މަސައްކަތު މާހައުލުގައި ދިމާވާ ނަފުސާނީ މައްސަލަތަކާ ދެކޮޅަށް ޕްރިންސް ވިލިއަމް

މަސައްކަތުގެ މާހައުލުގައި މީހުންނަށް ދިމާވާ ނަފުސާނީ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމުގެ ގޮތުން އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް ވެބްސައިޓެއް ލޯންޗް ކުރައްވައިފި އެވެ.


"މެންޓަލް ހެލްތު އެޓް ވޯކްޕްލޭސް ޕްރޮޖެކްޓް" ކުރިއަށް ގެންދާނީ ނަފުސާނީ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރާ ޗެރިޓީ "މައިންޑް" އާ ގުޅިގެންނެވެ. އަދި މި ޕްރޮޖެކްޓަކީ ރޯޔަލް ފައުންޑޭޝަނުގެ ދަށުން ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން އިސްކޮށް ތިއްބަވައިގެން ހިލޭ ހިންގަވާ ޕްރޮޖެކްޓެކެވެ.

މިއީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެގޮތުން ހުރިހާ ގިންގިތިއެއްގެ މީހުންނަށް ވެސް އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.

"މެންޓަލް ހެލްތު އެޓް ވޯކްޕްލޭސް ޕްރޮޖެކްޓް" ލޯންޗިންގައި ވާހަކަ ދައްކަވަނީ.

ދި އިންޑެޕެންޑެންޓް ނޫހުން ބުނެފައިވާ ގޮތުގައި މަސައްކަތުގެ މާހައުލުގައި ދިމާވީ ނަފުސާނީ މައްސަލަތަކަށް އެހީތެރިވެ ދެއްވުމަށް ޕްރިންސް ވިލިއަމް ނިންމެވީ އިނގިރޭސިވިލާތުގައި މަސައްކަތު އާބާދީގެ 48 ޕަސެންޓަކީ އެ ކަހަލަ މައްސަލަތައް ކުރިމަތިވެފައިވާ ބައެއް ކަމަށް "މައިންޑް" އިން ހެދި ދިރާސާއަކުން ހާމަވުމާ ގުޅިގެންނެވެ.

މެންޓަލް ހެލްތު އެޓް ވޯކްޕްލޭސް ޕްރޮޖެކްޓް" ގެ ލިންކް.

އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އޭގެ ތެރެއިން 25 ޕަސެންޓް މީހުންނަކީ އެ މީހުންނަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ނުދައްކައި، ސިއްރުކޮށްގެން ތިބޭ މީހުންނެވެ.

އެހެންވެ އޮންލައިންކޮށް އެހީތެރިވާން ހުޅުވައިލި "މެންޓަލް ހެލްތު އެޓް ވޯކްޕްލޭސް ޕްރޮޖެކްޓް" ގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިލިއަމް ގަބޫލު ކުރައްވަ އެވެ.

"ހެޑްސް ޓްގެދާ" ގެ ނަމުގައި ނަފުސާނީ މައްސަލަތަކާ ދެކޮޅަށް، ވިލިއަމްގެ ކޮއްކޯފުޅު ޕްރިންސް ހެރީ ވެސް މިދިޔަ އަހަރު ޗެރިޓީއެއް ލޯންޗް ކުރައްވައިފަ އެވެ.