ޕާކިސްތާނުގެ މަގުމަތީ ސްޓޯލެއްގައި ތައްޔާރުކުރި ސައި ޖޯޑަށް އަޅަނީ -- ފޮޓޯ: ގެޓީ އިމޭޖެސް
16 ޖޫން 2022 - 07:20
ޕާކިސްތާނުގެ އިގުތިސާދީ ހާލަތު ދަށްވަމުން ދާތީ، އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން އެ ގައުމުގައި އާންމު ރައްޔިތުން ސައި ބުއިން މަދުކުރަން ސަރުކާރުން އަންގައިފި އެވެ.
މުޅި ދުނިޔެ އަށް ބަލާއިރު ވެސް، ޕާކިސްތާނަކީ އެންމެ ގިނައިން ސައިފަތް އިމްޕޯޓްކުރާ ގައުމެވެ. މިދިޔަ އަހަރު އެކަނިވެސް އެ ގައުމަށް 600 މިލިއަން ޑޮލަރުގެ ސައިފަތް އިމްޕޯޓްކޮށްފައިވެ އެވެ.
ޕާކިސްތާނުގެ ޕްލޭނިން މިނިސްޓަރު އަހުސަން އިގްބާލް ވިދާޅުވީ ކޮންމެ ދުވަހަކު ސައި ބޯ މިންވަރު މަދުކުރެއްވިއްޖެ ނަމަ، އެ ގައުމުން އިމްޕޯޓަށް ކުރަން ޖެހޭ ހޭދަ ކުޑަވާނެ ކަމަށެވެ.
"އަޅުގަނޑު އެދެން އާންމު ރައްޔިތުންގެ ކިބައިން ކޮންމެ ދުވަހަކު އެކެއް ނުވަތަ ދެ ތަށި ސައި ބުއިން މަދުކުރަން. އެއީ އަހަރެމެން ސައިފަތް އެތެރެކުރަނީ ލޯނު ފައިސާއިން ކަމަށް ވާތީ،" އޭނާ ވިދާޅުވި އެވެ.
އެ ގައުމުގައި ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، ކޮންމެ ރެއަކު 8:30 ގައި ވިޔަފާރިތައް ބަންދުކުރަން ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.
ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި ރިޒާވުގައި މިހާރު ހުރި ފައިސާއިން އެ ގައުމަށް މުދާ އިމްޕޯޓް ކުރެވޭނީ އެންމެ ދެ މަހަށް ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު ޕާކިސްތާނުގެ ބޭރު ފައިސާ ރިޒާވް ހުރީ 16 ބިލިއަން ޑޮލަރުގަ އެވެ. ނަމަވެސް، މި މަހު އެ އަދަދު ވަނީ 10 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އެއީ ކުރިއަށް އޮތް ދެ މަހަށް އެ ގައުމުގެ އިމްޕޯޓަށް ބޭނުންވާ މިންވަރަށް ވުރެ ވެސް ކުޑަ އަދަދެކެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިހްސާސް
21 June 2022
ފުރަތަމަ ލަންކާ ދެން ޕާކިސްތާން. ދިވެހިރާއްޖެ ނުވިސްނާ މިކަމަކާ. މިހާރު އަޅާ ބުރިޖު އެއީ މިފަދަ ހާލަތެއްގައި ކުރަން އެންމެ ރަގަޅު ކަމެއްބާ؟
އަހާ
18 June 2022
މިގައުމުގެ ވެރިކަމުގަ ތިބި މީހުން އަދިވެސް އެ ކިޔަނީ އިތުރަށް ލޯނުނަގަންވީއޭ. އެންމެ ތަންކޮޅެއްވެސް ހަރަދުކުޑަކުރާކަށް އެއްބާރެއްނުލާނެ. ލޯނު ނަގައިގެންވެސް ހުރިހާ ހިދުމަތެއް ފުރިހަމަވާންޖެހިފަ އޮންނާނީ. އިގްތިސާދުކުރުން އެއީ އެއްގޮތަކަށްވެސް ދަންނަ ކަމެއް ނޫން. ހަރަދު ކުޑަކުރަން ހިތަށްވެސް ނާރުވާނެ މިތަނުގަ. ބޮޑެތި ކުންފުނިތައް މިލިއަނުން ގެއްލުންވާއިރުވެސް ތަން ހިންގަން ތިބޭ މީހުންނަށް ބަރާބަރަށް މުސާރަދޭނެ.
އެންމެ ރަނގަޅު ފަރުވާ
18 June 2022
ހުރިހާ ރައްޔިތުން ނުކުމެ މަރުވަންދެން ބަނޑުހައިހޫނުކަމުގެ ހަރުތާލެއް ކޮށްފިއްޔާ ހަރަދު ވަރަށް ކުޑަވާނެ.
އިސްމާލި
16 June 2022
އަވަށްޓެރި ގައުމުތަކުން މި ފެންނަނީ އިޤްތިސޯދީ ހާލަތު ދައްވާތީ އެކި ކަހަލަ ފިޔަވަޅުތައް އަޅަމުން. މި ގައުމުން އެކަނި މި ފެންނަނީ ހާލަތު ދައްވާ ކަމަށް އެއްބަސްވެ، ނަމަވެސް ހުރިހައި ކަމެއް ރަނގަޅު ކަމާއި ރައްޔިތުން ހާސް ނުވުމަށް، ނަމަވެސް ރައްޔިތުން ކުޑާކޮށް ހަރަދު ކުޑަކޮށްލާށޭ. އެހެނަސް ކޮންމެ ވީކެންޑަކަށް ތިމަން މަނިކުފާނު ކޮންމެވެސް ތަނަކަށް ވަޑައިގަންނަވާނަމޭ ވިދާޅުވެ އެ ބީދައިން އަމަލުކުރާތަން.
މިގައުމުގަ
16 June 2022
ތިފަދަ ހާލަތެއްގަ މިގައުމުގަ އެދެންޖެހޭނީ ކޮފީއައްއެރުން މަދުކޮއްލުމައް. އެކަމަކު އޭރުން ކޮފީ ޝޮޕްތަކައްވާނީ ކިހިނެއް
ވާނުވާދޯ
16 June 2022
ވިޔަފާރި ދައްވީމަ ކޮފީ ޝޮޕްތަކުގެ ވެރިން މުޒާހަރާއަށް ތޯއްޗެ ނުކުންނާނީ. އަނެއްކާ އެމީހުނަށް ސަބްސިޑީއެއް ދޭންނުނުޖެހުނިއްޔާ ރަނގަޅު
ކޮރަލް
16 June 2022
ކޮރަޕްޝަން ހަމަ ބޮޑީ އެވެ. ދެން އެމައްސަލަ ތައް ނުބެލެ އެވެ. ލަންކާގަ ވެސް ވީ އެހެން ެނެވެ. ދެން ރާއްޖޭގެ ހާލަތުވެސް ރަނގަޅެއް ނޫނެވެ. އެކި ސަރުކާރު ތަކުގަ އެތައް ބިލިއަން ވަގައްނެގި އިރުވެސް އެއްވެސް މައްސަލަ އެއް ބަލާ ހުކުމް ނުކުރެވެ އެވެ. ކޮންމެ ބަޔަކުވެސް ބޭނުން ވަނީ ވެރިކަން ކުރާށެވެ.
ލޯނުފައިސާ
16 June 2022
މިގައުމުގަވެސް ކޮފީއާއި ސިގުރެޓާއި އެނަރޖީ ށްރިންކްސް ހުއްޓާލަނިކޮށް ލައްކަ ޑޮލަރު ސަލާމަށްކުރެވޭނެ.
ނާިލު
16 June 2022
ތި ބުނާ ތަކެތި ނުލާ ފަންކްޝަން ނުކުރެވޭ! ދެކޮޅު ނުޖެހޭތީ އަޅުގަނޑު 2 ވަޒީފަ އަދާކުރަން... މަސައްކަތްކުރެވެނީ ކޮފީއާއި ސިގުރެޓާއި އެނަރޖީ ޑްރިންކް އިން