އައިސީޔޫގައި އޮތް މީހަކާ އެކު ސެލްފީ ނެގި ފުލުހުންތަކެއް ސަސްޕެންޑްކޮށްފި

ސެލްފީގެ ހުން މަޑެއް ނުވެ އެވެ. އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ލަކްނޫގެ ކިންގް ޖޯޖް ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް މީހަކު ބެލުމާ ހަވާލުވެގެން ޑީއުޓީ އަށް ތިބި ތިން އަންހެން ފުލުހަކު އެތަނުގައި ތިބެ ސެލްފީ ނަގަނިކޮށް ފަޅާއަރައި ބޮޑު މައްސަލަގަނޑަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.


މި މީހުން ސެލްފީ ނަގަން ތިބީ ރޭޕްކޮށް އެސިޑް ހަމަލާ ދިނުމުގެ ސަބަބުން ސީރިއަސް ހާލަތެއްގައި އައިސީޔޫގައި އޮތް ޒުވާން އަންހެނެއްގެ އެނދު ކައިރީގައި ހުރި ގޮނޑިއެއްގަ އެވެ.

ފުރާނައާ ހަނގުރާމަކުރާ ބަލި މީހާ ކައިރީގައި ތިބެގެން އަރިއަރިއަށް ސެލްފީ ނެގި އެވެ.

އޭއެންއައި ޔޫޕީ ގެ ޓުވީޓެއް

ވިސްނާލުމެއް ނެތި މި މީހުން ކުރި މި އިންސާނިއްޔަތާ ޚިލާފު އަމަލުގެ ސަބަބުން މި ތިން އަންހެނުން ވެސް މިހާރު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އައިސީޔޫގައި ފަރުވާ ދެނީ ގޭންގްރޭޕް ކުރުމަށް ފަހު އެސިޑް ޖަހާފައި އޮތް މީހަކަށެވެ.