.
02 އޯގަސްޓް 2022 - 08:03
މަހުޖަނު އީލޮން މަސްކްގެ ކުންފުނި ސްޕޭސް އެކްސްގެ މުވައްޒަފުންތަކެއް، މަސްކްގެ މަސައްކަތުގެ ސްޓައިލަށް ފާޑު ކިޔުމުން ވަޒީފާއިން ވަކިކޮށްފި އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ސްޕޭސް އެކްސްގެ ތެރޭގައި ވަނީ މުވައްޒަފުންގެ ސިޓީއެއް ދައުރުވެފަ އެވެ. މަސްކަށް ފާޑު ކިޔާފައި ވަނީ އެ ސިޓީގަ އެވެ.
ސިޓީގައި މުވައްޒަފުން ބުނެފައިވާ ގޮތުގައި މަސްކު އާންމުންގެ ތެރޭގައި އުޅުއްވަނީ މިހާރު ވަރަށް ބަލަން އުނދަގޫ ގޮތަކަށެވެ. އަދި މަސައްކަތް ކުރުމަށް އެއްވެސް ކަހަލަ ރަނގަޅު އާދަތަކަކާއި ސްޓްރެޓެޖީއެއް ނުގެންގުޅޭ ކަމަށް މުވައްޒަފުންގެ ސިޓީގައިވެ އެވެ.
މުވައްޒަފުންނާ ދޭތެރޭ ގެންގުޅޭ އަދަބުތަކާއި މުވައްޒަފުންނަށް އިހުތިރާމް ނުކުރުމަކީ ވެސް މުވައްޒަފުން ވަރަށް ހިތްހަމަނުޖެހޭ ކަންތައްތައް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
ކުރިއަށް އޮތީ މާލީގޮތުން ދަތިވެދާނެ ދުވަސްތަކެއް ކަމަށް ލަފާކޮށް ހުރިހާ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓު އުނި ކުރުމުގެ ވިސްނުން މަސްކް ގެންގުޅެ އެވެ. އެކަމާ ގުޅޭގޮތުން ވެސް މުވައްޒަފުންތަކުގެ ސިޓީގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އަދި އަމިއްލަ ނެޓް ވޯތުގައި 200 ބިލިއަން ޑޮލަރު އޮތް އިރު ވެސް އާންމު މުވައްޒަފުންގެ މުސާރައިން ކަނޑަން އުޅުމަކީ ލަދުގަންނަން ޖެހޭ ނިންމުމެއް ކަމަށް ސިޓީގައިވެ އެވެ.
މި ސިޓީއާ ގުޅިގެން ސްޕޭސް އެކްސްގެ ފަސް މުވައްޒަފެއް މިހާތަނަށް ވަނީ ވަޒީފާއިން ވަކި ކޮށްފަ އެވެ. އަދިވެސް އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟުޒް
02 August 2022
ވޯތުގައި 200 ބިލިއަން ޑޮލަރު އަކީ ފިޒިކާލީ ލިބެން ހުރި ސޮލިޑް ކޭޝް އެއްނޫން..
ނުބުނޭ
02 August 2022
ކާކުތަ ބުނީ އެއީ ސޮލިޑް ކޭޝްއޭ
ހަޤީޤީ ހާދިސާ
02 August 2022
އައްނިގެ ވެރިކަމުގައި ސަރުކާރުގެ ހުރިހާ މުވައްޒަފުން ގެ މުސާރަ އިން %30 ކަނޑާލި، އެކަން ކަވަރުކޮށް އުނި ކުރި ފައިސާ އަނބުރާދިނީ ރައީސް ވަޙީދުގެ ވެރިކަމުގައި، މިއީ އަހަރުމެން ލޮލުންދެކި އަތުން ހިފާފައިވާކަމެއް
މަވެސްސް
02 August 2022
ހަނދާން އެބަހުރި.
ބަދަލުކުރި
06 August 2022
ބަދަލުގަ ވަހީދުއަށް 5% ދިނީ ކީއްވެ، ތިޔަބުނާ ސަރުކާރު މުވައްޒަފުންގެ 7% މީހުންގެ ވޯޓް ލިބުނު ނަމަވެސް އެފަކީރު ޖީއެސްޓީއާ ވާދަކުރަން ނުޖެހޭނެ