ސޫތްޕަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ދީފި

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ބޯހަރު ސިޔާސަޔުތަތަކާ ހެދި ރުޅި ގަދަވެފައި ތިބި ބަޔަކު، އަލަށް ފެނުނު އެމްފިބިއަން އާއިލާގެ ދިރޭއެއްޗަކަށް ޓްރަމްޕްގެ ނަން ދީފި އެވެ.


ޓްރަޕްމްގެ މޫނު ސިފަވާ ކަމަށް ބުނާ، ޕެނަމާ އިން ފެނުނު މި ސޫތްޕަށް ދީފައިވާ ނަމަކީ ޑާމޮފިސް ޑޮނަލްޑްޓްރަމްޕް އެވެ. ވެނެއްގެ ބައްޓަމަށް އޮންނަ މި ސޫތްޕަކީ އާންމުކޮށް އޭގެ ބޯ ބިމު ތެރޭގައި ވަޅުލައިގެން އޮންނަ އެއްޗެކެވެ.

ޑާމޮފިސް ޑޮނަލްޑްޓްރަމްޕްގެ ނަން އެއަށް ދިނީ އެކަމަށް ހާއްސަކޮށްގެން ބޭއްވި ނީލަމެއްގެ ތެރެއިންނެވެ. އެގޮތުން ނަން އޮކްޝޯނަށް ލައިގެން ލިބުނު 25،000 ޑޮލަރު ރެއިން ފޮރެސްޓް ޓްރަސްޓަށް ހަދިޔާ ކުރަން ވަނީ ނިންމައިފަ އެވެ.

އެންވާރަބިލްޑްގެ ޓްވީޓެއް.

ތިމާވެއްޓަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ އެންވާރޮބިލްޑްގެ އެއް ބާނީ އެޑްރިއަލް ބެލް ނެރުނު ބަޔާނެއްގައި ބުނީ ސޫއްޕަކަށް ޓްރަމްޕްގެ ނަން ދިނީ ޑާމޮފިސް އާއި ޓްރަމްޕާ ގުޅުންތަކެއް ހުރުމުން ކަމަށެވެ. އަދި އޭނާއަކީ ތިމާވެއްޓަށް ނޭދެވޭ ބަދަލުތަކެއް ކުރިމަތިވާ ކަމަށް ގަބޫލު ނުކުރައްވާ ބޭފުޅަކަށްވާތީ، ސޫތްޕަށް ޓްރަމްޕްގެ ނަން ދިނީ ކަމަށް ބުންޏެވެ.

"ކްލައިމެޓް ޗޭންޖަކީ ހަގީގަތެއްކަން ސައިންސްވެރިން ހެއްކާ އެކު ސާބިތުކޮށް ދެމުން ގެންދިޔަ ނަމަވެސް ޓްރަމްޕަކީ އެކަމާ ދެކޮޅު ހައްދަވައި އަސްލު މަންޒަރު ފެނިވަޑައިނުގަންނަވާ ބޭފުޅެއް،" ބެލް ބުންޏެވެ. ޑާމޮފިސް ޑޮނަލްޑްޓްރަމްޕްގެ ހާއްސަ އެއް ސިފައަކީ އެ ސޫފި ވެސް ކަނުވުން."