ދިރިއުޅުމުގެ އިމްތިހާނުގެ ހަމަތަކަށް ހޭލުންތެރިވުން

އިސްލާމީ ނަޒަރުން ބަލާއިރު ދިރިއުޅުމުގެ ހަޔާތާއި އިންސާނާ އާ ދެމެދު އޮންނަ ގުޅުމަކީ އިމްތިހާނުގެ ގުޅުމެކެވެ. މި ގުޅުމުގެ ދަށުން އިންސާނާ ކުރަންޖެހޭ ކަމަކީ އިމްތިހާނުން ކާމިޔާބު ހޯދަން މަސައްކަތް ކުރުމެވެ. މިކަމަށްޓަކައި ދިރިއުޅުމުގެ އިމްތިހާނަކީ ކޮބައިކަމާއި އޭގެ މައިދާންތަކާއި ބާވަތްތަކާއި ހަމަތަކާއި އިމްތިހާނުގައި އިންސާނާގެ އަމަލުތައް ބަހައްޓަން ޖެހޭނެ ގޮތްތަކާ ބެހޭ ގޮތުން ހޭލުންތެރިވާން ޖެހެ އެވެ. މި ދެންނެވި ކަންކަމުގެ ތެރެއިން މި ލިޔުމުގައި އަލިއަޅުވާލެވޭތޯ މި ބަލަނީ ދިރިއުޅުމުގެ އިމްތިހާނުގައި އެކުލެވޭ ހަމަތަކުގެ މައްޗަށެވެ.


އެއްވެސް ޝައްކެއް ނެތް ގޮތުގައި ދިރިއުޅުމުގެ އިމްތިހާނަކީ ހެޔޮކަންތަކާއި ނުބައިކަންތަކާ ދެބައިން ބަދަލުވަމުންދާ ގޮތުގައި އަބަދުވެސް އިންސާނާގެ ހަޔާތުގައި ކުރިމަތިވަމުން ދާ ކަމެކެވެ. މިގޮތަށް މިކަން ކުރިމަތިވާއިރު މީގައި އެކުލެވޭ ހަމަތަކެއް އޮވެ އެވެ. އޭގެ ތެރެއިން ފުރަތަމަ ހަމައަކީ، ދިރިއުޅުމުގެ ހަޔާތަށް ހެވާއި ނުބައި ﷲ މިންވަރު ކުރައްވާ އިރު އެއާ މެދު މުއާމަލާތު ކުރުމުގައި އިންސާނާއަށް ތިން އިޚްތިޔާރެއް އޮންނަކަމާއި އެކަމަކު އޭގެ ތެރެއިން އިސްލާމް ދީން ރުހެނީ އެންމެ އިޚްތިޔާރަކަށް ކަމުގައި ވުމެވެ. އެ އިޚްތިޔާރަކީ މިންވަރު ކުރައްވާ ނުބައި ކަމަކުން ސަލާމަތްވުމުގައި ނުވަތަ ރަނގަޅު ކަމެއް ބަލައިގަތުމުގައި އިސްލާމީ އިރުޝާދަށް ތަބާވުމެވެ. މިއާ ޚިލާފަށް އިސްލާމް ދީން ނުރުހޭ އެއް އިޚްތިޔާރަކީ ނުބައި ކަމަކުން ސަލާމަތްވުމުގައި ނުވަތަ ރަނގަޅު ކަމެއް ބަލައިގަތުމުގައި އިސްލާމް ދީން ހުއްދަ ނުކުރާ ނުބައި ވަސީލަތެއް ނުވަތަ ގޮތެއް ބޭނުން ކުރުމެވެ. އިސްލާމް ދީން ނުރުހޭ ދެވަނަ އިޚްތިޔާރަކީ ކުރިމަތިވި ނުބަޔާ މެދު ނުވަތަ ރަނގަޅާ މެދު އެއްވެސް އަޅާލުމެއް ނެތި އެކަން ދާނެ ގޮތަކަށް ދާން ދޫކޮށްލުމެވެ.

"އެއުރެންނީ އެއުރެންނަށް އަނިޔާވެރި ވުމެއް އަންނަ ހިނދު ނަސްރު ލިބިގަތުމަށް އެދޭ މީހުންނެވެ." އައްޝޫރާ ސޫރަތުގެ 39 ވަނަ އާޔަތުގެ މާނަ

ވީމާ ނުބައި ކަމަކުން އިމްތިހާނު ކުރެވޭ ހިނދު ހެޔޮ ގޮތުގައި އެ ނުބައި ނައްތާލަން މަސައްކަތް ކުރަން ޖެހެ އެވެ. މިސާލަކަށް ކުފުރުވުމުން އިމްތިހާނު ކުރެވޭ ހިނދު އީމާންތެރިކަން ފަތުރައި އެއަށް އަމަލު ކޮށްގެން ކުފުރު ނައްތާލަން ޖެހެ އެވެ. ބަލިމަޑުކަމުން އިމްތިހާނު ކުރެވޭ ހިނދު ބޭސްފަރުވާ ކޮށްގެން އެކަމުން ސަލާމަތްވާން ޖެހެ އެވެ. ފަގީރުކަމުން އިމްތިހާނު ކުރެވޭ ހިނދު މަސައްކަތްތައް ކޮށްގެން ފަގީރުކަން ނައްތާލަން ޖެހެ އެވެ. އަދުއްވުންގެ ނުރައްކަލުން އިމްތިހާނު ކުރެވޭ ހިނދު ޖިހާދު ކޮށްގެން އެ އުދުވާނުން ސަލާމަތް ވާން ޖެހެ އެވެ. ޖާހިލުކަމުން އިމްތިހާނު ކުރެވޭ ހިނދު އިލްމު ފަތުރައިގެން ޖާހިލުކަން ނައްތާލަން ޖެހެ އެވެ. އަނިޔާވެރިކަމާއި ފަސާދައިން އިމްތިހާނު ކުރެވޭ ހިނދު އަދުލުވެރިކަން ގާއިމުކޮށްގެން އަނިޔާވެރިކަމާއި ފަސާދަ ނައްތާލަން ޖެހެ އެވެ. ހަމަ މި މޭރުމުން ހެޔޮކަންކަމުން އިމްތިހާނު ކުރެވޭ ހިނދު ﷲ އަށް ޝުކުރުވެރިވުމާއި އެ ލިބުނު ހެޔޮ ކަންކަމުން އެހެން މީހުންނަށް މަންފާ ކޮށްދިނުން ފަދަ ކަންކަން ކުރަން ޖެހެ އެވެ.

ދިރިއުޅުމުގެ އިމްތިހާނުގެ ދެވަނަ ހަމައަކީ، ހެޔޮކަމެއް ވިއަސް ނުބައިކަމެއް ވިއަސް އެކަމެއް ދެމި އޮންނާނީ ވަކި މުއްދަތަކަށް ކަމަށް ވުމެވެ. އެބަހީ އެއިން ކޮންމެ ކަމެއްވެސް ފެށޭ އިރަކާއި ނިމޭ އިރެއް އޮންނާނެ އެވެ. އެހެންކަމުން ނުބައިކަމުގެ އިމްތިހާނުން ސަލާމަތްވާން ރަނގަޅު ކަމެއް އިހުތިޔާރު ކޮށްގެން މަސައްކަތް ކުރިއަސް އިމްތިހާނުގެ އެ ހާލަތުގެ ވަގުތު ނިމެންދެން ކެތްތެރިވާން ޖެހޭނެ އެވެ. ރޭގަނޑުގެ އަދިރިކަން ދުވާލުގެ އައްޔަށް ބަދަލުވާންދެން އަހަރެމެން އިންތިޒާރު ކުރާ ފަދައިންނެވެ. މިގޮތަށް ކެތްތެރި ކަމާ އެކު އިންތިޒާރު ކުރަނީ ރޭގަނޑުގެ ވަގުތުގައި ދުވާލު ނައިސްގެން ކިތަންމެ ވަރަކަށް އުޅުނަސް ދުވާލު އަންނާނީ ރޭގަނޑުގެ ވަގުތު ހަމަވުމުން ކަން އަހަރެމެން ދަންނާތީ އެވެ. އެހެންކަމުން މިސާލަކަށް ހަށިގަނޑުގައި ޒަހަމެއް އުފެދިގެން އެކަމަށް ފަރުވާ ކުރާ އިރު އެއީ ވަގުތުން ވަގުތަށް ނިމޭނެ ކަމެއް ކަމުގައި ބަލައިގެން ނުވާނެ އެވެ. އެ ޒަހަމްވި ތަން ދުޅަވުމާއި އެތަނުގައި ރިއްސުމާއި އެކަމުގެ ސަބަބުން ހުން އައުން ފަދަ ކަންކަން މެދުވެރި ވުމަށް ފަހު މެނުވީ ދުޅަ ތިރިވެ ފާރުގަނޑު ހިކެން ނުފަށާނެ ކަން ދަންނަން ވާނެ އެވެ. އަދި މި ހާލަތުގައި ކެތް ނުކޮށްފި ނަމަ އޭގެ ސަބަބުން ކަންބޮޑުވުމާއި ހާސްކަން އިހުސާސް ކުރަން ޖެހިދާނެ އެވެ. އަދި މީގެ ސަބަބުން ފަރުވާ ދޭންވީ ރަނގަޅު މަގު އިހުތިޔާރު ނުކުރެވި އެކަމުން އިތުރު އެހެން މުސީބާތްތަކަކާ ކުރިމަތިލާން ވެސް ފަހަރެއްގައި ޖެހިދާނެ އެވެ.

ވީމާ އިމްތިހާނުގެ ކޮންމެ ހާލަތަކުން އަރައިގަތުމަށް ވެސް ވަގުތު ބޭނުންވާނެކަން ދަންނަން ޖެހެ އެވެ. މައްކާގެ މުޝްރިކުންގެ ދުއްތުރާލާއި އުނދަގޫތަކުން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އިމްތިހާނު ކުރެއްވެމުން ދިޔަ ހިނދު މުޝްރިކުން ބުނަމުން ގެންދިޔައީ ﷲ އެކަލޭގެފާނު ދޫކޮށްލެއްވީ ކަމަށެވެ. ރައްދުގައި ﷲ އެންގެވީ އެކަލޭގެފާނު ދޫކޮށް ނުލައްވާ ކަމަށެވެ. މިކަން ﷲ ބަޔާން ކުރެއްވީ ހެނދުނުގެ ކުރީކޮޅުގެ ވަގުތާއި ރޭގަނޑުގެ އަދިރިކަން ފެތުރި ހިމޭންވާ ވަގުތު ގަންދެއްވަ އެވެ.

ވީމާ އިމްތިހާނުގެ ކޮންމެ ހާލަތަކުން އަރައިގަތުމަށް ވެސް ވަގުތު ބޭނުންވާނެކަން ދަންނަން ޖެހެ އެވެ. މައްކާގެ މުޝްރިކުންގެ ދުއްތުރާލާއި އުނދަގޫތަކުން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އިމްތިހާނު ކުރެއްވެމުން ދިޔަ ހިނދު މުޝްރިކުން ބުނަމުން ގެންދިޔައީ ﷲ އެކަލޭގެފާނު ދޫކޮށްލެއްވީ ކަމަށެވެ. ރައްދުގައި ﷲ އެންގެވީ އެކަލޭގެފާނު ދޫކޮށް ނުލައްވާ ކަމަށެވެ. މިކަން ﷲ ބަޔާން ކުރެއްވީ ހެނދުނުގެ ކުރީކޮޅުގެ ވަގުތާއި ރޭގަނޑުގެ އަދިރިކަން ފެތުރި ހިމޭންވާ ވަގުތު ގަންދެއްވަ އެވެ. މިއިން ލިބޭ އިބުރަތަކީ ރޭގަނޑު ދަންވަރުވެ އަނދިރިކަން ގަދަވަމުން ދާ ވަރަކަށް އެއީ އަނެއްކޮޅުން ހެނދުނުވާން ގާތްވާ ކަމުގެ އަލާމާތަކަށް ވާނެ ކަމެވެ. އެހެންކަމުން މުޝްރިކުންގެ ދުއްތުރާތަކުގެ އިމްތިހާނު ގަދަވަމުން ދާ ވަރަކަށް އެއިން ދަލީލު ކުރަނީ އެ އިމްތިހާނުން ސަލާމަތް ވާނެ ވަގުތު ކައިރި ވަމުން އަންނަ ކަމެވެ. އަދި މިއީ ކައުނުގައިވާ އިލާހީ ގާނޫނެއް ކަމެވެ.

ދިރިއުޅުމުގެ އިމްތިހާނުގެ ތިންވަނަ ހަމައަކީ، ނުބައި ކަމަކުން އިމްތިހާނު ކުރެވޭ ހިނދު އެ ކަމުން މިންޖުވޭތޯ ﷲ ގެ ހަޒްރަތުން އެދި އެކަމަށް އިންތިޒާރު ކުރަން ޖެހުނު ކަމުގައި ވިއަސް އެއީ އަޅާނުލައި ދޫކޮށްލަން އޮންނަ ފުރުސަތެއް ކަމުގައި ނުވުމެވެ. އެހެންކަމުން ނުބައި ކަންކަމުން އިމްތިހާނު ކުރެވޭ ހިނދު އެކަމުގައި ގޮތެއް ނެތް ކަމަށް ބަލައި ތަވާކުލު ކޮށްގެން ނިކަމެތިވެފައި ތިބެގެން ނުވާނެ އެވެ. ތަވާކުލު ކުރުމަކީ ސަބަބު ތަކުގައި ނުހިފައި ﷲ އަށް ވަކީލު ކޮށްފީމޭ ބުނެ ހުރުމެވެ. މިއީ އިސްލާމް ދީން އިންކާރު ކުރާ ކަމެކެވެ. އެއާ ހިލާފަށް މިފަދަ ދަނޑިވަޅުތަކުގައި އެކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރާ މީހުންނަށް ﷲ ތައުރީފު ކުރައްވަ އެވެ. އައްޝޫރާ ސޫރަތުގެ 39 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "އެއުރެންނީ އެއުރެންނަށް އަނިޔާވެރި ވުމެއް އަންނަ ހިނދު ނަސްރު ލިބިގަތުމަށް އެދޭ މީހުންނެވެ."

އަނިޔާވެރިކަމެއް އަންނަ ހިނދު އަޅައިނުލައި ތިބުމުގެ ބަދަލުގައި ހައްގަށް ނަސްރު ލިބުމަށް މަސައްކަތް ކުރާ މީހުންނަށް ﷲ ހިތްވަރު ދެއްވަ އެވެ. އަދި އެފަދަ މީހުންނަށް އެކަލާނގެ ނަސްރު ދެއްވަ އެވެ. މިގޮތުން އަނިޔާ ލިބުމަށް ފަހު ނަސްރު ލިބިގެންފި މީހުންގެ މައްޗަށް ކުށްވެރި ކުރުމުގެ މަގެއް ނެތްކަން ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވެއެވެ. (އައްޝޫރާ 41).

ވީމާ ނުބައި ކަމަކުން އިމްތިހާނު ކުރެވޭ ހާލަތުގައި އެކަމުން މިންޖުވާން ވަގުތު ނެގިޔަސް އެކަމުގެ މުއްދަތުގެ ތެރޭގައި އެ ނުބައިކަން ނައްތާލުމަށް ހުއްދަ ވަސީލަތްތަކުގެ ބޭނުން ހިފައިގެން މަސައްކަތް ކުރަން ޖެހޭނެ އެވެ. އެއީ ރޭގަނޑުގެ އަދިރިކަން ފިލައި ދުވާލު ވަންދެން ތިބޭ ވަގުތުގައި ވެސް ރޭގަނޑުގެ ނުރައްކާތަކުން ސަލާމަތް ވުމަށްޓަކައި ކަންކަން ކުރާ ފަދައިންނެވެ. މިގޮތުން ބޮކިތައް ދިއްލުމާއި އަނިޔާއެއް ވެދާނެ ފަދަ ކަންކަމުން މަގުތައް ރައްކާތެރި ކޮށްފައި ބެހެއްޓުމާއި ފާރަވެރިން ބޭތިއްބުން ފަދަ ކަންކަން ނުކޮށް އަޅާނުލައި ތިބޭ ނަމަ ރޭގަނޑުގެ ނުރައްކާތަކުން ނުރައްކަލެއް މެދުވެރި ވުމަކީ ވެދާނެ ކަމެކެވެ. ހަމަ މި މޭރުމުން ބަލިމަޑުކަމަކުން އިމްތިހާނު ކުރެވޭ ހިނދު ބޭސްފަރުވާ ނުކޮށް ތިބެއްޖެ ނަމަ ދެން ކުރިމަތިވެދާނެ ނުރައްކާ މާ ބޮޑު ވާނެ އެވެ.

މިސާލަކަށް ޔޫސުފުގެފާނަށް މިސްރުގެ އަޒީޒުގެ އަބިކަނބަލުންގެ ފަރާތުން ކުރިމަތިވި އިމްތިހާނުގައި ޔޫސުފުގެފާނު އިޚްތިޔާރު ކުރެއްވި ގޮތެވެ. ދެވަނަ ކަމަކީ އިޚްތިޔާރު މުރާޖައާ ކުރުމެވެ. މިގޮތުން މުރާޖައާ ކުރުމަށްފަހު ނުރަނގަޅު އިހްތިޔާރެއް ނަމަ ވަގުތުން ދޫކޮށްލައި އެކަން އިސްލާހު ކުރުމެވެ. މި އިސްލާހުގެ މަގަކީ ތައުބާ އެވެ. ތައުބާ އަކީ އިސްލާމް ދީން އެކަމަށް ބާރު އަޅާ ކަމެކެވެ. ﷲ ގެ ރުހިވޮޑިގަތުމާއި ލޯބި ލިބޭ ކަމެކެވެ.

ދިރިއުޅުމުގެ އިމްތިހާނުގެ ހަތަރުވަނަ ހަމައަކީ، ނުބައިކަން ނައްތާލުމަށް އިހުތިޔާރު ކުރެވޭ ވަސީލަތް އިހުތިޔާރު ކުރުމުގައި ކޮންމެ ފަހަރަކު އެންމެ ރަނގަޅު އިހުތިޔާރަށް އިންސާނާ އަށް ނުދެވޭ ކަމެވެ. ސަބަބަކީ އިންސާނާ ގަސްދުގައި ނުވަތަ ގަސްދަކާ ނުލައި ނަމަވެސް ނުބައިކަމެއް ނައްތާލުމަށް އެހެން ނުބައި ކަމެއް ބައެއް ފަހަރު އިޚްތިޔާރު ކުރެވޭތީ އެވެ. ނުވަތަ ނުބައި ކަމާ މެދު އަޅާނުލައި ދޫކޮށްލެވޭތީ އެވެ. ނުވަތަ ހެޔޮ ކަމެއް އިހުތިޔާރު ކުރިއަސް އެއީ އެންމެ އެކަށީގެންވާ ހެޔޮކަން ކަމުގައި ނުވެދާތީ އެވެ. ވީމާ މިކަމަށް ހައްލެއް އެބަ ބޭނުންވެ އެވެ. މިގޮތުން އޮތް އެއް ހައްލަކީ އިމްތިހާނުގެ ދަނޑިވަޅުތަކުގައި ތަބާވާން ޖެހޭ ސުލޫކުގެ ނަމޫނާތަކަށް ތަބާވުމެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން މިފަދަ ނަމޫނާތައް ބައިވަރު ފެންނަން ހުރެ އެވެ. މިސާލަކަށް ޔޫސުފުގެފާނަށް މިސްރުގެ އަޒީޒުގެ އަބިކަނބަލުންގެ ފަރާތުން ކުރިމަތިވި އިމްތިހާނުގައި ޔޫސުފުގެފާނު އިޚްތިޔާރު ކުރެއްވި ގޮތެވެ. ދެވަނަ ކަމަކީ އިޚްތިޔާރު މުރާޖައާ ކުރުމެވެ. މިގޮތުން މުރާޖައާ ކުރުމަށްފަހު ނުރަނގަޅު އިހްތިޔާރެއް ނަމަ ވަގުތުން ދޫކޮށްލައި އެކަން އިސްލާހު ކުރުމެވެ. މި އިސްލާހުގެ މަގަކީ ތައުބާ އެވެ. ތައުބާ އަކީ އިސްލާމް ދީން އެކަމަށް ބާރު އަޅާ ކަމެކެވެ. ﷲ ގެ ރުހިވޮޑިގަތުމާއި ލޯބި ލިބޭ ކަމެކެވެ. އަލްބަޤަރާ ސޫރަތުގެ 22 ވަނަ އާޔަތުގައި ﷲ އަންގަވަނީ ގިނަގިނައިން ތައުބާވާ މީހުންނާއި ތާހިރުވާ މީހުން ދެކެ ﷲ ލޯބިވެ ވޮޑިގަންނަވާ ކަމަށެވެ.

ވީމާ ދިރިއުޅުމުގެ އިމްތިހާނުގައި އެކުލެވޭ މި ހަމަތައް މުސްލިމުން އަބަދުވެސް ހަނދާންކުރަން ޖެހެ އެވެ. އަދި މި ހަމަތަކުގައި އަމަލު ކުރުމަށް އިސްލާމް ދީން އިރުޝާދު ދޭ ގޮތަށް ތަބާވުން ވެސް މުހިންމެވެ. އެއީ ދިރިއުޅުމުގެ އިމްތިހާނުން ފާސް ވުމަށްޓަކައެވެ.