ޕްރިންސް ވިލިއަމާއި ކޭޓްގެ ހަގު ދަރިކަލުންގެ ނަމަކަށް ލުއީ

ޕްރިންސް ވިލިއަމާއި ކޭޓް މިޑްލްޓަންގެ ތިން ވަނަ ދަރިކަލުންގެ ނަން އިއުލާންކޮށްފި އެވެ.


މި މަހުގެ 23 ވަނަ ދުވަހު ލިބިވަޑައިގެންނެވި ދަރިކަލުންގެ ނަމަކީ ލުއީ އާތާ ޗާލްސް އެވެ. މި ނަމަކީ ކުރިން ވެސް ދަރިކަލުންނަށް ކިޔަން ދެ ބޭފުޅުން ނިންމަވާފައިވާ ނަން ކަމަށްވެ އެވެ.

އާއިލާ އަށް އިތުރުވި ތިން ވަނަ ދަރިކަލުންގެ ނަން ވަނީ ފުރަތަމަ ދަރިކަލުން ޖޯޖް އެލެގްޒެންޑާ ލުއީއާ ވެސް ގުޅުވައިފަ އެވެ. ލުއީ އަކީ ޖޯޖްގެ މިޑްލް ނަމެވެ. އަދި އެ ނަމަކީ ވިލިއަމްގެ ބައްޕާފުޅު ޕްރިންސް ޗާލްސްގެ ނަމާ ވެސް ގުޅުވައިގެން ދީފައިވާ ނަމެކެވެ.

ވިލިމާއި ކޭޓްގެ އާ ދަރިކަނލުންގެ ނަން ޓްވީޓްކޮށްފައި.

ލުއީގެ ލަގަބަކީ ރޯޔަލް ހައިނެސް ޕްރިންސް ލުއީ އޮފް ކެމްބްރިޖް އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ކައިވެނި ބައްލަވައިގަތް ޕްރިންސް ވިލިއަމާއި ކޭޓަށް ކުރިން ވަނީ ފިރިހެން ބޭފުޅަކީ އަންހެން ބޭފުޅަކު ލިބިވަޑައިގެންގެ އެވެ. އެއީ ޖޯޖް، 4، އާއި ޗާލޮޓް، 2، އެވެ.