަޕާއި އެފްއޭ ކަޕުން ކަޓާފައިވާ ލިވަޕޫލް މިރޭ ޓޮޓެންހަމާ ދެކޮޅަށް ނުކުންނައިރު ހުރިހާ ވިސްނުމެއް އޮތީ ތިން ޕޮއިންޓް ހޯދައި ރަނގަޅު ފޯމަކަށް އެޅުމަށް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

05 ފެބުރުއަރީ

February 05, 2017
ލިވަޕޫލް ކުޅުންތެރިން ހޭލަންވެއްޖެ: ކްލޮޕް

ލިވަޕޫލް (ފެބްރުއަރީ 5) - ޓީމުގެ ހާލަތު އިތުރަށް ދަށް ނުވަނީސް ލިވަޕޫލް ކުޅުންތެރިން ހޭލަން ވެއްޖެ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.