އެމޭޒްފިޓް ބިޕް: 45 ދުވަހު ބެޓެރީ ހިފަހައްޓައިދޭ ސްމާޓްގަޑިއެއް

ސްމާޓްވޮޗްތައް ބޭނުންކުރާ މީހުންނަށް އޮތީ އެންމެ މައްސަލައެކެވެ. ބެޓެރީ މާ އަވަހަށް ހުލިވުމެވެ. ދެން ކަމެއް ހުރި ނަމަ، އެއީ ކެތްނުުރެވޭ ވަރުގެ ކަމެއް ނޫނެވެ. ސްމާޓްވޮޗްތަކުގެ އަޖުމަބަލައި، ތަޖުރިބާކުރި މީހުން ބުނަނީ މިހެންނެވެ.


މިއޮތީ "އެމޭޒްފިޓް ބިޕް" އެވެ. ޗައިނާގެ ޝޯމީ އަދި އެމޭޒްފިޓް ގުޅިގެން އުފެއްދި ސްމާޓްވޮޗެކެވެ. އެ މީހުން ބުނަނީ 30 ދުވަހަށް ވުރެ ކުރިން ބެޓެރީ ޗާޖުކުރަން ނުޖެހޭނެ ކަމަށެވެ. އެވްރެޖް މިންވަރުގައި ބޭނުންކުރެވޭ ނަމަ 45 ދުވަހުގެ ކުރިން އަލުން ޗާޖުކުރާކަށް ނުޖެހޭނެ ކަމަށެވެ.

ދުވާލަކު އެއް ފަހަރު ނުވަތަ އެ އަށް ވުރެ ގިނައިން، ސްމާޓްވޮޗެއް ޗާޖުކުރަން ޖެހުން، އުނދަގޫ ކަމަކަށް ވާނެ އެވެ. އެކަމަކު ހިތާމަ އަކީ، މި ސިނާއަތަށް ފޫޅުކެނޑި ގިނަ ގަޑިތަކުގެ ހާލަތަކީ މިއީ ކަމަށް ވުމެވެ. އެއް ދުވަހަށް ވުރެ ގިނައިރު މަދު ގަޑިއެއްގައި ނޫނީ ޗާޖްނުހިފެހެއްޓުމެވެ.

އެމޭޒްފިޓް ބިޕް ފުރަތަމަ ނަޒަރުން އެޕަލް ގަޑިއަކާ ވައްތަރު ވެދާނެ އެވެ. އެކަމަކު ހާސްނުވާށެވެ. މިއީ އެޕަލްގެ ސްމާޓްވޮޗްތަކާ އަޅާކިޔާލެވޭ ވަރުގެ ގަޑިއެއް ނޫނެވެ. އެކަމަކު ވެސް، އެމޭޒްފިޓް ބިޕް އަކީ އަޅާނުލައި ދޫކޮށްލެވެން ވެސް ނެތް އާލާތެކެވެ. ފުތަމަ ސަބަބަކީ ބެޓެރީ އެވެ. ދެވަނަ ސަބަބަކީ އަގެވެ. ސަތޭކަ ޑޮލަރަށް ވުރެ ވެސް ހެވެވެ. އެހައި ޗާލެވެ.

އެމޭޒްފިޓް ބިޕްގެ ޓަޗް ސްކްރީން ޑިސްޕްލޭ ސައިޒަކީ 1.28 އިންޗި އެވެ. ހިތު ވިންދު ބަލައިދޭ "ހާޓް ރޭޓް ސެންސާ"އެއް އިނދެ އެވެ. ޖީޕީއެސް ޓްރެކިން ސަޕޯޓްކުރެ އެވެ. އެކަމަކު މި ވަގުތަށް ބޭނުންކުރެވެނީ އެމެރިކާ އަދި ރަޝިއާ ސެޓެލައިޓްތަކެވެ. މި ގަޑި އަށް ފެނެއް ނުވަދެ އެވެ. ފެން ނުވަންނަ މިންގަޑުގައި މި ގަޑި އަށް ދީފައި ވަނީ "އައިޕީ68" އެވެ. އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކުން ނޮޓިފިކޭޝަންތައް، އެމޭޒްފިޓް ބިޕް ބަލައިގަނެ، ސްކްރީނުން ދައްކުވަ އެވެ.

އެމޭޒްފިޓް ބިޕް: ބެޓެރީ ބާރުގަދަ ސްމާޓްގަޑިއެއް