އީރާން މީހުންނަކީ "ސްޓައިލިޝް" ބައެއް

އިރާނޭ ބުނުމުން ސިފަވަނީ އަސްކަރީ ލަޝްކަރުތަކާއި މޫނު ބުރުގާ ހެއްޔެވެ؟ މިއީ މީޑިއާއިން ސިފަކޮށްދޭ ގޮތެވެ. އިމުން ބޭރު ނުވެ ފެޝަނަށް އުޅޭ މީހުން ވެސް އީރާނުގައި ގިނަ އެވެ.


އިސްލާމީ އުސޫލުތަކާ ޚިލާފަށް ހެދުން އަޅައިގެން އީރާންގައި މިދިޔަ އަހަރު 3.6 މިލިއަން އަންހެނުން ޖޫރިމަނާކޮށް ބައެއް މީހުންނަށް ޖަލު ހުކުމް ވެސް އައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މިއީ އީރާން މީހުންގެ ހެދުން އެޅުން ވަކި ގޮތަކަށް ހުންނަ ސަބަބަކަށް ނުވެ އެވެ.

އިރާންގެ ސްޓައިލިޝް އަންހެނުންނާއި ފިރިހެނުންގެ އަމިއްލަވަންތަ ސްޓައިލްތައް "ދަ ތެހެރާން ޓައިމްސް" ކިޔާ ފެޝަން ބްލޮގެއްގައި ހުށަހަޅައިދީފައިވެ އެވެ. މި ބްލޮގްގައި ޝާއިއުކޮށްފައިވާ ސްޓައިލްތަކުގެ ނިވާކަން ބޮޑެވެ.

ނަލަ ކުލައެއްގެ ބުރުގާއެއް އޮޅާލާފައި، ޕްރިންޓު ޖެހި ކުރުތާ އަދި އެންމެ ޒަމާނީ ސްޓައިލުގެ އަތްދަބަހާ އެކު ތިބޭ އިރާން އަންހެނުންގެ ފޮޓޯތައް ހިމަނާފައިވެ އެވެ. ފިރިހެނުންގެ ސްޓައިލް ވެސް ހިތްގައިމެވެ. ލެދަ ތޮޮފި، ޖެކެޓު އަދި ޖިންސު ޒަމާނީ އެކަމަކު ކްލެސީ ސްޓައިލަކަށް ގުޅުވާލައިފައި ހުރި ފޮޓޯތައް ފެނެ އެވެ.

އިރާންގެ ބައެއް ސްޓައިލްތައް ދައްކާލުމަށް ބްލޮގްގައި ޝާއިއުކޮށްފައިވާ ފޮޓޯއެއް

މިބްލޮގްގައި ބުނެފައި ވަނީ ބުރުގާ އަޅައިގެން ތިބޭ މުސްލިމު އަންހެނުންނަކީ އެއްވެސް ބާރެއް ނެތް، ހިތްހަމަނުޖެހިފައި ތިބި ބައެއް ކަމަށް ބައެއް މީހުން ދެކޭ ކަމަށާއި އެކަމަކު އެއީ ހަގީގަތެއް ނޫންކަން ހާމަކޮށްދިނުމަކީ ބްލޮގް ހިންގުމުގެ މަގްސަދު ކަމަށެވެ.