އެންމެ އެނާޖީ ޑްރިންކަކުން ވެސް ބޮޑު ނުރައްކަލެއް

އެންމެ އެނަޖީ ޑްރިންކެއް ބޯލުމުން ވެސް ލޭ ހޮޅިތަކަށް ގެއްލުންވެ ހަށިގަނޑު ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.


އެމެރިކާގެ ޓެކްސަސް ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ބުނި ގޮތުގައި އެނަޖީ ޑްރިންކަކީ ލޭ ހޮޅިތަކުގައި ލޭ ދައުރުވުމަށް ނޭދެވޭ އަސަރު ކުރުވާ އެއްޗެކެވެ. މިކަމުގެ ސަބަބުން، ހަށިގަނޑުގެ މުހިއްމު ގުނަވަންތަކަށް ލޭ ދައުރުކޮށް ދިނުމަށް ހުރަސްއެޅި ހާޓްއެޓޭކާއި ސްޓްރޯކް ފަދަ ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ދިރާސާގައި ބުނީ އެނަޖީ ޑްރިންކެއް ބޯލާތާ ދޮޅުގަޑި އިރުގެ ތެރޭގައި އެއިން ހަށިގަނޑަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

އެނާޖީ ޑްރިންކުން މި ނުރައްކާ އޮތް އިރު އެއީ ވަރަށް ގިނައިން ހަކުރު ހުންނަ އެއްޗަކަށް ވާތީ އެކަމުގެ ނުރައްވާ ވެސް ވަރަށް ބޮޑުކަން ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.

އާންމުކޮށް ގެންގުޅޭ އެނާޖީ ޑްރިކްތަކުގައި، އެންމެ ދަޅެއްގައި 37 ގްރާމްގެ ހަކުރު ހުރެ އެވެ. އަދި މިފަދަ ބުއިންތަކުގައި ކެފެއިންގެ މިންވަރު މާ މައްޗަށް ހުންނާތީ އެކަމުން ވެސް ހަށިގަނޑުގެ ލޭ ދައުރުވުމަށް ހުރަސް އަޅަ އެވެ.

ދިރާސާގައި ބުނި ގޮތުގައި ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި އެނަޖީ ޑްރިންކަށް ދެވިހިފުމަކީ ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލައެކެވެ.

"އެހެންވީމާ މިކަމާ ދެކޮޅަށް މަސައްކަތްކޮށް، ހޭލުންތެރިކަން އުފެއްދުމަކީ ވަރަށް މުހިއްމު ކަމެއް،" މެކްގަވަން މެޑިކަލް ސްކޫލްގެ ޕްރޮފެސަރު ޑރ. ޖޯން ހިގިންސް ވިދާޅުވި އެވެ.