21 އޮކްޓޯބަރ

October 21, 2019 7
އަޔަންމެން ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވި ފުރަތަމަ ދިވެއްސަކީ ޝަމީމް!

ދުވުމާއި ބައިސިކަލް ދުއްވުން އަދި ފެތުން ހިމެނޭ އަޔަންމެން ޓްރައިތެލޯންގެ "އަޔަންމެން 70.3 ވޯލްޑް ޗެމްޕިއަންޝިޕް (ހާފް އަޔަންމެން)" އަށް ކޮލިފައިވި ފުރަތަމަ ދިވެއްސަށް، މަޝްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ހުސެއިން ޝަމީމް ވެއްޖެ އެވެ.

07 ސެޕްޓެމްބަރ

September 07, 2019 57
އޭޖީގެ ލަފަޔާ މެދު ސީޕީ އަށް ސުވާލެއް ނުކުރެވޭނެ

އެޓާނީ ޖެނެރަލް ވަކި ގޮތަކަށް ކަމެއް ކުރަން އެންގެވުމުން އާއްމު ގޮތެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަށް ސުވާލުތަކެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

08 ޖުލައި

July 08, 2019 32
ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވާ!

ކުށަށް އިއުތިރާފްވި ނަމަވެސް އިއްވީ އެންމެ އިންސާފުވެރި ހުކުމް ކަމަކަށް އަދިވެސް ނާސިރާ އަލީ ގަބޫލެއް ނުކުރެ އެވެ. މީގެ ހަތަރު އަހަރު ކުރިން 2015 އަހަރު، އޭރުގެ ސަރުކާރާ ދެކޮޅަށް، މެއި 1 ގައި ކުރި ބޮޑު މުޒާހަރާގެ ތެރެއިން ނާސިރާ ހައްޔަރުކުރީ ފުލުހަކަށް ހަމަލާ ދީގެންނެވެ.

17 ޖޫން

June 17, 2019 20
"އަބަދުވެސް ބޭނުންވީ އެންމެންނަށް އިންސާފު ލިބެން"

އެންމެންނާ މެދު ވެސް އިންސާފުން އަމަލު ކުރުމަކީ ބޭނުންވާ ގޮތް ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ތާއީދު ކުރައްވައިފި އެވެ.

26 މާޗް

March 26, 2019 6
ޖިއާން މަރު: އިއުތިރާފްވި މީހުންގެ ބައި އަލުން ފަށަނީ

މާލޭގައި އިމާރާތް ކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލައިގައި ދައުލަތުން ދައުވާކުރާ ހަ މީހުންގެ ތެރެއިން ކުށަށް އިއުތިރާފްވި ތިން މީހުންގެ މައްޗަށް ހުކުމް ކުރުމުގެ ބަދަލުގައި އެ މީހުންގެ ބައިގެ އިބްތިދާއީ އަޑުއެހުންތައް އަލުން ފަށަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

07 މާޗް

March 07, 2019 1
ކައުންސިލަށް އެސޯސިއޭޝަންތަކުން އިންތިހާބީ މެމްބަރުން

ސްޕޯޓްސް ކައުންސިލް (ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް) ގައި ކުޅިވަރު އެސޯސިއޭޝަންތައް ތަމްސީލްކުރާ ހަތަރު މެމްބަރުންނަކީ އިންތިހާބު ކުރެވޭ މެމްބަރުންތަކެއް ކަމަށް ސްޕޯޓްސް މިނިސްޓަރު ކަނޑައެޅުއްވުމާ އެކު، ގަވާއިދަށް ބަދަލު ގެނެސް، މި މަހުގެ ތެރޭގައި އިންތިހާބު ބާއްވަން އެ ކައުންސިލުން ނިންމައިފި އެވެ.

09 ފެބުރުއަރީ

February 09, 2019 4
ފެތުމަކީ ދިވެހިންނާ އެންމެ ގުޅޭ ކުޅިވަރު: މިނިސްޓަރު

ބިމަށްވުރެ މޫދާއި ކަނޑު ބޮޑު މި ރާއްޖެ އަށް އެންމެ ގުޅޭ ކުޅިވަރަކީ ފެތުން ކަމަށާއި އެކަން ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

07 ފެބުރުއަރީ

February 07, 2019 4
ކަނޑު ހުރަސްކޮށް ރާއްޖޭގެ އެންމެ ދިގު ފެތުން ފަތައިފި

ތިމާވެށީގެ މައްސަލަތަކަށް އާއްމުން ހޭލުންތެރި ކުރުވުމަށް މިދިޔަ ހޮނިހިރު ދުވަހު ފެށި، "ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019"ގެ ދިގު ފެތުމުގެ ބައިވެރިން، މިއަދު 6.75 ކިލޯމީޓަރަށް ފަތައި ރާއްޖޭގައި މިހާތަނަށް ކަނޑު ހުރަސްކޮށް އެއް ދުވަހާ އެންމެ ދިގުކޮށް ފެތުމުގެ ރެކޯޑް ހަދައިފި އެވެ.

04 ފެބުރުއަރީ

February 04, 2019 3
ތިމާވެށީގެ ފެތުން: އުނދަގޫ އެކަމަކު ހުއްޓުމެއް ނެތް!

ތިމާވެށީގެ ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ހިންގާ ދިގު ފެތުމުގެ ހަރަކާތުގެ ބައިވެރިން މިއަދު ހެނދުނު ބ. ދަރަވަންދޫން ފަތަން ފެށިއިރު ފުރަތަމަ ދުވަހު ކުރިމަތިވި ގޮންޖެހުންތަކުން ލިބުނު މާޔޫސްކަމެއް ނެތެވެ. އަށް ފެތުންތެރިން ހޮނިހިރު ދުވަހު އޭދަފުށިން ފަތަން ފަށައިގަތް އިރު ކަނޑުގެ އޮއި ގަދަވުމާ އެކު، ހީކުރި ވަރަށް ވުރެ މާ...

06 ނޮވެމްބަރ

November 06, 2018 13
ޝަރީފަށް ކުރި ތުހުމަތު، ތަހުގީގު ވެސް ގޯސް: ޝަމީމް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފްގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ "ހުއްދަ ނޫން ތަނަކަށް ވަނުން" ކަމަށާއި އެ ތަހުގީގު ފުލުހުން ކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ގާނޫނީ ވަކީލް ހުސައިން ޝަމީމް މިރޭ ވިދާޅުވެއްޖެ އެވެ.

04 ނޮވެމްބަރ

November 04, 2018 34
މަޖިލީހުގެ ރައީސްގެ މަގާމު ގާސިމަށް އަދާކުރެވޭނެތަ!

ބޮޑު އަޣުލަބިއްޔަތަކުން މަޖިލީހުގެ ރައީސްކަމަށް އިންތިޚާބު ކޮށްފައިވާ ގާސިމް އިބްރާހިމް، އެ މަގާމަށް ޝަރުތު ހަމަވޭތޯ ބައެއް ބޭފުޅުން އުފެއްދެވި ސުވާލު ގާނޫނީ ބަހުސަކަށް ވެއްޖެ އެވެ.

28 އޮކްޓޯބަރ

October 28, 2018 22
ނަޝީދުގެ މައްސަލަ ރިވިއުކުރަން އެދުން ރަނގަޅު: ޝަމީމް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، ސުޕްރީމް ކޯޓުގައި އެދިވަޑައިގަތުމަށް ގޮވާލައި...

October 28, 2018 40
ބޮޑެތި މަރުގެ އެންމެ ފުނަށް ފީނަން ޖެހޭ!

ދީނީ އިލްމުވެރިޔާ އަދި އޭރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ގަތުލުކޮށްލިތާ ހަ އަހަރެވެ. މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ހަތަރު އަހަރުވީ...

22 އޮކްޓޯބަރ

October 22, 2018 22
އިންތިޚާބު ބާތިލްވުމުގެ ދޮރުތައް ބަންދުވެއްޖެ:ޝަމީމް

ރިޔާސީ އިންތިޚާބުގެ ވޯޓާ ގުޅޭ މައްސަލަތަކެއް، ވެރިކަންކުރާ ޕީޕީއެމުން ފުލުހުންނަށް ހުށަހެޅިއަސް އިންތިޚާބު ބާތިލްވުމުގެ އެއްވެސް ފުރުސަތެއް މިހާރު ނެތް ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ރޭ ވިދާޅުވެއްޖެ އެވެ.

10 އޮކްޓޯބަރ

October 10, 2018 19
އިންތިޚާބާގުޅޭ މައްސަލަ ހުށަހެޅުމުން ސަލީމަށް ފާޑުކިޔުން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވާ މެމްބަރަކު، ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލައެއްގައި އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަން ފާހަގަކޮށް، ބައެއް ގާނޫނީ ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

26 ސެޕްޓެމްބަރ

September 26, 2018 7
ޝަމީމްގެ ސަސްޕެންޝަން އުވާލައިފި

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ސަސްޕެންޝަން އުވާލައި، ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފި އެވެ.

13 ސެޕްޓެމްބަރ

September 13, 2018 11
ޝަމީމް ތިން މަހަށް ސަސްޕެންޑްކޮށްފި

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ތިން މަސް ދުވަސް ވަންދެން އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް މިއަދު ސަސްޕެންޑްކޮށްފި އެވެ.

12 ސެޕްޓެމްބަރ

September 12, 2018 10
ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަނީ

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދާތީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އޭނާ މާދަމާ ހާޒިރުވާން އަންގައިފި އެވެ.

31 އޯގަސްޓް

August 31, 2018 29
ކޮލަމާފުށީ 18 މީހުންނަށް ޓެރަރިޒަމްގެ ތުހުމަތު

ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހަ އަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމަށް ބުނެ އެ ރަށުން އިއްޔެ ހައްޔަރު ކުރި 18 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ތަހުގީގު ކުރަމުންދާ އިރު، އެ މީހުން ބަންދުގައި ބައިތިއްބާ މުއްދަތު 15 ދުވަހަށް، ގއ. ވިލިނގިލީ ކޯޓުން ރޭ އިތުރުކޮށްދީފި އެވެ.

28 އޯގަސްޓް

August 28, 2018 2
މައުމޫނަށް ރައީސްގެ އިހުލާސްތެރިކަމެއް ނެތް: ވަކީލް

ޖަލަށް ލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޚިދުމަތަށް "ކޫރުމެއް އެޅޭ" ފަދަ ވާހަކަ ނުދައްކަވަން އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ނަމަވެސް އެއީ އިހުލާސްތެރިކަމެއް އޮވެގެން ދެއްކެވި ވާހަކައެއް ނޫން ކަމަށް މައުމޫންގެ ވަކީލު މިއަދު ވިދާޅުވެއްޖެ އެވެ.

26 އޯގަސްޓް

August 26, 2018 65
މައުމޫންގެ ލޮލުގެ ފަރުވާއަށް ޑރ. ޖުނައިދުގެ ތައުރީފް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މާފުށީ ޖަލުގައި ލޮލުގެ ފަރުވާ ދިނުމަށް، ކަރެކްޝަނަލް ސާވިސް އިން ފޯރުކޮށްދިން ހިދުމަތްތަކަށް ލޮލުގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ޖުނައިދު ވަރަަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.