ވާވޭ ސުޕަޗާޖް: އެންމެ ހަލުވި ފާސްޓް ޗާޖިން

ސްމާޓްފޯން ބެޓެރީ އަވަހަށް ޗާޖުކޮށްދޭ ޓެކްނޮލޮޖީތައް އަޅާކިޔާލުމުން، ވާވޭ އަށް ރަސްކަން ލިބިއްޖެ އެވެ. މާކެޓްގައި މި ވަގުތު ލިބެން ހުރި ފާސްޓް ޗާޖިން ޓެކްނޮލޮޖީތައް ފަރަގުކޮށް ޓައިމަރުޖެއްސުމުން، އެއްވަނަ ލިބިފައި ވަނީ ވާވޭ "ސުޕަޗާޖް" އަށެވެ.


ފާސްޓް ޗާޖިން ޓެކްނޮލޮޖީ ފޯރުކޮށްދޭ އަށް ކުންފުންޏެއް ލިސްޓްކޮށް އެ މީހުން ގެންގުޅޭ ޓެކްނޮލޮޖީތައް މިނާލުމުން ލިސްޓް ތަރުތީބުކުރެވުނު ގޮތް މި އޮތީ އެވެ. ވާވޭ ސުޕާޗާޖް އަށް އެއްވަނަ، ވަންޕްލަސް ޑޭޝް ޗާޖް އަށް ދެ ވަނަ، މޮޓޮރޯލާ ޓާބޯ ޗާޖް އަށް ތިން ވަނަ، ކުއަލްކޮމް ކުއިކް ޗާޖް އަށް ހަތަރު ވަނަ، ސެމްސަންގް އެޑަޕްޓިވް ޗާޖް އަށް ފަސް ވަނަ، އެޕަލް އަށް ހަ ވަނަ، މީޑިޔާޓެކް ޕަމްޕް އެކްސްޕްރެސް އަށް ހަތް ވަނަ އަދި ޔޫއެސްބީ ޕަވާ ޑެލިވަރީ އަށް، އަށް ވަނަ އެވެ.

ސްމާޓްފޯންތައް އުފެއްދުމަށް އެކު ކުންފުނިން އެކި ޓެކްނޮލޮޖީ ބޭނުންކުރާ ގޮތަށް، ބެޓެރީ ޗާޖުކުރުން ހަލުވިކުރުމަށް ބޭނުންކުރާ ޓެކްނޮލޮޖީ ވެސް ތަފާތެވެ. އެހެންކަމުން، ތަފާތު ފޯނުތައް ގެންގުޅޭ މީހުންނަށް ތަފާތު ޗާޖަރު ބޭނުންކުރުމުން ކުރެވޭ ތަޖުރިބާ ވެސް މުޅިން ތަފާތުވެ އެވެ.

ވަންޕްލަސް ޑޭޝް ޗާޖިން އަކީ ވަންޕްލަސް ފޯނުތަކަށް ޚާއްސަ ޓެކޮނޮލޮޖީ އެކެވެ. އެހެން ނަމަވެސް، ޔޫރަޕް މާކެޓްގައި "ޑޭޝް ޗާޖް" މަރުކާގެ ދަށުން ފާސްޓް ޗާޖިން ޓެކްނޮލޮޖީން ވިޔަފާރިކުރަން ހުއްދަ ވަނީ ނުލިބިފަ އެވެ. އެއީ ޑޭޝް ޗާޖިން އާ ވަރަށް އެއްގޮތް ނަންނަމުގައި ވިޔަފާރިތައް އެ ސަރަހައްދުގައި ހިންގާތީ އެވެ. ކުއަލްކޮމް ކުއިކް ޗާޖް އަކީ ކޮންމެ ބަޔަކަށް ވެސް ބޭނުންކުރެވޭ ޓެކްނޮލޮޖީއެކެވެ. ކުއަލްކޮމް އިން ލައިސަންސް ހޯދުމަށް ފަހު، އަވަހަށް ބެޓެރީ ޗާޖްކުރަން އެދޭ ކޮންމެ ބަޔަކަށް ވެސް އެ ޓެކްނޮޖީ ބޭނުންހިފެ އެވެ.

ވާވޭ ސުޕާޗާޖް: ފާސްޓް ޗާޖިން ޓެކްނޮލޮޖީތަކުގެ ތެރެއިން އެންމެ ހަލުއި މިންގަނޑު

ވާވޭ ސުޕަޗާޖް، ވާވޭ ފޯނުތަކަށް ޚާއް ނަމަވެސް، އެއީ ވެސް ލައިސަންސް އޮވެގެން ބޭނުންކުރެވޭ ޓެކްނޮލޮޖީއެކެވެ.