21 ޑިސެމްބަރ

December 21, 2016 1
މާފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި

އިދާރީ މުވައްޒަފުންނަށް ބިރު ދެއްކެވުމާއި މާލިއްޔަތުގެ ގާނޫނާ ހިލާފަށް މަސައްކަތް ކުރައްވާކަމުގެ ތުހުމަތުގައި ކ. މާފުށީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ތިން މަހަށް އިއްޔެ ސަސްޕެންޑްް ކޮށްފި އެވެ. މިއީ އޭނާ ސަސްޕެންޑްކުރި ތިން ވަނަ ފަހަަރެވެ.

08 ނޮވެމްބަރ

November 08, 2016 14
ޝަރީއަތް ނިމެންދެން ޖަލަށް ލި މީހަކު މަރުވެއްޖެ

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތެއް ނިމެންދެން މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ހުރި މީހަކު އައިޖީއެމްޗްގައި ފަރުވާދެމުން ދަނިިކޮށް ރޭ ފަތިހު މަރުވެއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2016 4
ކުޅުދުއްފުށި، މާފުށީ ނަރުދަމާ އަގުން 70ރ ކުޑަކޮށްފި

ކުންފުނީގެ ފައިދާ އިން ވަރަށް ބޮޑު ބައެއް އުނިވިޔަސް، ސަރުކާރުގެ ނިންމުމާ އެއްގޮތަށް ހދ. ކުޅުދުއްފުށްޓާއި ކ. މާފުށީގެ ނަރުދަމާ އިން ނަގާ އަގުން 70 ރުފިޔާ ކުޑަކޮށް، 30ރ. އަށް އަގު ހެޔޮ ކޮށްފި އެވެ.

20 އޯގަސްޓް

August 20, 2016 9
ނަޖީބުގެ ގާތިލް މުއްރަތު އަމިއްލައަށް މަރުވާން އުޅެފި

ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތު މާފުށީ ޖަލުގައި މިރޭ އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތްކޮށްފި އެވެ.

August 20, 2016 9
ދިރާގުން މާފުށީގައި ފައިބާ ނެޓްވޯކެއް އަޅައިފި

ކ. މާފުށީގައި އިންޓަނެޓްގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ދިރާގުން އެ ރަށުގައި ފައިބާ ނެޓްވޯކެއް އަޅައިފި އެވެ.

17 ޖޫން

June 17, 2016 6
މާފުށީ ކައުންސިލްގެ ރައީސް ދެ މަހަށް ސަސްޕެންޑްކޮށްފި

ކ. މާފުށިން ސަތޭކައެއްހާ ގޯތި ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމި މައްސަލާގައި މާފުށީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ދެ މަހަށް ސަސްޕެންޑް ކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން އިއްޔެ ނިންމައިފި އެވެ.

06 ޖޫން

June 06, 2016
ހުނަރުވެރި ކައިޓް ސާފަރުން އެބަތިބި، ފުރުސަތު ބޭނުންވޭ

"މިއީ ވަރަށް ކެރިގެން ކުރެވޭނެ ކަމެއް. މިއަދު އަހަންނާ އެކު ރާއްޖޭގެ ކައިޓް ސާފަރުން ބައިވެރިވުމުން އަހަރެންނަށް އެ މީހުންގެ ފެންވަރު ވަޒަންކޮށްލެވިއްޖެ. ރާއްޖޭގެ ސާފަރުންނަށް ބޭނުންވަނީ ރަނގަޅު ތަމްރީންތަކެއް. މަސައްކަތް ކޮށްފިއްޔާ ސަރަހައްދީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭނެ،"

04 ޖޫން

June 04, 2016
ޔޫރީއާ އެކު "ރާޅު ގުޑި" މާފުށީގައި މާދަމާ ފަށަނީ

ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ނެދަލެންޑްސްގެ ޔޫރީ ޒޫން ބައިވެރިވާ "ރާޅު ގުޑި" ކައިޓް ސާފިން ހަރަކާތް މާދަމާ ކ. މާފުށީގައި ފަށާނެ އެވެ.

03 ޖޫން

June 03, 2016 3
"މުހުތާޒާ އެކު މާމިގިއްޔަށް ދިޔައީ ސީޕީ އަންގައިގެން"

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ފޭކް ކޯޓު އަމުރެއް ތައްޔާރުކުރަން އދ. މާމިގިއްޔަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާ އެކު ދިޔައީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް އަންގަވައިގެން ކަމަށް މުހުތާޒާ އެކު މާމިގިއްޔަށް ދިޔަ ފުލުހަކު ކޯޓުގައި މިރޭ ހެކިބަސް ދީފި އެވެ.