ސްޓީވެން ހޯކިންގެ ފުރޮޅުލީ ގޮނޑިއެއްގެ އަގު ހަ މިލިއަނަށް

މި އަހަރު މަރުވި އިނގިރޭސިވިލާތުގެ މަޝްހޫރު ސައިންޓިސްޓް ސްޓީވެން ހޯކިންގެ ހަޔާތުގެ ބޮޑު ބައެއް އެ އެއްޗެއްގައި ހޭދަކުރި އޭނާގެ ފުރޮޅުލީ ގޮނޑިއެއް ނީލަމެއްގައި ބޮޑު އަގަކަށް ވިއްކާލައިފި އެވެ.


ރަތް ކުލައިގެ ލެދަރު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ގޮނޑި ވިއްކާލީ 340،000 ޕައުންޑް (ހަ މިލިއަން ރުފިޔާ) އަށެވެ. ގޮނޑީގެ އިތުރުން ހޯކިންސްގެ ބައެއް އެއްޗެހީގެ ތެރެއިން 22 އައިޓަމެއް ނީލަމުގައި އެއްޗެހި ވިއްކާ އިނގިރޭސި ކުންފުނި ކްރިސްޓީޒުން ނީލަމަށް ލައިފަ އެވެ.

އޭގެ ތެރޭގައި އޭނާ ކެރިއަރުގެ ވަރަށް ކުރީކޮޅު ލިޔުނު ތީސީސް "ޕްރޮޕަޓީޒް އޮފް އެކްސްޕޭންޑިން ޔުނިވާސް" ގެ ކޮޕީއެއް 584،750 ޕައުންޑަށް ވިއްކައިލި އިރު، ހޯކިންގެ ފޮތް "ބްރީފް ހިސްޓްރީ އޮފް ޓައިމް" ގެ ކޮޕީއެއް ވިއްކައިލީ 68،750 ޕައުންޑަށެވެ. މީގެ އިތުރުން ހޯކިން އަށް ލިބިފައިވާ ބައެއް އެވޯޑްތަކާއި މެޑެލްތަކެއް ވެސް ވަނީ ވިއްކާލައިފަ އެވެ،

ކްރިސްޓީޒްގެ ޓްވީޓެއް.

ހޯކިންގެ ދަރިފުޅު ލޫސީ ބުނި ގޮތުގައި ނީލަމުގައި ވިއްކައިލި އެއްޗެހިން ޖުމްލަ 1.8 މިލިއަން ޕައުންޑް ލިބިފައިވެ އެވެ. އަދި އެ ފައިސާ ހަދިޔާ ކުރާނީ ހޯކިންގެ ނަމުގައި އުފައްދާފައިވާ ފައުންޑޭޝަނަށާއި މޮޓޯ ނިއުރޯން ޑިޒީޒް އެސޯސިއޭޝަން (އެމްއެންޑީއޭ) އަށެވެ.

ވަރަށް ޒުވާން އުމުރުގައި މޮޓޯ ނިއުރޯން ގެ ޝިކާރައަކަށް ނުކުޅެދޭ ހާލަތެއްގައި ދިރިއުޅެމުން ގެންދިޔަ ހޯކިން މަރުވީ މާޗް 14 ގަ އެވެ.