މެޑަމް ޓްސޯޑްސް މިއުޒިއަމަށް މޭގަން މާކަލްގެ ސްޓެޗޫ

އެމެރިކާ އަށް އުފަން ހޮލީވުޑްގެ ބަތަލާ މޭގަން މާކަލް، ޕްރިންސެސް ޑަޔާނާގެ ހަގު ދަރިކަނލުން ޕްރިންސް ހެރީއާ ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ އިރު، އިނގިރޭސީން ވަނީ އޭނާ ވަރަށް ބޮޑަށް ބަލައިގެންފަ އެވެ.


އަންނަ މަހުގެ 19 ވަނަ ދުވަހު ބާއްވާ ކައިވެނީގެ ހަފުލާއާ ދިމާކޮށް އިނގިރޭސިވިލާތުގެ މެޑާމް ޓްސޯޑް މިއުޒިއަމްގެ އެމެރިކާގެ ނިއު ޔޯކް ގޮފިން މިހާރު ވަނީ މޭގަންގެ ވެކްސް ސްޓެޗޫއެއް ޓައިމް ސްކެއާގައި ދައްކާލަން ނިންމައިފަ އެވެ.

މެޑަމް ޓްސޯޑްގެ ޓްވީޓް.

މެއި މަހު ބާއްވާ ކައިވެނީގެ ހަފުލާއާ ކައިރިކޮށް، ސްޓެެޗޫ ދައްކައިލާ އިރު، ވާން އުޅޭ ފިރިމީހާ ޕްރިންސް ހެރީ އާއި ރާނީ އާއި ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ސްޓެޗޫ ވެސް ޓައިމް ސްކެއާގައި ބަހައްޓާނެ އެވެ. އަދި ކައިވެންޏާ ދިމާކޮށް ލަންޑަނަށް ސްޓެޗޫ ގެންދާނެ އެވެ. އޭގެ ފަހުން ލަންޑަންގެ މެޑަމް ޓްސޯޑްގައި ހެރީގެ ސްޓެޗޫ ކައިރީގައި މޭގަންގެ ސްޓެޗޫ ބަހައްޓާނެ އެވެ. އަދި މެއި 19 އާ ހަމައަށް ސްޓެޗޫ ބަލައިލަން މެޑަމް ޓްސޯޑްސް އަށް ވަނުމުގެ ފުރުސަތު ހިލޭ އޮންނާނެ އެވެ.

މެޑަމް ޓްސޯޑްސް މިއުޒިއަމަކީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މަޝްހޫރު މީސްމީހުންގެ ސްޓެޗޫ ބަހައްޓާފައި ހުންނަ ތަނެކެވެ.

މެޑަމް ޓްސޯޑްސް އިން ކުރި ޓްވީޓެއްގައި ވަނީ މޭގަލްގެ ސްޓޭޗޫ ލަންޑަންގައި ބަހައްޓާކަން އިއުލާންކޮށް ޝާހީ ގަނޑުވަރު ޕަކިންހަމް ޕެލަސް ކައިރީގައި ނޯޓިހެއް ވެސް ބަހައްޓައިފަ އެވެ.