ވިޖާޔަން އާއި މޮހާނާ ސައި ވިއްކާ ތަނުގައި.
ކުޑަ އާމްދަނީއަކުން ދިރިއުޅުން ހަމަޖައްސަން ޖެހުމާއި އުމުރުން ދުވަސްވުމަކީ ހުވަފެންތަކަށް ހަގީގަތަކަށް ހަދަން އޮތް ހުރަހެއް ނޫންކަން އިންޑިއާގެ ދުވަސްވީ ދެމަފިރިއަކު މި އަންނަނީ ސާބިތުކޮށް ދެމުންނެވެ.
އުމުރުން 70 އަހަރުގެ ވިޖާޔަން އާއި މޮހަނާގެ އެންމެ ހާއްސަ ކަމަކީ ސައި ވިއްކައިގެން ލިބޭ އާމްދަނީ ރައްކާކޮށްގެން، ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރުމެވެ. މި ޖޯޑު މިހާތަނަށް 23 ގައުމަކަށް ދަތުރުކޮށްފި އެވެ. މަންޒިލްތައް އަދި ކުރިއަށް ހުރީ އެވެ. އެންމެ ފުރަތަމަ ދެމަފިރިން ދަތުރުކުރި ގައުމަކީ މިސްރެވެ.
ސްރީ ބަލާޖީ ކޮފީ ހައުސްގެ ނަމުގައި ކޮޗީގައި ކުޑަކުޑަ ސައި ސްޓޯލެއް ހިންގާ ދެމަފިރިން ދަތުރުކުރަން ބޭނުންވާތީ، އެކަމަށް ފައިސާ ރައްކާ ކުރުމުގެ ގޮތުން ކޮންމެ ދުވަހެއްގެ ވިކުރާ އިން 300 ރުޕީސް ރައްކާކުރެ އެވެ.
They may not figure in the Forbes Rich list but in my view, they are amongst the richest people in our country.Their wealth is their attitude to life. The next time I’m in their town I am definitely dropping by for tea & a tour of their exhibits.. pic.twitter.com/PPePvwtRQs
— anand mahindra (@anandmahindra) January 9, 2019
ދެ މީހުން ސައި ވިއްކާ ތަން ހިންގަނީ އަމިއްލަށެވެ. މަސައްކަތަށް އިތުރު މުވައްޒަފުންނެއް ވެސް ބޭނުމެއް ނުކުރެ އެވެ. ވިޖާޔަން ބުނި ގޮތުގައި އޭނާ މަގުމަތީގައި އެންމެ ފުރަތަަމަ ސައި ވިއްކަން ފެށީ މީގެ 56 އަހަރު ކުރިން 1963 ގަ އެވެ.
ފަހުން މޮހާނާއާ ކައިވެނިކޮށްގެން، އެ ކައިވެންޏަށް މިހާރު 45 އަހަރުވެފައިވާ އިރު، ވިޔަފާރިއަކީ ސީދާ ދެ މީހުންގެ ހިއްސާ އެއްވަރަކަށް އޮތް މަސައްކަތެކެވެ. ވިޖާޔަން ކިޔައި ދިން ގޮތުގައި އޭނާއަކީ ވަރަށް ކުރިއްސުރެ ވެސް، ދަތުރުކުރަން ޝައުގުވެރިވި މީހެކެވެ. ނަސީބު ދިމާކުރި ގޮތުން ކައިވެނި ކުރެވުނީ ވެސް ހަމަ އެ ކަހަލަ މީހަކާ އެވެ.
އެހެންވެ ދެމަފިރިން ސައި ވިއްކައިގެން ހޯދާ އާމްދަނީން މިހާރު ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރާ އިިރު، ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް މި މީހުންނަށް ލިބިފައިވެ އެވެ. އަދި ދަތުރު ކުރާ ގައުމުތަކަށް ގޮސް ނަގާ ފޮޓޯތަކާއި އެ ގައުމުތަކުން ގެންނަ ޕޯސްޓްކާޑް ކަހަލަ އެއްޗެހި ވެސް ހުންނަނީ ސައި ސްޓޯލްގައި ބަހައްޓައިފަ އެވެ.
ވިޖާޔަން ބުނި ގޮތުގައި އޭނާގެ އެންމެ ގަޔާވާ ގައުމުތަކަކީ ސިންގަޕޫރް، ސްވިޓްޒަލޭންޑް އަދި އެމެރިކާ (ވަކިން ހާއްސަކޮށް އެމެރިކާގެ ނިއު ޔޯކް ސިޓީ ދެކެ ލޯބިވޭ) އެވެ. ކުރިއަށް ދަތުރު ރާވާފައި ހުރި ގައުމުތަކުގެ ތެރޭގައި ސްވިޑްން، ޑެންމާކް، ނެދަލެންޑްސް، ގްރީންލޭންޑް އަދި ނޯވޭ ހިމެނެ އެވެ.
"ބޭރު ގައުމަކަށް ދަތުރު ކުރެވުނީމަ އެ ލިބޭ އުފާ އަހަންނަކަށް ނޭނގޭ ބުނެދޭކަށް ވެސް. އެހާ ވެސް އުފާވާ ކަމަކަށް މިކަން ވަނީ،" ވިޖާޔަން ބުންޏެވެ.
ދުވަސްވީ ދެމަފިރިންގެ ވާހަކަ އަށް މިދިޔަ އަހަރު ވަނީ "އިންވިޒިބަލް ވިންގްސް" ގައި ޑޮކިއުމަންޓްރީއެއް ވެސް ހަދައިފަ އެވެ. ހަރީ އެމް މޮހާނަން ޑައިރެކްޓްކޮށްފައިވާ ޑޮކިއުމަންޓްރީ އަށް ފިލްމުފެއާ ނަން ފިކްޝަން، ބެސްޓް ފިލްމުގެ އެވޯޑް ވެސް ލިބިފައިވެ އެވެ.
އިންޑިއާގެ މަހިދުރަ ގްރޫޕްގެ ޗެއާމަން އާނަންދު މަހިންދުރަ ވެސް ވަނީ ވިޖާޔަން މޮހަނާ ދައްކަމުން އަންނަ ހިތްވަރަށް ތައުރީފުކޮށްފަ އެވެ.
އޭނާ ކުރި ޓްވީޓެއްގައި ބުނީ މިއީ ދުނިޔޭގެ އެންމެ މުއްސަނދި ދެ މީހުންނަށް ނުދެވާނެ ކަމަށާއި އެކަމަކު މިއީ "އިންޑިއާގެ އެންމެ މުއްސަނދި ދެ މީހުން" ކަމަށެވެ. އާނަންދު އެގޮތަށް ސިފަކޮށްފައި ވަނީ އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީ ހުވަފެން ހަގީގަތަކަށް ހަދައި، ވިޖާޔަން އާއި މޮހާނަން އުފާވެރިކޮށް ދިރިއުޅޭތީ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ކަކުނިބޯ
03 February 2019
އިންޑިޔާރުޕީސް ޑޮލަރަކަށް 40 ލިބޭއިރުވެސް 300 ރުޕީސް ދުވާލަކު ރައްކާކުރަންޔާ 2700 ޑޮލަރު ލިބޭނެ މިވަރުން ދެމަފިރިންނަށް އެމެރިކާނިޔުޔޯކުގައި މަގުމަތީނިދާގެން އުޅެވިދާނެ 2 ކޮޅުޓިކެޓްގަނެފަ ޕޯސްޓްކާޑުކޮޅެއްގަނެ ފޮޓޯނަގާލެވިދާނެ ނޫހަކުން ބުނެފިއްޔަ އެއީހަމަތެދު އަދުރޭކޮބަ އެއްޗެކޭބުނެލަބަލަ
ރީތި މޫސަ
03 February 2019
ދުނިޔޭގަ ކަންނެއްކަމާނުލާ ކެރިގެން މަސައްކަތްކުރާ ގިނަމީހުން މުއްސަދިވޭ
ޖަލީސް
01 February 2019
ދިވެހި ދުވަސްވީ ގިނަ ފިރިހެނުން ދުވަސްވީ މީހުންނަށް ދޭ ފައިސާ ހުސްކޮށްލަނީ "މަސާޖު" ކުރުމުގަ.
ަމޮޔަ
01 February 2019
ތި ހިސާބު ހަދަން އަދުރޭ ކައިރީ ބުނެބަލަ
އެންމެ ވަރި ގިނަ ގައުމު
01 February 2019
މިތަނުގަ މުހިއްމީ ސައެއްނުން ކިއްލި ވިއްކައިގެންވެސް ބޭރު ގައުމުތަކަށް ދެވިދާނެ. މައްސަލައަކީ އަހަރުމެންގެ ތާކުންތާކު ނުޖެހޭ ދިރިއުޅުން. އަހަރުމެން ދަރިން ބޮޑު ކުރާގޮތް. ރިވެތި އަޚުލާގެއްނެތް ތަނުގަ ރަގަޅު ތައުލީމެއްވެސް ހޯދައިދެނީއެއްނުން. މަންމަގެ އަތުން ޕޮކެޓްމަނީ ހޯދައިގެން އެނމެ ފަހުގެ އަގުބޮޑު ފޯނުގަނެގެން ދެކޮޅަށް ބުރުތެޅުމަކި ޒުވާނުންގެ ފެށަން. ފަހަށް ރައްކާކުރުމާ ތަރުބިއްޔަތަކީ އަހަރުމެން ދަންނައެއްޗެއްނުން. ދެންވާނީ ކިހިނެތް.
މާޓިން ބަޝީރު
01 February 2019
އަހަރުމެންތެރޭވެސް މިކަހަލަ ހީވާގި، ކަމަށް ކަމޭހިތާ މީހުން މަދެއްނުން. އެމީހުން މުޅިއުމުރު ހޭދަކުރަނީ ހަމައެކަނި އެންމެ ދަތުރަކަށް. ދެރަކަމަކީ އެމީހުން އެމަތިވެރި ވެގެންވާ ހައްޖުގެ އަޅުކަން އަދާކުރުމަށް މުޅި އުމުރު ދުވަހު އެއްކުރާ ފައިސާ ހައްޖައް ގެންދާ ބަޔަކާ ހަވާލު ކުރީމަ އެލާރިއަށް ހަރާންކޯރުވާ ބަޔަކު މިމުޖުތަމައުގަ އުޅޭތީ.
އެއްލީޓަ ބައި
01 February 2019
ވ ރަނަގަޅު ވާހަކައެއް
އިންޑިޔާ ޓީޗަރަކު
01 February 2019
ދުވާލަކަށް 300 ރުޕީސް އަކީ މަހަކު 30000 ރުޕީސް، 30000 ރުޕީސް އަކީ 7500 ދިވެހި ރުފިޔާ ، އެއީ އަހަރަކު 80000 ވަރަކަށް ރުފިޔާ ހަމައެކަނި ދަތުރުކުރަން ، މިއީކީ ފަގީރުންނެއް ނޫން ބޭރުފުށުން އެހެން ހީވިޔަސް.
ޭވަޓް
01 February 2019
ތިއީ ކޮންކަހަލަ ހިސާބެއް... ދުވާލަކު 300 ވީމަ މަށައް ވަނީ 9000 އިންޑިއާ ރުޕީސް... ތިހެން ނުބައިކޮން ހިސާބު ހަދާފަ ތިނިންމީ އެއީ މުއްސަދި ބަޔަކައް...
މެބްސް
01 February 2019
ޢިންޑިޔާ ޓީޗަރު ހާދަ ހިސާބަށް މޮޅޭ
އިބުރާހީމް1
01 February 2019
80000 އެއްނޫން 90000 ރުފިޔާ
ފައިސަލްބީ
01 February 2019
އިންޑިޔާޓީޗަރު އަދުރޭ ކައިރިންދޯ ހިސާބު ދަސްކުރީ.
ޓާޓާ
03 February 2019
ޢަހަރުމެން ހިސާބުޖެހީމަ އަންނަނީ 1512 ވަރަކަށް ޑޮލަރު އަހަރަކު އެކްޗޭންޖަށް އަންނަ ފްލަކްޗްއޭޝަނަށް ބަލާ ގާތްގަނޑަކަށް 2.5 ނުވަތަ 3 އަހަރު ސޭވިންގގައި ދެމީހަކަށް 3 ސްޓާރ ފެންވަރު ހޮޓަުލުގައި އަދި ފްލައިޓް އަގުހެޔޮ ފެއަރގައި ދަތުރުކުރެވޭނެ.