28 ޑިސެމްބަރ

December 28, 2017 13
އެހީދޭ ޖަމާއަތްތަކާ ބައްދަލުކުރަން ހުއްދަ ހޯދާކަށް ނުޖެހޭ

ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކާ ގުޅޭ ގޮތުން، އެހީދޭ ޖަމިއްޔާ ޖަމާއަތްތަކާ ކައުންސިލްތަކުން ބައްދަލުކުރާ އިރު، އެ ކަމަށް ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.

22 ޑިސެމްބަރ

December 22, 2017 33
ރިނބުދު އަށް ދަތުރުދިއުން މަނާކުރި އިއުލާން ބާތިލު

ދ. ރިނބުދޫ ކައުންސިލްގެ ހުއްދަ ނެތި އެހެން ރަށްރަށުގެ މީހުން އެރަށް ދަތުރުދިއުން މަނާކޮށް، އެރަށު ކައުންސިލުން ނެރުނު އިއުލާނަކީ ގާނޫނާ ޚިލާފު އިއުލާނެއް ކަމަށް ކަނޑައަޅައި، ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ އިއުލާން މިއަދު ބާތިލްކޮށްފި އެވެ.

18 ޑިސެމްބަރ

December 18, 2017 4
ކައުންސިލަރުންގެ ސަސްޕެންޝަން އުވާލުމަށް އެދި ކޯޓަށް

ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކުރެއްވި ކަމަށް ބުނެ، ސަސްޕެންޑްކޮށްފައިވާ ގއ. އަތޮޅު ކައުންސިލް އިދާރާގެ ތިން ކައުންސިލަރުންގެ ސަސްޕެންޝަން އުވައިލުމުގެ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.

16 ޑިސެމްބަރ

December 16, 2017 22
ކައުންސިލަރުންގެ އަމަލުގެ ސަބަބުން ގުޅުމަށް ބުރޫއަރާފާނެ

ލޯކަލް ކައުންސިލަރުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވާ ނަމަ، ރާއްޖޭން ބޭރުގެ އެކި ގައުމުތަކާ އެކު ދިވެހި ސަރުކާރުން ބާއްވާ ގުޅުމަށް ބުރޫއަރާފާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

14 ޑިސެމްބަރ

December 14, 2017 31
ސާކިއުލާ ނެރުނީ ސަފީރާ ބައްދަލުކުރި ފަހުން: ކައުންސިލް

ހާއްސަ ހުއްދައަކާ އެކު ނޫނީ ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރުން މަނާކޮށް ސާކިއުލާ ނެރުނީ އިންޑިއާގެ ސަފީރާ ބައްދަލުކުރި ފަހުން ކަމަށް، އެ މައްސަލައިގައި...

December 14, 2017 11
ސަފީރުންނާ ގުޅުން ބަދަހިވުމުން ފައިދާކުރާނެ: އެމްޑީޕީ

އިންތިހާބުކޮށްފައިވާ ކައުންސިލަރުންނާއި ބޭރުގެ ސަފީރުންނާ ދެމެދު ގުޅުން ބަދަހިވުމަކީ މުހިއްމު ކަމެއް ކަމަށާއި އޭގެ ފައިދާ ރާއްޖެއަށާއި ދިވެހިންނަށް ލިބޭނެ ކަމަށް އެމްޑީޕީން...

13 ޑިސެމްބަރ

December 13, 2017 116
ގއ. އަތޮޅު ކައުންސިލަރުން ތިން މަހަށް ސަސްޕެންޑް

ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކުރައްވާފައިވާތީ، ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން މިއަދުން ފެށިގެން ތިން މަހަށް ސަސްޕެންޑް ކޮށްފި އެވެ.

December 13, 2017 26
އެލްޖީއޭގެ ނިންމުމަށް އެމެރިކާ ސަފީރު ފާޑުވިދާޅުވެއްޖެ

ސަރުކާރުގެ ހުއްދައެއް ނެތި ލޯކަލް ކައުންސިލްތަކަށް ބޭރުގެ ޑިޕްލޮމޭޓުންނާއި އަމިއްލަ ޖަމާއަތްތަކާ ބައްދަލުކުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަނާކުރުމުން، އެމެރިކާ...

12 ޑިސެމްބަރ

December 12, 2017 33
އެލްޖީއޭ ނިންމުމާ މެދު އިނގިރޭސި ސަފީރުގެ ކަންބޮޑުވުން

ހުއްދައެއް ނަގައިގެން ނޫނީ ލޯކަލް ކައުންސިލްތަކަށް ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަނާކުރުމުން، އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

11 ޑިސެމްބަރ

December 11, 2017 49
ކައުންސިލަށް ޑިޕްލޮމޭޓުންނާ ބައްދަލުކުރެވޭނީ ހުއްދައާއެކު

ހާއްސަ ހުއްދައަކާ އެކުގައި ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން، ލޯކަލް ކައުންސިލް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު މަނާކޮށްފި އެވެ.

19 އޮކްޓޯބަރ

October 19, 2017 8
"ސިޓީ ކައުންސިލްގެ ބާރުތައް ވަރަށް އަވަހަށް ލިބޭނެ"

މާލޭ ސިޓީ ކައުންސިލްގެ އަތުން އަތުލާފައިވާ ބާރުތައް މަޖިލީހުގެ ތެރެއިން ވަރަށް އަވަހަށް އަނބުރާ ލިބިގެންދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

14 ސެޕްޓެމްބަރ

September 14, 2017 2
އެލްޖީއޭގެ ސީއީއޯކަމުން ފާރޫގު ވަކިކުރީ ރަނގަޅަށް:ކޯޓު

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ސީއީއޯ ފާރޫގް މުހައްމަދު ހަސަން އެ މަގާމުން ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

26 ޖޫން

June 26, 2017 10
އެލްޖީއޭގެ ނައިބު ރައީސަކަށް މިންނާ އިންތިޚާބުކޮށްފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސްގެ މަގާމަށް މިންނާ ރަޝީދު އިންތިޚާބު ކޮށްފި އެވެ.

19 ޖޫން

June 19, 2017 68
އިހަވަންދޫގައި ބިދޭސީންގެ ހައްގުތައް ހިފަހައްޓާފައި!

ހއ. އިހަވަންދޫގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްގުތައް އެ ރަށު ކައުންސިލުން ހިފަހައްޓައި، އެ މީހުންނާ މެދު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ މެދު ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

05 ޖޫން

June 05, 2017 10
11 ފަހަރު ވޯޓު ލައިގެން ކައުންސިލްގެ ރައީސް ހޮވައިފި

ބ. ދޮންފަނު ކައުންސިލަށް ރައީސަކު ހޮވަން އިއްޔެ ދިހަ ފަހަރު ވޯޓު ލައިގެން ވެސް އެކަން ނުވެ އޮއްވާ ގިނަ މަޝްވަރާތަކަކަށް ފަހު، މިއަދު އަލުން ވޯޓުލައި، ކައުންސިލްގެ ރައީސް ކަމަށް އަލީ...

June 05, 2017 8
އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަންކުރަން ހުށަހަޅައިފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވި ތިން ބޭފުޅުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި...

04 ޖޫން

June 04, 2017 89
10 ފަހަރަށް ވޯޓު ލައިގެން ވެސް ރައީސަކު ނުހޮވުނު!

ބ. ދޮންފަނު ކައުންސިލަށް ރައީސަކު ހޮވަން ކުރި މަސައްކަތް އެތައް ފަހަރަކު ބޭކާރުވެ، އެންމެ ފަހުން ގޮތް ހުސްވެއްޖެ އެވެ. ތިން މެމްބަރުން ހިމެނޭ ކައުންސިލްގައި ދިހަ ފަހަރަށް ވޯޓު ލީ އިރު ވެސް، ކޮންމެ މެމްބަރަކު ވެސް ވޯޓު ދެނީ ރައީސް ކަމަށް އެ މީހާގެ އަމިއްލަ ނަމަށް ކަމަށް ވާތީ، ކައުންސިލަށް ރައީސަކު އިންތިހާބު ކުރެވޭ ގޮތް ވަނީ ނުވެފަ...

03 ޖޫން

June 03, 2017 18
އައްޑޫ މޭޔަރަކަަށް މި ފަހަރު ވެސް ސޯބެ

އައްޑޫ ސިޓީ ކައުންސިލްގެ، ފާއިތުވި ދެ ދައުރުގައި ވެސް މޭޔަރުކަން ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ސޯދިގް (ސޯބެ) ތިން ވަނަ ފަހަރަށް މޭޔަރުގެ މަގާމަށް ހޮވައިފި އެވެ.

19 އެޕްރީލް

April 19, 2017 11
އެލްޖީއޭ ބާރުގެ ރައީސަށް ލިބޭ އިސްލާހު ތަސްދީގުކޮށްފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ(އެލްޖީއޭ) ގެ ބޯޑު ކުޑަކޮށް، އެ ބޯޑު އެކުލަވާލުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

16 އެޕްރީލް

April 16, 2017 63
ކުރީގެ އެޓޮލްސް މިނިސްޓްރީ "އަތުވެއްޖެ"

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނެއް ވުޖޫދަށް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ކުރީގެ އެޓޮލްސް މިނިސްޓްރީގެ ދަށަށް ރަށްރަށުގެ ހުރިހާ ބާރެއް އެއްކޮށް، މާލެ އިން އަންގައިގެން ކަންކަން ކުރުމުގެ ޒަމާންވީ އުސޫލު ދޫކޮށްލުމެވެ. ރަށްރަށަށް ގިނަ ބާރުތަކެއް ދިނުމެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް އެކި...

12 އެޕްރީލް

April 12, 2017 14
ރައީސަށް އެލްޖީއޭގެ ބާރު ލިބޭ ގޮތަށް ފާސްކޮށްފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އެކުލަވާލުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

11 އެޕްރީލް

April 11, 2017 20
އެލްޖީއޭގެ ބާރު ރައީސަށް ދޭ އިސްލާހު ބަލައިގެންފި

ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުން ހަމައެކަނި ތިއްބަވާ ގޮތަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު ބަދަލުކުރަަން ސަރުކާރުގެ ފަރާތުން ލާމަރުކަޒީ އުސޫލުން...

April 11, 2017 35
އެލްޖީއޭގެ ބާރު ރައީސަށް ލިބޭ ގޮތަށް ބަދަލު ގެންނަނީ

މުޅިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މީހުން ތިބޭ ގޮތަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު ބަދަލުކުރަަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިއަދު...

26 ފެބުރުއަރީ

February 26, 2017 28
ސަރުކާރާއެކު މަސައްކަތް ކުރާނެ ކައުންސިލަރުން ހޮވައިދީ

އަންނަ އޭޕްރީލް 15 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރާ ގުޅިގެން އަދި ރައްޔިތުންނަށް އިޚުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމަށް މުރާލި ކަމާއެކު މަސައްކަތް ކުރާނެ މީހުން ހޮވައި ދިނުމަށް، މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ ހިތާބުގައި ހޯމް މިނިސްޓަރު އަދި ލޯކަލް ގަމަވަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް...