އެއިންސްޓެއިން އާއި ހޯކިން އަށް ވުރެ ވިސްނުންތޫނު ކުއްޖެއް

އިންގްލެންޑްގައި ދިރިއުޅޭ އިންޑިއާ ނަސްލުގެ ރާއިގޯރީ ޕަވާރް އަކީ ވިސްނުންތޫނުކަމަށް މުޅި ދުނިޔެއަށް މަޝްހޫރު މީހުން ކަމަށްވާ އެއިންސްޓެއިން އާއި ސްޓީވަން ހޯކިންގް އަށް ވުރެ ވެސް އައި ކިއު ލެވެލް މަތި ކުއްޖެކެވެ.


ބްރިޓިޝް މެންސާ އައިކިއު ޓެސްޓްގައި، އުމުރުން އެންމެ 12 އަހަރުގެ މި އަންހެން ކުއްޖާ އަށް 162 ލިބުނެވެ. މިއީ އެއިންސްޓެއިން އާއި ހޯކިންގް އަށް ވުރެ ދެ ޕޮއިންޓް މަތީ އަދަދެކެވެ. އަދި 18 އަހަރުން ދަށުގެ ކުއްޖެއްގެ މިހާ މަތީ އައިކިއު އެއް ހުރިކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ރާއީގޯރީ އަކީ މި މެންސާ އައިކިއު ޓެސްޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ދުނިޔޭގެ އެއް ޕަސެންޓް މީހުންގެ ތެރޭގައި ހިމެނި މިހާތަނަށް އެންމެ ގިނަ މާކްސް ހޯދިފައިވާ ކުއްޖާ އެވެ. މި ޓެސްޓްގައި "ޖިނިއަސް" އެއް ކަމަށް ބެލެވޭ ބެންޗްމާކަކީ 140 އެވެ. މި އަންހެންކުއްޖާ 162 މާކްސް ހޯދާފައިވެ އެވެ. އެއީ އެއިންސްޓެއިން އާއި ހޯކިންގް އަށް ވެސް ހޯދިފައި ނުވާ މިންވަރެކެވެ.

ރާއިގޯރީ ލިބިފައިވާ ބައެއް މެޑަލްތަކާއެކު އަދި ވިސްނުންތޫނުކަމަށް މަޝްހޫރު އެއިންސްޓެއިން (ވ)

މި އަންހެންކުއްޖާ ވެފައި ވަނީ މުޅި ދުނިޔޭން ވެސް މި ސްކޯއާ ހަމައަށް ދަތުރުކުރެވުނު 20،000 މީހުންގެ ތެރެއިން ވެސް ފުރިހަމަ އެއްވަނައެއް ލިބުނު ހަމަ އެކަނި ކުއްޖާއަށެވެ.

ރާއިގޯރީ ބުނީ ޓެސްޓްގެ ކުރިން ކުޑަކޮށް ހިތްބިރުގަތް ކަމަށެވެ. ނަމަވެސް ޓެސްޓް ހެދުނީ ވަރަށް ރަނގަޅަށް ކަމަށާއި ނަތީޖާއާ މެދު ވަރަށް އުފާވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މި އާދަޔާޚިލާފު މޮޅު ޕާފޯމަންސާ އެކު މި ކުއްޖާއަށް ވަނީ ބްރިޓިޝް މެންސާ އައިކިއު ސޮސައިޓީގެ މެމްބަރަކަށް ވުމުގެ ފުރުސަތު ލިބިފަ އެވެ.

މި ކުއްޖާގެ ބައްޕަ ޑރ. ސޫރަޖްކުމާރު ޕަވާރް ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް މި ކާމިޔާބު ލިބުނީ ސްކޫލްގެ ޓީޗަރުން ކޮށްދިން ބުރަ މަސައްކަތުންނެވެ.