ކުޑަކުޑަ ރޯމިއޯއަކާއި ޖޫލިއަޓެއް

ސައުތު ކެރޮލައިނާގެ ހޮސްޕިޓަލުގައި އެއް ދުވަހަކު އުފަންވި ދެ ކުދިންނަށް ރޯމިއޯ އާއި ޖޫލިއަޓް ކިޔާފައިވަނީ ހަމަ އިއްތިފާގަކުންނެވެ.


ރޯމިއޯ އަކީ މޯގަން އާއި އެޑްވިން ހާނެންޑެޒްގެ ފިރިހެން ދަރިފުޅެވެ. މި ކުއްޖާ އުފަންވީ މި މަހުގެ 19 ވަނަ ދުވަހު ސައުތު ކެރޮލައިނާގެ ކޯސްޓަލް ކެރޮލައިނާ ހޮސްޕިޓަލުގަ އެވެ.

ކްރިސްޓިއާނާ އާއި އެލަން ޝިފްލެޓް އަށް ލިބުނީ އަންހެން ކުއްޖެކެވެ. އެ މީހުން އެ ކުއްޖާއަށް ދިން ނަމަކީ ޖޫލިއަޓެެވެ. މި ކުއްޖާ އުފަންވީ ރޯމިއޯ އުފަންވިތާ 18 ގަޑިއިރާއި 8 މިނިޓް ފަހުންނެވެ.

ޓުޑޭ ޑޮޓް ކޮމްގައި ބުނެފައިވާ ގޮތުގައި މިއީ ޝެކްސްޕިއާ އިއްތިފާގެކެވެ. މި ދެ ކުދިންގެ މައިންބަފައިން މި ކުދިން އުފަން ވުމުގެ ކުރިއަކުން އެއް ބަޔަކު އަނެއް ބަޔަކު ނުވެސް ދަނެ އެވެ.

މިފަދަ ކަމެއް ދިމާވިކަން އެނގުނީ މި ކުދިން އުފަންވި ހޮސްޕިޓަލުގެ އޮފިޝަލް "ނިއުބޯން ފޮޓޮގްރާފާ" މި ދެ ކުދިންގެ ފޮޓޯ ފޭސްބުކްގައި ޖެހުމުގެ ހުއްދަ ހޯދަން މައިންބަފައިންގެ ހުއްދަ ހޯދަން ދިއުމުންނެވެ.

ފޮޓޮގްރާފަރު ބުނި ގޮތުގައި އެކުދިންގެ މައިންބަފައިން އެ ކުދިންނަށް ނަން ދިނީ ރޯމިއޯ އެންޑް ޖޫލިއަޓް ފިލްމު ބަލާފައެއް ވެސް ނޫނެވެ. އެމީހުން އޮތީ ދަރިފުޅަށް އެނަން ކިޔަން މާ ކުރިން ވެސް ނިންމައިފަ އެވެ.

"މި ތުއްތު ދެ ކުދިންގެ ވެސް ބޮލުގައި ވަރަށް ވަރުގަދަ އިސްތަށިގަނޑެއް އެބައޮތް. އަދި މިހާރު ވެސް ހީވަނީ ލޯބި ޖޯޑެއްހެން،" ފޮޓޯގްރާފަރު ލިޔެފައިވެ އެވެ.