15 އެޕްރީލް

April 15, 2019 16
ތުޅާދޫ ދާއިރާއާ ގުޅޭ އޯޑިއޯގެ މައްސަލަ ޕޮލިހަށް

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަކީ "ސުޕްރީމް ކޯޓުން ނިންމާފައި އޮތް ކަމެއް" ކަމަށް ބުނާ އޯޑިއޯގެ މައްސަލަ ތަހުގީގުކޮށްދޭން އެދި ފުލުސް އޮފީހަށް ރޭ ހުށަހަޅައިފި އެވެ.

14 އެޕްރީލް

April 14, 2019 10
ވޯޓު ބާތިލްކުރާނެ ހުއްޖަތެއް ނުދެއްކޭނެ: ޝަރީފް

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެއްވެސް ދާއިރާއެއްގެ ވޯޓު ބާތިލްކުރަން ގާނޫނީ ހުއްޖަތެއް ނުދެއްކޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

07 އެޕްރީލް

April 07, 2019 30
ހިސާން އާއި ރޮޒައިނާގެ ދެމަފިރިކަނބަލުން މަޖިލީހަށް!

މިދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް (އިރޫ) އާއި ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) 2017 ވަނަ އަހަރު ކުރެއްވި ކައިވެނި ވަރަށް ހާއްސަ އެވެ. ކެބިނެޓުގެ ވަޒީރަކާއި މަޖިލީހުގެ މެމްބަރަކާ މީގެ ކުރިން ކައިވެނި ބައްލަވައިގެންފައި ނުވާތީ އެ ބޭފުޅުންވެ ވަޑައިގެންނެވީ ސިޔާސީ މައިދާނުގައި...

02 އެޕްރީލް

April 02, 2019 179
ބޮޑު ހޮސްޕިޓަލުގެ އާ ޚިޔާނާތްތަކެއް، ރައީސް ކޯފާވެއްޖެ

"މިތާ ހުރެ ވާހަކަ ދައްކާ އިރު ދުރުން ފެންނަން ހުންނާނެ އުސް އިމާރާތެއް، ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނާނެ ގޮތަށް ބިނާކޮށްފައި ހުރި އިމާރާތެއް."

April 02, 2019 46
އެ ތިބެނީ ހުރިހާ ބިލެއް ހިފަހައްޓައިގެން: ރައީސް

ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ފޮނުވާ ބިލްތައް ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ ހިފަހައްޓާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

20 މާޗް

March 20, 2019 224
ހިސާނަށް ތުހުމަތުތަކެއް، އެކަމަކު އޭނާ އެކަން ދޮގުކުރޭ

އަންނަ މަހު ބާއްވާ އާއްމު އިންތިޚާބުގައި ތުޅާދޫ ދާއިރާ އަށް ވާދަކުރައްވާ ގާނޫނީ ވަކީލް ހިސާން ހުސައިންގެ މައްޗަށް ބޮޑެތި ތުހުމަތުކޮށްފި އެވެ. އެކަމަކު އެކަން އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ.

15 މާޗް

March 15, 2019 80
22 މިލިއަން ނެގީ ބޮންޑެޑުގެ މަރުހަލާތައް ނުނިމޭތީ

ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑުން 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަސްޓަމްސް އަށް ދައްކަން އެންގީ، އެ ކުންފުނިން ބޮންޑެޑް ވެއާ ހައުސްގައި މުދާ ސްޓޮކްކޮށް، އަދި އެ ތަނުން ނެރެ ދާއިމީ އިމްޕޯޓަށް ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމުގެ އިސްލާހަށް...

14 މާޗް

March 14, 2019 112
މައުސޫމްގެ ކުންފުންޏަކަށް 22 މިލިއަން ދޭން ޖެހިއްޖެ

ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކަސްޓަމްސްގެ މައްޗަށް މިދިޔަ ހަފުތާގެ ބުދަދުވަހު ހުކުމްކޮށްފި އެވެ.

21 ފެބުރުއަރީ

February 21, 2019 12
ފަނޑިޔާރުގެ އިސްލާހު ކުރެވޭނެ، ބޭނުމީ އިހްލާސްތެރިކަން

މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ފަނޑިޔާރެއްގެ ގޮތުގައި 20 އަހަރު މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދެވި ޗެކް ރިޕަބްލިކަށް އުފަން ފަނޑިޔާރު އިވާނާ ރިލިކޯވާ ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ ޖުޑިޝަރީންނެވެ. އެކަމަކު، އޭނާ ގަބޫލުކުރައްވާ ގޮތުގައި މުޅި މުޖުތަމައު...

29 ޖެނުއަރީ

January 29, 2019 18
އިންޑިއާގެ ވަށް މޭޒު ޖަލްސާއަށް ރާއްޖޭގެ އިސް ވަފުދެއް

އިންޑިއާ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ތިންކް ޓޭންކަކުން ބާއްވާ ވަށް މޭޒު ޖަލްސާއެއްގައި ބައިވެރިވާން ރާއްޖޭގެ ސިޔާސީ އިސް ވެރިންތަކެއް ހިމެނޭ ވަފުދެއް އެ ގައުމަށް ހިނގައްޖެ އެވެ.

27 ޖެނުއަރީ

January 27, 2019 99
ސުޕްރީމް ކޯޓުގެެ ބާރު ދަށްކުރާ ޕްލޭނެއް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ބާރުތައް ދަށްކޮށް، ކޯޓުތަކުގެ ރަޖިސްޓްރާ އަށް ބޮޑެތި ބާރުތަކެއް ދިނުމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ކެމްޕެއިނަށް އެމްޑީޕީން އެކުލަވައިލި ސިޔާސަތުގައި މިރޭ ހިމަނައިފި އެވެ.

08 ނޮވެމްބަރ

November 08, 2018 2
ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ޖަވާބު ހުށަހަޅައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ ރިވިއު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނަޝީދުގެ ފަރާތުން މިއަދު އެ ކޯޓަށް ޖަވާބު ހުށަހަޅައިފި އެވެ.

04 ނޮވެމްބަރ

November 04, 2018 16
ހިސާން ތުޅާދޫ ދާއިރާއަަށް ކުރިމަތިލައްވަނީ

ސިޔާސީ ބޮޑެތި މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ ގާނޫނީ ވަކީލް ހިސާން ހުސައިން އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ތުޅާދޫ ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

15 އޮކްޓޯބަރ

October 15, 2018 78
"މައްސަލާގައި ހަމައެކަނި މަދުވަނީ އުދުހޭ މުސައްލައެއް"

އިންތިޚާބުު ބާތިލްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މުޅިން އޮތީ ޚިޔާލީ ވާހަކަތަކެއް ކަމަށާއި އެ މައްސަލާގައި މަދުވަނީ އުދުހޭ މުސައްލައެއްގެ ވާހަކަ އެކަނި ކަމަށް އިދިކޮޅު ކޯލިޝަންގެ ވަކީލް ހިސާން ހުސައިން ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

14 އޮކްޓޯބަރ

October 14, 2018 31
"ބަލި ގަބޫލު ކުރެއްވުމަކީ ޝަކުވާގެ ހައްގު ދޫކޮށްލުން"

ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ފަހު ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލުފުޅު ކުރެއްވުމަކީ އެ އިންތިޚާބު ގުޅޭ ޝަކުވާތައް ކުރެއްވުމުގެ ހައްގު އެމަނިކުފާނު ދޫކޮށްލެއްވުން ކަމަށް އިދިކޮޅު ކޯލިޝަންގެ ވަކީލުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

08 އޮކްޓޯބަރ

October 08, 2018 11
"އަށް މެމްބަރުންގެ ގޮނޑި ލިބުމުގެ އުއްމީދު އެބައޮތް"

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް ފަހު، ބާކީ ތިބި އަށް މެމްބަރުންގެ ގޮނޑި ވެސް ސަލާމަތްވާނެ ކަމުގެ އުއްމީދު ލިބިފައިވާ ކަމަށް ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

19 ސެޕްޓެމްބަރ

September 19, 2018 20
އީސީން ނަތީޖާ އިއުލާންކުރާނީ ޓެބްލެޓަކުން ނޫން

އަންނަ އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރާނީ ޓެބްލެޓް މެދުވެރިކޮށް ނޫން ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ އެޖެންޓް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

08 އޯގަސްޓް

August 08, 2018 6
"ރިލްވާންގެ މައްސަލައިގެ ކަންކަން ފޮރުވަން އުޅޭ"

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވާ މައްސަލާގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

30 ޖޫން

June 30, 2018 61
ބޭރުގެ ފަނޑިޔާރުންނަށް ރާއްޖޭގެ ކޯޓުތައް ހުޅުވާލަނީ

ރާއްޖޭގެ ކޯޓުތަކުގައި ބޭރުގެ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ ގޮތް ހެދުމަށް، މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯ ގައި ހިމަނައިފި އެވެ.

23 އެޕްރީލް

April 23, 2018 5
ޔާމީނަށް އިންސާފު ހޯދުމުގެ ދޮރުތައް ދަނީ ބަންދުކުރަމުން

މިދިޔަ އަހަރު އަނިޔާވެރިކޮށް މަރައިލި ބްލޮގަރު، ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތަށް ބާރުގަދަ ބަޔަކު ހުރަސް އަޅައި، ހުރިހާ ދޮރެއް ބަންދުކުރަމުންދާ ކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ރޭ ވިދާޅުވެއްޖެ އެވެ.

19 އެޕްރީލް

April 19, 2018 10
ވަކީލުގެ ގޮނޑިދަށުން ރެކޯޑަރު ފެނުނު މައްސަލަ ނުނިމޭ

ދޫނިދޫގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރަން ވަޑައިގެންނެވި އިރު އެ މަނިކުފާނުގެ ވަކީލު ހިސާން ހުސައިން އިށީންނަވަން ހުރި ގޮނޑީގެ ދަށުގައި ރެކޯޑަރެއް ހަރުކޮށްފައި ހުއްޓައި ފެނުނު މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.