ފައި އެންމެ ދިގު އަންހެނާގެ ރެކޯޑް ރަޝިޔާގެ މޮޑެލް އަކަށް

ރަޝިޔާގެ މި މޮޑެލް އަކީ ފައި ދިގު ކަމުން ގިނަ ބަޔެއްގެ ބުލީ ކުރުމުގެ ޝިކާރައަކަށްވި ޒުވާނެކެވެ. ފަހުން އޭނާ އޮލިމްޕިކް ސްޓާރަކަށް ވި އެވެ. މިހާރު އޭނާއަކީ މުޅި ދުނިޔޭގައި ވެސް ފައި އެންމެ ދިގު އަންހެނާގެ ރެކޯޑް ރަސްމީކޮށް އޮތް މީހާ އެވެ.


އެކްޓަރީނާ ލިސީނާގެ އިސްކޮޅުގައި ހަ ފޫޓު ނުވަ އިންޗި ހުރެ އެވެ. އަދި އޭނާގެ އަތުގައި މިހާރު ގިނިސް ވޯލްޑް ރެކޯޑްސްގެ ދެ ރެކޯޑެއް އެބައޮތެވެ. އެއީ ދުނިޔޭގެ އެންމެ ދިގު މޮޑެލްގެ ރެކޯޑާއި ފައި އެންމެ ދިގު އަންހެނާގެ ރެކޯޑެވެ.

އެކްޓަރީނާ، 29،ގެ ވާތު ފައިގައި 52.2 އިންޗި އެބަހުއްޓެވެ. ކަނާތުފައިގައި ހުރީ 52.0 އިންޗި އެވެ.

އެކްޓަރީނާ އުފަންވެފައި ވަނީ ވެސް ވަރަށް ދިގު މީހުން ތިބި އާއިލާއަކަށެވެ. އޭނާގެ ބޭބެގެ އިސްކޮޅުގައި ހަ ފޫޓު ހަ އިންޗި ހުރިއިރު ބައްޕަގެ އިސްކޮޅަކީ ހަ ފޫޓު ފަސް އިންޗި އެވެ. މަންމަގެ އިސްކޮޅުގައި ހަ ފޫޓު އެއް އިންޗި ހުރެ އެވެ.

އެކްޓަރީނާ އޭނާގެ އެކުވެރިޔަކާ އެކު

އެކްޓަރީނާ ބުނި ގޮތުގައި ގިނިސް ވޯލްޑް ރެކޯޑްސްގެ ހައްގުވެރިއަކަށް އޭނާ ވުމަކީ ބަޔާންކުރެވޭ ވަރަށް ވުރެ ބޮޑު އުފަލެއް އިހްސާސް ކުރެވުނު ކަމެކެވެ. އަދި މި ރެކޯޑްގެ ސަބަބުން އޭނާއަށް ލިބޭ ޕޮޒިޓިވް އެޓެންޝަން އިތުރުވާނެ ކަމަށް މި މޮޑެލް އުންމީދު ކުރެ އެވެ.

ޓީންއޭޖް ދުވަސްވަރު އިސްކޮޅު ދިގުކަމުން ގިނަ ބަޔަކު އޭނާއަށް ބުލީ ކޮށްފައިވެ އެވެ. ނަމަވެސް އޭނާގެ ދިގުކަމުގެ ފައިދާ ނަގައިގެން މަޝްހޫރު މޮޑެލްއަކަށް ވުމަށް ކުރި މަސައްކަތް އެކްޓަރީނާ ވަނީ ކާމިޔާބުކޮށްފަ އެވެ.

އޭނާ ވަނީ 2008 ގައި ރަޝިޔަން އޮލިމްޕިކް ބާސްކެޓްބޯލް ޓީމަށް ކުޅެ ބީޖިން ގޭމްސްގެ ލޯ މެޑަލް ހޯދާފަ އެވެ.