މީހަކު މިއުޒިކް އަޑު އަހަމުން މަސައްކަތެއް ކުރަނީ.
ބައެއް މީހުންނަކީ މަސައްކަތެއް ކުރާ އިރު، ސިކުނޑި އަށް އަރާމުވާ ކަހަލަ މިއުޒިކެއް ޖަހަން ލޯބިކުރާ ބައެކެވެ. މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މިއުޒިކަކީ އުފެއްދުންތެރިކަން އިތުރުވާ ކަމެކެވެ.
ނަމަވެސް އާ ދިރާސާއަކުން ދައްކަނީ މީގެ އިދިކޮޅަށެވެ. ސްވިޑްންގެ ގާލްވް ޔުނިވަސިޓީ އާއި އިނގިރޭސިވިލާތުގެ ސެންޓްރަލް ލެންކްޝަޔާ ޔުނިވަސިޓީގެ އިތުރުން ލޭންކެސްޓާ ޔުނިވަސިޓީ ގުޅިގެން ހަދާފައިވާ ދިރާސާގައި ބުނީ މިއުޒިކަކީ އުފެއްދުންތެރިކަން އިތުރުކޮށްދޭ ކަމެއް ނޫން ކަަމަށެވެ. އޭގެ ބަދަލުގައި މިއުޒިކެއްގެ ތެރޭގައި މަސައްކަތެއްކުރާ ނަމަ އެ މަސައްކަތް ފުރިހަމަ ކުރަން ހުރަސް އަޅާ ކަމަށް ބުންޏެވެ.
މި ދިރާސާ ހެދުމަށް ތިން ގޮތެއް ބޭނުންކޮށްފައިވެ އެވެ. އެއް ގޮތަކީ ހަމަހިމޭން މާހައުލެއްގައި މަސައްކަތް ކުރުމެވެ. އަނެއް ގޮތަކީ ކުރިން އަޑު ނާހާ ކަހަލަ މިއުޒިކެއްގެ ތެރޭގައި މަސައްކަތް ކުރަން ފުރުސަތު ދިނުމެވެ. ތިން ވަނަ ގޮތަކީ އާންމުކޮށް އަޑު އަހައި އެ މިއުޒިކަކަށް ފަރިތަ މިއުޒިކެއް ހިމެނޭ މާހައުލެއްގައި މަސައްކަތް ކުރުމެވެ.
މަސައްކަތްކުރާ މީހުންގެ ތެރޭގައި މި ތިން ގޮތް ޓެސްޓްކޮށްލައިގެން ދެއްކި ގޮތުގައި މަސައްކަތް ފުރިހަމަކުރަން ބާރު އެޅީ ހަމަހިމޭންކަމެވެ.
މީހަކު މިއުޒިކް އަޑު އަހަމުން މަސައްކަތެއް ކުރަނީ.
"މިއުޒިކާ އެކު މަސައްކަތް ކުރީމަ ދިރާސާ އިން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ މަސައްކަތް ފުރިހަމަ ކުރަން އުނދަގޫވެ، އެކަމަށް ވަގުތު ވެސް ނަގާކަން،" ދިރާސާ ޓީމްގައި ހިމެނޭ ނީލް މެކްލެޗީ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މިއުޒިކަކީ "ވާބަލް ވޯކިން މެމޮރީ" އަށް ބުރޫ އަރުވާކަމެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ މިއުޒިކަކީ ކުރާ މަސައްކަތަކަށް ދެވޭ ސަމާލުކަން ކުޑަކޮށްލާނެ ކަމެކެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ގޮނާސަކް
01 March 2019
މިއުޒިކް އިން އުފެއްދުން ތެރިކަން އިތުރުވާނެއޭ މަމެން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަމޭ ތިޔާ ދިރާސާ އެއް ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ...