ލައިފްސްޓައިލް / ޓްވިޓާ

އެންމެ ފަހުން ޓްވިޓާގެ މިލްކުވެރިޔަކަށް އީލޮން މަސްކް

އީލޮން މަސްކް: 44 ބިލިއަން ޑޮލަރަށް އޭނާ ވަނީ ޓްވިޓާ ގަނެފައި.

މަޝްހޫރު މަހުޖަނު އީލޮން މަސްކަށް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ވިއްކާލަން އެއްބަސްވެއްޖެ އެވެ.

ޓްވިޓާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮންމެ ހިއްސާއަކަށް 54.20 ޑޮލަރުގެ ރޭޓުން އީލޮން އަށް އެ ކުންފުނި ވިއްކާލަން އެއްބަސްވެފައިވާ ކަމަށެވެ. އެއީ އެ ކުންފުނި ގަންނަން މި މަހު 14 ގައި އީލޮން ހުށަހެޅި އަގު ވެސް މެ އެވެ.

"ޑިމޮކްރަސީއެއް އެންމެ ފުރިހަމަ އަށް ހިނގާނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮވެގެން. ޓްވިޓާއަކީ އިންސާނުންނާ ގުޅޭ އެންމެހާ ކަންކަން އެންމެ ފުޅާކޮށް ބަހުސްކުރެވޭ ތަން،" އެ ނޫސްބަޔާނާ އެކު ނެރުނު އީލޮންގެ ބަޔާނުގައި އޭނާ ވިދާޅުވި އެވެ.

"އަހަރެން ބޭނުންވާނީ ކުރިއަށް ވުރެ ޓްވިޓާގެ ހިދުމަތް ރަނގަޅުކުރުމަށް އާ ފީޗާތައް ތައާރަފުކޮށް، މީހުން އިތުބާރުކުރާ އެއްޗަކަށް ހެދުމާއި މަކަރު ހަދާ މީހުންނަށް ފުރުސަތު ނުދޭ، އެންމެނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް."

ޓްވިޓާގެ ސީއީއޯ ޕަރަގް އަގަރްވާލް ވެސް ވަނީ އެ އެއްބަސްވުމަށް ތައުރީފުކުރައްވައިފަ އެވެ.

"ޓްވިޓާއަކީ ދުނިޔޭގައިވާ ކޮންމެ ކަމަކާ ގުޅުން އޮންނަ ތަނެއް،" އޭނާ ވިދާޅުވި އެވެ.

ޓްވިޓާ ގަތުމުގެ އެއްބަސްވުން ހަދަން އީލޮން ވަނީ 25 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. އަދި ޕާސަނަލް އިކުއިޓީގެ ގޮތުގައި 22 ބިލިއަން ޑޮލަރު އޭނާ ހޭދަކުރެ އެވެ. އެހެންވެ، އެނަލިސްޓުން ލަފާކުރާ ގޮތުގައި ކޮންމެ އަހަރަކު އެ ލޯނުގެ ސަބަބުން ޓްވިޓާގެ ސާވިސް ކޮސްޓް އަހަރަކު އުޅެނީ އެއް ބިލިއަން ޑޮލަރުގަ އެވެ. އެއީ އެ ކުންފުންޏަށް އަހަރަކު ލިބޭ އާމްދަނީގެ 20 ޕަސެންޓެވެ.

އީލޮން އަށް ޓްވިޓާ ވިއްކާލުމުން މިހާރު ވާނީ ޕްރައިވެޓް ކުންފުންޏަކަށެވެ. ކުރިން އެއީ އާންމުންނަށް ހިއްސާ ވިއްކާފައި އޮންނަ ޕަބްލިކް ކުންފުންޏެކެވެ.

ކުރިން، 9.2 ޕަސެންޓާ އެކު ޓުވިޓާގެ އެންމެ ބޮޑު ހިއްސާއެއް އޮތް އީލޮން، އެ ސޯޝަލް މީޑިއާ ކުންފުނި އޭނާ އަށް ވިއްކާލަން އެދިވަޑައިގަތީ އެއީ ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނަ ޖެހޭ ޕްލެޓްފޯމެއް ކަމަށް ވިދާޅުވެ އެވެ. އީލޮން ގަބޫލުކުރައްވާ ގޮތުގައި މިހާރު ޓުވިޓާ އަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ތަނެކެވެ.

12 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 0%
icon angry icon angry 27%
icon wow icon wow 27%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުސްކުސް

27 April 2022

މަސްކުބުނީ ތިޔައީ ޑޮނަލްޑު ޓުރަންޕު ވެރިކަމަށްގެންނަން އޭނަބުނެގެން ކުރިކަމެކޯ. ޓުރަންޕު ވެރިކަމަށްއައިމަ މަސްކަށް ތިޖޫރީހުޅުވާލަދޭނެ. ބަލަންތިބެންވީ.

The name is already taken The name is available. Register?

ހުސެން

26 April 2022

ޓުވިޓާގެ ދުވަސްތިޔަ ދިޔައީކަމަށް ބެލެވެނީ، ކިިތަންމެ މުއްސަންޖަކަސް ދުނިޔޭގައި ލެއްވިހާކަމެއް ކުރަން އުޅެގެންނުކުރެވޭނެ، ޓުވިޓާއަށް ފާޑުކިޔުމަށްފަހު ވާކަންދައްކަން ކުރިކަމަކާބޮޑަށްވައްތަރީ އެހެންކޮންކަމެއްދެން!!

The name is already taken The name is available. Register?

ސީލިންގު ކަސްމު

26 April 2022

ޓުވިޓަރ ހިންގާފަރާތުން ރައްޔިތުންގެއަތުން ބީވެގެންނުދާނެއޭކިޔާފަ ތިހެދީ ކިހިނެތް! އަސްލުގައި ޙައިރާނެއްނުވެއެވެ. ތިކަންތިއޮތީ ވަރަށް އަޑިއަޑިން އެތައްރެއެއްގެ ސައްލާއާއި ކުޅިވަރާއިއެކު ދޮންކަޅުވެސް އަންގާނުލައި އޭފްގޮތަށް ކުޅެނިންމާލާފަ. ހުރިހާފައިދާއެއް އޭނައަށް. އެތަކެއްދުވަހު ޚަރަދުކުރި ރައްޔިތުންނަށް ބޮޅެއް.

The name is already taken The name is available. Register?

ދޮން ހަސަނު

26 April 2022

އަހަރެން އޭރުވެސް ހިތައްއެރި، މިވަރުގެ ވިޔަފާރިވެރިޔަކު ޕަބްލިކްލީ އޯޕަންކޮން އެފަދަ ބިޑެއް ހުށައަޅާނީ ވަރަށްގިނަ ކަންތައްތައް ތަރުތީބުވެގެން ހަމަޖެހިގެން އައިސްގެން. އެންމެ ފަހުން އެކަން އެގޮތަށްވެ ނިމުނީތާ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

26 April 2022

44 ބިލިއަން ޑޮލަރު.ގަދަ އިނގޭ.

The name is already taken The name is available. Register?

ނަށީދު

26 April 2022

ކޮބާތަ "އެންމެފަހުން" ގެ މާނައަކީ؟

The name is already taken The name is available. Register?

ނަށީދާ

26 April 2022

ހާލަކުން ފަހަރަކު ނޫހަށްވަދެ ހަބަރެއް ކިޔާލީމަ ވާނެ އެތި ވެފަ ތިހުރީ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

26 April 2022

ޓްވިޓާ ސޭލްގަ ނިއުޅެމުން އައި ހަބަރުތައް ވިދާޅުނުވާކަން ތިޔަ ކޮމެންޓް ބުނެދޭ.

The name is already taken The name is available. Register?

ޟަޒްނާ

26 April 2022

މަހުޖަންވެސް ތިބެނީ ލޯނު ދަށުވެފަ.

The name is already taken The name is available. Register?

އެނދިމަރިޔަނބު

26 April 2022

އިލޮން މަސްކް ރާއްޖެވެސް ގަނެބަލަ. މިތާކުވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތް.

The name is already taken The name is available. Register?

1126

26 April 2022

ހަހަހަހަ. ތެދު ފުޅެއް

The name is already taken The name is available. Register?

ޖުލައި

26 April 2022

ޓްރަމްޕް ވިލް ބީ ބެކް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454