ޕްރިންސް ހެރީ ފަހަރި ކޭޓް މިޑްލްޓަން އަށް ކިޔަނީ "ކެތު"

އިނގިރޭސީ ޝާހީ އާއިލާގެ މެމްބަރުންގެ ތެރޭގައި އޮންނަ ގާތް ގުޅުމަކީ މާ ބޮޑަށް އާންމުންނަށް ފެންނަ ކަމަކަށް ނުވެދާނެ އެވެ. އެކަމަކު އެ އާއިލާ ތެރޭގައި ވެސް އެކަކު އަނެކަކުގެ މެދުގައި ވަރަށް ވެސް ގާތް ގުޅުން އޮތުމާއި ވަނަމުން ގޮވުން ފަދަ ކަންކަން ވެސް އޮވެ އެވެ.


ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންއަކީ ފެށުނީއްސުރެ ވެސް، ވިލިއަމްގެ ކޮއްކޯފުޅު ޕްރިންސް ހެރީއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ. އެހެންވެ އެ ދެ ބޭފުޅުންގެ ގުޅުމަކީ ވަރަށް ގާތް ރަހުމަތްތެރިންގެ މެދުގައި އޮންނަ ކަހަލަ ގުޅުމެކެވެ.

އޯކޭ މެގަޒިނުން ބުނި ގޮތުގައި ކޭޓްއާ އޮންނަ ގާތްކަމުގެ ސަބަބުން ހެރީ އެ ކަމަނާ އަށް ވަނަމެއްގެ ގޮތުގައި ބޭނުން ކުރައްވަނީ "ކެތު" އެވެ. އެ ނަން ޕްރިންސް ހެރީ ވިދާޅުވާ ކަމަށްވާ ވަނީ ފުރަތަމަ ދެ ބޭފުޅުން 2001 ގައި ތައާރަފުވި ދުވަހު، "ކެތު" ގެ ނަމުން ތައާރަފުވެފައިވާތީ އެވެ.

ޕްރިން ހެރީ (ކ) ކޭޓް އާއި ބޭބެ ވިލިއަމްއާ އެކު.

އެހެންވެ ބޭބޭފުޅާ 2001 ގައި ކޭޓް ކައިވެނި ބައްލަވައިގެން، ޝާހީ އާއިލާގެ ތެރެއަށް ރުޖޫއަވުމަށް ފަހު، ވެސް ޕްރިންސް ހެރީ، ފަހަރިކަމަނާ އަށް މުހާތަބު ކުރައްވަނީ "ކެތު" ގެ ނަމުން ކަމަށްވެ އެވެ.

ނޫސްތަކުން ބުނާ ގޮތުގައި ޕްރިންސް ވިލިއަމް ލޯބިން އަނބިކަނބަލުންނަށް އާންމުކޮށް މުހާތަބު ކުރައްވަނީ "ޑާލިން" ނުވަތަ "ބޭބް" ގެ ނަމުންނެވެ.

ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރު އާންމުކޮށް ކޭޓް ކިޔައި އުޅޭ ކޭޓަށް ވަނަމަކަށް "ސްކްއީކް" އޭ ވެސް ކިޔާފައިވެ އެވެ. އެއީ އެ ދުވަސްވަރު އެ ކަމަނާ އޮޅުކޮށްގެން ގެންގުޅުއްވި ގިނީ ޕިގްގެ ނަމެވެ.