ފޮތެއް، އަގަކީ 30،000 ޑޮލަރު

ތިރީސް ހާސް ޑޮލަރަށް އެންމެ މި ޒަމާނުގެ ފެރާރީ ކާރެއް ގަނެލެވި ދާނެ އެވެ. އެކަމަކު އެ އަގުގައި ވިއްކާ ފޮތެއް ގަންނަން ކެރޭނީ ކާކަށް ހެއްޔެވެ؟


ކާރު ބްރޭންޑެއްގެ ގޮތުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އިޓަލީގެ ފެރާރީގެ ތާރީހު ކިޔައިދޭ ފޮތް "ފެރާރީ" 30،000 ޑޮލަރަށް ވިއްކައިލަން މިހާރު ވަނީ ނިންމައިފަ އެވެ.

ފޮތެކޭ ބުންޏަސް މިއީ ހަމަ އާދައިގެ އެއްޗެއް ނޫނެވެ. އޭގެ އަގާ ވެސް އެކަށޭނެ ފެންވަރަށް ތައްޔާރުކޮށްފައިވާ "ފެރާރީ" ފޮތް އޮންނާނީ އެއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ފޮށްޓެއްގެ ތެރޭގަ އެވެ. ފެރާރީގެ ދިގު ތާރީހުގެ ތެރެއަށް މަންޒަރުތަކާ އެކު ގެންގޮސް ދިނުމުގެ އިތުރަށް ކުންފުނީގެ ކުރިމަގުގެ ތަސައްވުރު ވެސް ދައްކާލާ މި ފޮތުގައި 514 ސޮފުހާ ހިމެނެ އެވެ.

"ފެރާރީ" ފޮތުގެ ވީޑިއޯއެއް.

ފެރާރީއަކީ 1939 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ.

ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި "ފެރާރީ" ގެ 1،947 ކޮޕީ ވިއްކައިލާނެ އެވެ. އެކަމަކު 30،000 ޑޮލަރަށް ވިއްކައިލަން ނިންމާފައި ވަނީ 250 ފޮތެވެ. ގަންނަން ބޭނުން ނަމަ މިހާރު ޕްރި-އޯޑަ ވެސް ކުރެވިދާނެ އެވެ.