ކިރަށް އެލާޖިކްވާ ކުއްޖަކަށް ޗީޒް ދިނުމުން މަރުވެއްޖެ

އިނގިރޭސި ވިލާތުގެ ސްކޫލެއްގައި، ކިރަށް އެލާޖިކްވާ 13 އަހަރުގެ އިންޑިއާ ފިރިހެން ކުއްޖަކަށް އޭނާގެ އެކުވެރިން ޗީޒް ސޭންޑުވިޗެއް ކާންދިނުމުން މަރުވެއްޖެ އެވެ.


ކަރަންބީރް ޗީމާ (ކަރަން) ނަމަކަށް ކިޔާ މި ކުއްޖާ އަކީ ކިރާއި ކިރުން އުފައްދާފައި ހުންނަ އެއްޗިއްސަށް އެލާޖިކް ކުއްޖެކެވެ. ސްކޫލްގައި އުޅޭ ބުލީކުރާ ކަރަން އަށް ލަނޑު ދިނީ ކިރުގެ ބާވަތްތަކަށް އެލާޖިކް ކަން އެނގި ތިބެ އެވެ.

މި ސޭންޑްވިޗް ކެއުމާ އެކު ކަރަންގެ ހަށިގަނޑަށް ވަރުގަދަ އެލާޖިކް ރިއެކްޝަނެއް އައިސް ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި އެވެ. ނަަމަވެސް 10 ދުވަސް ފަހުން ވަނީ މަރުވެފަ އެވެ.

ބައެއް ރިޕޯޓުތައް ބުނަނީ ކުއްޖާއަށް ގަދަކަމުން ޗީޒް ކާން ދިން ކަމަށެވެ. ނަމަވެސް އަނެއް ރިޕޯޓްތައް ބުނަނީ އޭނާގެ މޫނުގައި ޗީޒް އުނގުޅީ ކަމަށެވެ. ކަރަންގެ މަންމަ ބުނީ ކުއްޖަކު އެއްލި ޗީޒްކޮޅެއް ކަރަންގެ ކަރުގައި އުނގުޅުނީ ކަމަށެވެ.

ޗީމާގެ ބައްޕަ އަމަރްޖީތު އިވްނިން ސްޓޭންޑަޑް އަށް ކިޔައިދިން ގޮތުގައި ދަރިފުޅުގެ ކުއްލި މަރުން އެމީހުންނަށް ވަނީ ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވެފަ އެވެ.

ކަރަންގެ މަންމަ މި މައްސަލާގައި ސްކޫލް ވަރަށް ބޮޑަށް ކުށްވެރި ކުރެ އެވެ.

"އަހަރެންގެ ދަރިފުޅު އެލާޖިކް ވާތީ ވަރަށް ބަލައިގެން އުޅޭނީ. އޭނާ ކިރުގެ ބާވަތްތަކަށް އެލާޖިކް ވީމަ އެފަދަ އެއްޗެހި އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރާނެ. އެހެންވެ ޗީޒްކޮޅަކުން އޭނާގެ ގައިގައި ޖެހިގެން ކީއްވެ އޭނާ މަރުވާންވީ. އަހަރެމެންނަށް މައުލޫމާތު ދީފައިވަނީ ވަރަށް ކުޑަކޮށް،" ކަރަންގެ މަންމަ ބުންޏެވެ.

ކަރަންގެ މަންމަ ބުނި ގޮތުގައި ދަރިފުޅަކީ ސްކޫލްގައި ވަރަށް މަގްބޫލު ކުއްޖެކެވެ. ނަމަވެސް އެއްވެސް ކުއްޖަކާ ދެކޮޅުވެރިކަމެއް ނޯންނަ ކަމަށް ވެސް ބުންޏެވެ. އެހެންވެ އޭނާގެ ދަރިފުޅަށް ބުލީ ކުރެވުނީ ކީއްވެތޯ ވެސް ސްކޫލުން ސުވާލުކުރަން ބޭނުންކަމަށް ޗީމާގެ މަންމަ ބުނެފައިވެ އެވެ.