އެމެރިކާ އަންހެނުން އިނގިރޭސި ފިރިހެނުން ކަމުދަނީ ކީއްވެ؟

އެންމެ ނުފޫޒު ގަދަ ދެ ގައުމު ކަމަށްވާ އެމެރިކާ އާއި އިނގިރޭސިވިލާތް މިހާރު މި އަންނަނީ ޝާހީ ގުޅުމެއްގެ ތެރެއިން ބަނދެވިގެންނެވެ. އެމެރިކާގެ ބަތަލާ މޭގަން މާކަލް އާއި އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީގެ ކައިވެންޏެވެ.


މީގެ ކުރިން، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީ ވެސް އިނގިރޭސިއަކާ ކައިވެނި ކުރި އެވެ. އެއީ މަޝްހޫރު ކޮމީޑިއަން ރަސަލް ބްރޭންޑްއާ އެވެ. އެމެރިކާ އަންހެނުން އިނގިރޭސި ފިރިހެނުންނާ މާ ގަޔާވަނީ ހެއްޔެވެ؟

އެމެރިކާގެ މަޝްހޫރު ޒުވާން އަންހެން ލަވަކިތުންތެރިޔާ ޓޭލާ ސްވިފްޓް މިހާރު ވެސް ހިތާވެގެން އުޅެނީ އިނގިރޭސި އެކްޓަރަކާ އެކު އެވެ. އެއީ ޖޯ އަލްވިންއާ އެވެ. އޭގެ ކުރިން އޭނާ ވަނީ ހަމަ އިނގިރޭސި އެކްޓަރެއް ކަމަށްވާ ޓޮމް ހިޑެލްސްޓަންއާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. މި ކަހަލަ ލިސްޓެއް ކިޔާ ނަމަ ކިތަންމެ ނަމެއް ނެގި ދާނެ އެވެ.

އެމެރިކާ އަންހެނުންނާއި އިނގިރޭސި ފިރިހެނުންނާ ދޭތެރޭ މި އުފެދޭ ގުޅުމާ ބެހޭ ގޮތުން ދިރާސާއެއް ހަދައި، މިއީ ކިހިނެއްވާ ކަމެއްތޯ މިހާރު ވަނީ ދެނެގެންފަ އެވެ. އިނގިރޭސިވިލާތުގެ މާކެޓް ރިސާޗް ކުންފުންޏެއް ކަމަށްވާ ޔޫގޯވް އިން ހެދި ދިރާސާގައި ބުނެފައި ވަނީ އެމެރިކާ އަންހެނުން އިނގިރޭސި ފިރިހެނުންނާ ގަޔާވަނީ އެ މީހުންގެ އެކްސެންޓް ނުވަތަ ވާހަކަ ދައްކާ ބަހުރުވަ ހުންނަ ގޮތުން ކަމަށެވެ.

އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އެމެރިކާ އަންހެނުންގެ ތެރެއިން 35 ޕަސެންޓް މީހުން އިނގިރޭސި ފިރިހެނުންނާ ގަޔާވާނީ އެ މީހުން ވާހަކަ ދައްކާ ގޮތް ރީތިވެގެންނެވެ. އަދި އެ މީހުންގެ އެކްސެންޓް ހުންނަ ގޮތުން އެއީ "ރޮމޭންޓިކް" އަދި "އެކްޒޯޓިކް" ބައެއްގެ ގޮތުގައި އެމެރިކާ އަންހެނުން ސިފަކުރެ އެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި އެމެރިކާ އަންހެނުންނަށް އިނގިރޭސި ފިރިހެނުންގެ ލައިފް ސްޓައިލް ވެސް ވަަރަށް ބޮޑަށް ކަމުދެ އެވެ. އެގޮތުން ސަޔަށް އެ މީހުން އޮންނަ ލޯތްބަކީ ވެސް ހާއްސަ އަދި ވަރަށް "ލޯބި" ކަމެއްގެ ގޮތުގައި އެމެރިކާ އަންހެނުން ދެކެ އެވެ.

އެމެރިކާގެ ނިއު ޔޯކްގައި އުޅޭ އިނގިރޭސިވިލާތުގެ ޑެނިއެލް މިލް، 32، ދި އިންޑެޕެންޑެންޓް ނޫހަށް ބުނި ގޮތުގައި އޭނާ އަށް ހިތަކަށް އެމެރިކާ އިން އަންހެނުންވެ އެވެ.

ޕްރިންސް ހެރީ އާއި މޭގަން މި މަހު 19 ގައި ކައިވެނި ކުރާނެ.

"ބާއަކަށް ވަދެލިޔަސް އަންހެނުން ތިބެނީ މޮޔަވެފައި. އެމެރިކާގައި އުޅޭ ނަމަ ރައްޓެހިވާނެ އަންހެނަކު ނުލިބިގެން އުޅޭކަށް ނުޖެހޭނެ،" އިނގިރޭސިއަކަށްވާތީ ކާމިޔާބުކަން ފާހަގަކޮށް އޭނާ ބުންޏެވެ.

ޑީނާ ކެނެޑީ ކިޔާ 32 އަހަރުގެ އެމެރިކާ އަންހެނަކު ބުނި ގޮތުގައި އިނގިރޭސި ފިރިހެނުންގެ އެކްސެންޓަކީ މޮޔަކޮށްލާ ވަރުގެ އެއްޗެކެވެ.

"އެއީ އަޑު އަހާލަން، ފަސޭހަ. ކިޔާ އެއްޗެހި ސާފުވާ އަދި ވަރަށް ރޮމޭންޓިކް، އަބަދު ވެސް އަޑު އަހާލަން ހިތް އެދޭ ކަހަލަ އެކްސެންޓެއް،" އޭނާ ބުންޏެވެ. "އެހެންވެ އަހަންނަށް އިނގިރޭސި ފިރިހެނުން ކަމުދަނީ."