މަދިރި މަރާ ކޮއްޓެއް؛ ވަހެއް ވެސް ނުދުވާނެ

މަދިރިއަކީ ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރާ ސޫތްޕެކެވެ. ރާއްޖޭގައިވެސް މަދިރީގެ ސަބަބުން ޖެހޭ ޑެންގީ ހުމަކީ ވަރަށް އާންމު ބައްޔެކެވެ. އަދި ޗިކުންގުންޔާ ފަދަ ބަލިބަލީގެ ނުރައްކާވެސް ވަކި ކުޑައެއް ނޫނެވެ.


ބޭސިޔަސްގެ އުފެއްދުމެއް ކަމަށްވާ މޮސްކިޓޯ ކިލާއަކީ ޔޫވީ ލައިޓެއްގެ އެހީގައި މަދިރި މަރައިދޭ އާލާތެކެވެ.

ކޮންމެ ގެއަކާވެސް ގުޅޭ، ކޮންމެ ކޮޓަރިއެއްގައި ވެސް ބެހެއްޓޭ މޮސްކިޓޯ ކިލާއަކީ ބަލައިލަން ރީތި ޑިވައިސެކެވެ. ނުބައި ވަހެއް ވެސް، ބޭކާރު އަޑުތަކެއް ވެސް ނީއްވާ ގޮތަށް ފަރުމާކޮށްފައިވާ މަދިރި މަރާ މި މެޝިނުގެ ހަގީގީ ބާރު ބިނާވެފައިވަނީ މިއިން ދޫކޮށްލާ ޔޫވީ ލައިޓްގެ މައްޗަށެވެ. އުދުހެމުން އަންނަ މަދިރި، މި މެޝިނާ ވަކި ރާސްތާއަކާ ހަމައަށް އެރުމުން މި މެޝިންގެ ޔޫވީ ލައިޓަށް ދަމައިގަނެއެވެ. މި ޔޫވީ ލައިޓް ހަރުކޮށްފައިވާ އާނގަ ހުންނަނީ ވަކިން ކަނޑައިފައެވެ. އަދި މި އާނގަ ވަށައިގެން ވަނީ ތޫނު ތިލަތަކެކެވެ. މީގެ ހަތް ތިލަ ހަރުކޮށްފައިވެއެވެ. ޔޫވީ ލައިޓަށް ލަވައިގަންނަ މަދިރި، މި ތިލަތަކުގެ ތެރެއަށް ދެމިގަނެ މަރުވެގެން ފައިބަނީ ފުލުން ވަކިން ދަމާލެވޭ ޓްރޭއަކަށެވެ. މި ޓްރޭގެ މަތިން އޮންނަނީ ތުނި ދާގަނޑުކޮޅެކެވެ. ޓްރޭ އާއި ދާގަނޑުކޮޅު ނަގާ ސާފުކޮށްލުމުން އެ ނިމުނީއެވެ.

މޮސްކިޓޯ ކިލާ މަސައްކަތްކުރަނީ ކަރަންޓުންނެވެ. މިއަށް ގުޅަން އޮންނަނީ ޔޫއެސްބީ ޕޯޓަށް ޖަހާ ކަހަލަ ވާކޮޅެކެވެ. ދުވަހުގެ އެކި ވަގުތުތަކާ އެކަށީގެންވާ ގޮތަށް މި މެޝިންގެ ބާރު ކޮންޓްރޯލްކުރެވެއެވެ. މިސާލަކަށް، ނިދާ ވަގުތާއި ތުއްތު ދަރިފުޅު ގާތުގައި މީގެ މެޝިނެއް ބަހައްޓާ ނަމަ އެ މަޑުމައިތިރި މާހައުލާ ގުޅޭ ގޮތަށް މި މެޝިންގެ ބާރު ކުޑަކުރެވޭނެއެވެ. އޭރުން އިހުނަށްވުރެ އަޑުވެސް މަޑުވާނެކަމަށްވެއެވެ. މިވަގުތު އެމެޒޯންގައި މޮސްކިޓޯ ކިލާ ވިއްކަން ހުރީ 32.60 އެމެރިކާ ޑޮލަރަށެވެ.