13 ޖެނުއަރީ

January 13, 2020 10
ދެ ޓޫރިސްޓަކު މަރުވުމުން ލޯންޗު ކައްޕިއަށް ޖޫރިމަނާއެއް

މީގެ ހަތަރު އަހަރު ކުރިން، ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ޑައިވިން ދޯންޏަކާއި ލޯންޗެއް އެކްސިޑެންޓުވެ ދެ ޓޫރިސްޓަކު މަރުވި މައްސަލާގައި، ލޯންޗުގެ ކެޕްޓަންގެ މައްޗަށް ކުރި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ސާބިތުވެ 116،200ރ. އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

21 ޑިސެމްބަރ

December 21, 2019 7
ބިރު ދެއްކި ކަމަށް ބުނެ ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި، ކޯޓުން މިއަދު އޭނާ ދޫކޮށްލައިފި އެވެ.

25 ޖުލައި

July 25, 2019 2
ބާރުގެ ބޭނުންކުރި އޮފިސަރުންނަށް ފިޔަވަޅު އަޅަން އެދެފި

މާފުށީ ޖަލުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ގައިދީންތަކެއްގެ ގައިގައި ތަޅައި އަނިޔާކުރި އޮފިސަރުންނަށް ފިޔަވަޅު އަޅަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑިސިޕްލިނަރީ ބޯޑުގައި އެދިއްޖެ އެވެ.

23 ޖޫން

June 23, 2019 67
ގައިދީން މާލެ ގެންނަން އޮފިސަރުން ދެކޮޅު ހަދައިފި!

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތިދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޖަލުގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ގޮޅިތަކަށް ވަނުމަށާއި އެކި ބޭނުންތަކުގައި ގައިދީން މާލެ ގެންނަން ދެކޮޅު ހަދައިފި އެވެ.

22 ޖޫން

June 22, 2019 47
ޖަލުގައި އަނިޔާކުރުން ހުއްޓުވަން ބަދަލު ގެންނަނީ

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީންތަކަކާ މެދު ޖަލު އޮފިސަރުން މިދިޔަ ބުރާސްފަތިދުވަހު ހިންގި ލާއިންސާނީ އަނިޔާ ސަރުކާރުން ބަލައިނުގަންނަ ކަމަށާއި އެފަދަ އަމަލުތައް ހުއްޓުވަން ޖަލުގެ އިންތިޒާމްތަކަށް ބަދަލު ގެންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

28 މާޗް

March 28, 2018 1
32 މީހަކު އަދިވެސް ތިބީ ބަންދުގައި: ހިސާން

ސްޓޭޓް އޮފް އިމަޖެންސީ (އެސްއޯއީ) ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި 32 މީހަކު އަދިވެސް ބަންދުގައި އެބަ ތިބިކަން ވަކީލުންގެ ރެކޯޑުތަކުން ދައްކާ ކަމަށް ގާނޫނީ ވަކީލް ހިސާން ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

06 އޯގަސްޓް

August 06, 2017 21
މާފުށިން ހައްޔަރު ކުރި ކުއްޖާ ދޫކޮށްލީ ހެކި ނެތިގެން

މާފުށީގައި ފުލުހެއްގެ ގަޔަށް ވަޅި ހެރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނުނު ކުޑަކުއްޖާގެ ބަންދުގެ މުއްދަތު ޖުވެނައިލް ކޯޓުން އިތުރު ނުކޮށް ރޭ ދޫކޮށްލީ މައްސަލައާ...

August 06, 2017 7
ރައްޒާނަށް ހަމަލަދިން މީހާ ޝަރީއަތް ނިމެންދެން ބަންދު

ފުލުސް ކޮންސްޓަބަލް އަލީ ރައްޒާނަށް ރޭ މެންދަމު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އަޒުހަރު އިބްރާހިމް، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް...

05 އޯގަސްޓް

August 05, 2017 9
ވަޅި ހެރި މައްސަލާގައި ހައްޔަރުކުރި ކުއްޖާ ދޫކޮށްލައިފި

ފުލުސް ކޮންސްޓަބަލް އަލީ ރައްޒާނަށް ރޭ މެންދަމު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރު ކުރި ކުޑަ ކުއްޖާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

09 މާޗް

March 09, 2017 11
ބަނގުރާ ހޯދަން ސަފާރީއަކަށް އަރައި މާރާމާރީ ހިންގައިފި

ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއަކަށް، ބަނގުރާ ގަތުމަށް ކަމަށް ބުނެ ޒުވާނުންތަކެއް އަރައި، ރާ ނުވިއްކުމުން މާރާމާރީ ހިންގައިފި އެވެ.

14 ފެބުރުއަރީ

February 14, 2017 7
ދެ ޓޫރިސްޓަކު މަރުވި އެކްސިޑެންޓާ ގުޅިގެން ދައުވާކޮށްފި

މީގެ އެއް އަހަރު ކުރިން ކ. މާފުށީ ކައިރިން ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި ދެ ފަތުރުވެރިއަކު މަރުވި މައްސަލައިގައި، ލޯންޗް ދުއްވި މީހާގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.