ފޯނުގައި ވެސް ބުޅަލެއް ގެންގުޅެދިވާނެ

އަސްލު ބުޅަލެއް ގޭތެރޭގައި ގެންގުޅެވެން ނެތް ނަމަ މި ހޯދައިދޭނީ ހައްލެވެ. ޕެޓެއްގެ ގޮތުގައި ލޯބިލޯބި ބުޅަލެއް، ވާޗްއަލްކޮށް މޮބައިލް ފޯނުގައި ގެންގުޅެވިދާނެ އެވެ. ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތެވެ. މިއީ މިނީ ޕެޓެވެ.


އެލަޖީ އާއި އަދި އެ ނޫން ވެސް ބައެއް ކަންކަމާ ހެދި، އަސްލު ބުޅަލެއް ގެންގުޅެން ދަތިވާ މީހުންނަށް މިއީ މާ ބޮޑަށް ވެސް ސަޅި ގޮތަކަށްވާތީ އެވެ. "މިއައު! އޭއާރްކެޓް" އެޕްލިކޭޝަން އެޕަލް ސްޓޯރުން ޑައުންލޯޑްކޮށްލާފައި، ސްމާޓް ފޯނަށް އިންސްޓޯލްކޮށްލާށެވެ.

ދެން ބުޅަލެއް އެޑަޕްޓްކޮށްލައިގެން، ނަމެއް ދީގެން ދިރިއުޅުމުގެ ހިއްސާއަކަށް ހެދިދާނެ އެވެ. އަސްލު ބުޅަލެއް ގެންގުޅުމާއި ވާޗްއަލް ބުޅާ ގެންގުމާ ހުރި "ހަމައެކަނި" ތަފާތަކީ ބުޅާ ނަގައިގެން ބައްދައި ނުލެވޭނެ ކަމެވެ. އެ ނޫން ހުރިހާ ކަމެއްގައި ތިމާއާ އެކު ވާޗްއަލް ބުޅާ މިއައުމިއައު ގޮވަމުން މޫނުމައްޗަށް އުފާވެރިކަން ގެނެސް ދޭނެ އެވެ. ކިހާ ސަޅި ހެއްޔެވެ؟

"މިއައު! އޭއާރްކެޓް" އާ ގުޅޭ ވީޑިއޯކޮޅެއް.

ތަޖުރިބާކޮށްލަން ނަމަވެސް، ވާޗުއަލް ބުޅަލެއް ގެންގުޅެލަމާ ހިނގާށެވެ. ވާ ގޮތެއް އެނގިދާނެތާ އެވެ. ޔަގީނުން ވެސް ޕެޓެއްގެ ގޮތުގައި ބުޅަލެއް ގެންގުޅެން ބޭނުން ވިޔަސް، މާ ބޮޑަށް ސިއްހަތާ ދޭތެރޭ ވިސްނާ މީހުންނަށް މިއަށް ވުރެ ވަކި ސަޅި ގޮތެއް ނޯންނާނެ އެވެ.