ލަވައެއް ހިޓެއް: މުއައްޒިންގެ ލޯބިވެރިޔާ ކޮބާ؟

މިފަހަރުގެ ހޮވުމުގައި، މޯލްޑިވިއަން އައިޑޮލްގެ ތަރި މުހައްމަދު މުއައްޒިން ނުވަތަ އެންމެންގެ ރޮކްސްޓާ ކުރާ ސުވާލަކީ މިއީ އެވެ. "އޭނާ" ގެ ނަން ދީފައިވާ މި ލަވަ އަކީ މުއައްޒިންގެ ހަޔާތަށް އައި ނިކަން "ލޯބި" އަންހެން ކުއްޖަކަށް އޭނާ ހާއްސަކޮށްފައިވާ ލަވައެކެވެ.


މިއީ މުއައްޒިންގެ އަލަތު އަލްބަމް، "ރެދަން" ގައި ހިމެނޭ އޭނާގެ އަމިއްލަ ރާގުތަކުގެ ތެރެއިން ލަވައެކެވެ. "ލަވައެއް ހިޓަކަށް" ހާއްސަކޮށްގެން މި ލަވައިގެ އެކޯސްޓިކް ވާޝަންއެއް މުއައްޒިން ހުށަހަޅައިދިން ނަމަވެސް އަލްބަމްގައި ހިމަނާފައި ވަނީ މި ލަވައިގެ އޯލްޓަނޭޓިވް ރޮކް ވާޝަނެކެވެ.

މުއައްޒިންގެ ދެ ވަނަ ސިންގަލްއެއްގެ ގޮތުގައި "އޭނާ" މިގޮތަށް ގެނެސްދޭއިރު "ރެދަން" ގެ ފުރަތަމަ ސިންގަލްއެއްގެ ގޮތުގައި ނެރުނު "ލޭކޮކާ" އަކީ ވެސް ގިނަ ބައެއްގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ލަވައެއްކަން ފާހަގަކޮށްލެވެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ރޮކްސްޓާގެ ގޮތުގައި ސީޒަން އެކެއްގެ ފުރަތަމަ އެޕިސޯޑުން ވިދާލުމަށް ފަހު މުއައްޒިން އަކީ އެފަހަރުގެ ގަދަ 10 ގައި ހިމެނުނު އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ އެވެ. އައިޑޮލްގައި އޭނާގެ އެންމެ ބޮޑު ހަނދާނަކަށްވާނީ ސްޓޭޖު ފަޅާލި ޕާފޯމަންސް، "ލޯބީގާ" ކަން ޔަގީނެވެ.