ސްވިމްސޫޓްގައި ވެސް ސްމާޓް ޓެގް

ކަސްރަތަށް ދުވުމާއި ފެތުމުގައި ބޭނުންކުރާނެ ސްމާޓް ޑިވައިސްތައް މިހާރު ނަން ހުސްކޮށް ލިބެން ހުރެއެވެ. އެކަމަކު ދެރައީ އަވަދިނެތި އުޅެމުން ކަސްރަތުގެ ބޭނުމަށް ނުކުންނައިރު އެއްކަލަ ސްމާޓް އެކުވެރިޔާ މަތިން ހަނދާން ނުހުންނާތީ އެވެ.


ސުވިމް ޑޮޓް ކޮމް އާއި ސްޕަޔާ އިން މި މައްސަލައަށް ހައްލު ހޯދަން އުފެއްދީ ސްމާޓް ސުވިމްސޫޓެކެވެ. މި ސުވިމްސޫޓްގައި ފެތުމުގެ ހުރިހާ ރިކޯޑުތަކެއް ބަލަހައްޓައިދޭ ޓެގްތައް ހެދުމުގެ އުނަގަނޑާ ދިމާއިން އެތެރޭގައި ހަރުކޮށްފައި ހުރެ އެވެ. ސުވިމްސޫޓު ލެވޭއިރު ހުންނާނީ ޑިވައިސް ވެސް އެޅިފައެވެ.

މި ހެލްތު ޓެގާއި އައިއޯއެސް ނުވަތަ އެންޑްރޮއިޑް އެޕަކާ އެއްފަހަރު ގުޅުވާލުމުން އެ ނިމުނީއެވެ. ބްލޫޓޫތުން ކޮންމެ ފަހަރަކު ސިންކް ކުރެވޭނެއެވެ. ހެދުން އަޅައިގެން ފަތަން ފެށީމާ ހެލްތު ޓެގް މަސައްކަތް ކުރަމުންދާނެއެވެ.

މީގެ ސުވިމްސޫޓު ވިއްކަން ފަށާނީ މާޗުމަހުއެވެ. ސްމާޓްއައުޓްލެޓްގެ އޮންލައިން ފިހާރައިން މި ވިއްކާނީ ހެލްތު ޓެގަށް ނަގާ 30 ޑޮލަރާއެކު އެވެ.